
(ފޮޓޯ ކްރެޑިޓްސް: ސްރީލަންކާ ފުޓްބޯލް އެސޯސިއޭޝަން)
ދުވަސްތަކަކަށްފަހު އަނެއްކާވެސް ޒަމާންވީ ވާދަވެރި ސްރީ ލަންކާއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ނުކުތީ ރާއްޖޭގެ ފުޓްބޯޅަ ހާލަތު އެހާ ރަނގަޅު ނޫން ދުވަސްވަރެއްގައެވެ. ފުޓްބޯޅަ ސީޒަން ނުފެށި، ދިމާވި މައްސަލަތަކާއެކު ރާއްޖޭގައި ފުޓްބޯޅަ އިދާރާގެ ހުރި މައްސަލަތައް ހައްލުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން އާ ހިންގާ ކޮމެޓީ އިންތިހާބުވިތާ މާގިނަ ދުވެހެއް ނުވަނީސް ރާއްޖެއިން މި މެޗާ ކުރިމަތިލާން ޖެހުނުއެވެ. ސައުތު އޭޝިއަން ސުޕަ ކަޕް 2025 ރާއްޖޭއާއި ދެކޮޅަށް ލަންކާ ޓީމު ނުކުތީ މިހުރިހާ ކަމާއެކު ރާއްޖެ ބަލިކުރުމުގެ އަމާޒާއެކުވެ. ލަންކާގެ ކޯޗު އަބްދުލް އަލް މުތައިރީގެ އެންމެ ބޮޑު ފޯކަސްއަކަށް ވެގެންދިޔައީ 23 އަހަރަށް ފަހު ރާއްޖެ އަތުން ނުލިބުނު މޮޅަށް ނިމުމެއް ގެނައުމެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާއެކު ރާއްޖެ ޓީމު ނުކުތީ އިތުބާރާ ޔަގީންކަމާއެކުއެވެ. މޯހަން އަކީ ގައުމީ ޓީމާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކޮއްފަވާ ކޯޗެކެވެ. ދެކުނު އޭޝިޔާގެ ފުޓްބޯޅަ އެންމެ ރަނގަޅަށް ދައްނާނެ ދިވެހި ކޯޗުންގެ ތެރޭގެ އޭނާ ހިމެނެވެ. އަދި ތަޖުރިބާ ވެސް އެހާމެ ބޮޑެވެ.
ފުޓްބޯޅަ ސީޒަން ނުފެށި އޮތުމުން ގައުމީ ޓީމުގެ ތައްޔާރީތަކަށް ހިޔަނި އެޅުނު ނަމަވެސް މަދު ފަރިތަކުރުންތަކަކާ އެކުވެސް ކޯޗު މޯހަން އެންމެ ބޮޑަށް ބަލަން ބޭނުންވީ ޓީމު ނެރޭ ނަތިޖާއަށް ވުރެން ކުޅުންތެރިންގެ މަސައްކަތެވެ. ވާދަވެރި ލަންކާ ޓީމުން ފާއިތުވެދި އަހަރުތަކުގައި ގައުމުން ބޭރުގެ ކުޅުންތެރިން ހިމަނާ ވަނީ ވަރުގަދަކޮއްފައެވެ. މޯހަން ބުނީ ފުރަތަމަ މެޗުން ރާއްޖެއަށް ލިބުނީ އުނދަގޫ މޮޅެއް ކަމަށެވެ. “މިއީ ފަސޭހަ މެޗެއް ނޫން. މިއީ ވަރަށް އުނދަގޫ މެޗެއް. ޝްރީ ލަންކާއިން ވަރަށް ރަނގަޅަށް ކުޅުނު” މެޗަށްފަހު މޯހަން ބުންޏެވެ. ރާއްޖެ ޓީމުން ހޯދި ނަތިޖާއިން މޯހަންއަށް ލިބުނު އެންމެ ބޮޑު ހިތްހަމެޖެހުމަކީ ކުޅުންތެރިންގެ މަސައްކަތު ރޭޓު ކަމަށް މޯހަން ބުންޏެވެ. މޯހަން ބުނި ގޮތައް އެންމެ ބޮޑުތަފާތެއް ދަނޑުމަތިން ފެނިގެން ދިޔައީ ކުޅުންތެރިންގެ ހިއްވަރުންނެވެ. މޯހަން ގައުމީ ކޯޗެއްގެ ގޮތުގައި ނުކުމެ ފުރަތަމަ ތަޖުރިބާއިން ވަރަށް ރަނގަޅު ކަންތައްތަކެއް ފެނިގެންދިޔައެވެ. 3-0 ލަނޑުން މޮޅުވި މެޗުގައި ދިވެހި ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގައި ދިވެހި ޓީމުގެ ކޮންމެ ކުޅުންތެރިއެއް ފެނިގެންދިޔައީ ތަފާތުކޮށެވެ.
މެޗުން ހޯދި ނަތީޖާ އެކު ދިވެހި ސަޕޯޓަރުންނަށް އުންމީދެއް ގެނެސްދިން އިރު މުބާރާތުގެ ތައްޓާ ގާތުގައި އޮތް ނަމަވެސް މޯހަން ބުނީ ދެވަނަ މެޗަށް ރާއްޖެއިން ނުކުންނާނީ ލަންކާ އަތުން ލިބުނު މޮޅު ހަނދާން ނައްތާލާފަކަމެށެވެ. 2000 ވަނަ އަހަރު ގޯލްޑަން ޖުބުލީ ފައިނަލުގައި ލަންކާ އަތުން ބަލިވި ހިއްދަތި ދުވަހަށްފަހު ރާއްޖެއިން ވަނީ ލަންކާ ތަފާތު ބޮޑުކޮށްވެސް ބަލިކޮށްފައެވެ. މީގެ 23 އަހަރު ކުރިން ރާއްޖެ އަތުން މޮޅުވި ލަންކާ ޓީމަށް މިހާތަނަށް ކުޅުނު 23 މެޗުން އެންމެ ތިން މެޗު ކާމިޔާބު ކުރެވުނު އިރު ރާއްޖެއިން ވަނީ 10 މެޗު ކާމިޔާބު ކޮއްފައެވެ. މި ހުރިހާ ސަބަބަތަކާ ހުރެ ލަންކާ އޮތީ ހަތް މިލިއަން މީހުންނަށް ރާއްޖެ އަތުން މޮޅެއް ހޯދާތަން ދެއްކުމަށް ކެތްމަދުވެފައެވެ. އެގޮތުން ދަނޑަށް ވަންނަ ސަޕޯޓަރުންނަށް ޓިކެޓް އަގުހެޔޮކުރުން އެކަނިވެސް ފުދެއެވެ.
ދިވެހި ފުޓްބޯޅަ ކުރިއެރުމުގައި ލަންކާ ކުޅުންތެރިންގެ ދައުރު މީގެ ކުރިންވެސް ފެނިފަވެއެވެ. ދިވެހި ފުޓްބޯޅަ އަނެއްކާވެސް ކުރިއަށް ހިގައިގަތުމަށް ލަންކާ އަތުން މޮޅުވެ ސުޕަ ކަޕް ކާމިޔާބު ކުރުމަކީ މިވަގުތު ކުޅުންތެރިންނަ ހޯދޭނެ އެންމެ ބޮޑު އިތުބާރެވެ. އެންމެ ފަހުން ލަންކާ ރާއްޖެ އަތުން މޮޅުވެފަ ވަނީ 2002 ވަނަ އަހަރުއެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ލަންކާ އާއި ރާއްޖެ ފުރަތަމަ ބައްދަލު ކުރީ 1984 އަހަރުއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
