
(ފޮޓޯ ކްރެޑިޓްސް: ސްރީލަންކާ ފުޓްބޯލް އެސޯސިއޭޝަން)
ސްރީ ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ފުރަތަމަ މެޗު ދިވެހި ޓީމުން ކާމިޔާބުކުރިއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ދިވެހި ޓީމުގެވެސް އެދުމަކީ މިއަދު މެޗުގައި ދިވެހި ސަޕޯޓަރުންގެ އަޑު އިތުރަށް ގަދަކޮށްލުމެވެ. ފުރަތަމަ މެޗަށްފަހު ސްރީލަންކާގެ ކޯޗު އެންމެ ބޮޑަށް ފާހަގަކުރީ ލަންކާ ދަނޑުގައި ލަންކާ ސަޕޯޓަރުންނަށްވުރެ ދިވެހި ސަޕޯޓަރުންގެ އަޑު ގަދަ ވާހަކައެވެ. ދިވެހިން ދިވެހި ޓީމަށް ދިން ސަޕޯޓުގެ ވާހަކަ ފާހަގަކޮށް ލަންކާ ކޯޗު ބުނީ އަމިއްލަ ދަނޑުގައި ކުޅޭއިރު އޭނާއަށް އެންމެބޮޑު މާޔޫސްކަމެއް ގެނުވި ކަމަކީ މުޅި ދަނޑުގައިވެސް ދިވެހި ސަޕޯޓަރުންގެ އަޑު ސްރީލަންކާ ސަޕޯޓަރުންނަށްވުރެ ގަދަވުމުންކަމަށެވެ.
ސްރީ ލަންކާގައި ކުޅޭ މެޗުތަކަށް ދިވެހި ސަޕޯޓަރުން ދިވެހި ޓީމަށް ހިއްވަރުދޭން އަބަދުވެސް ދަނޑަށްވަދެއެވެ. ހާއްސަކޮށް ސްރީލަންކާގައި ދިރިއުޅޭ ގިނަ ދިވެހިން އަބަދުވެސް ދިވެހި ޓީމަށް ހިއްވަރުދޭން ދަނޑަށްދެއެވެ. ދަތުރު ހަދާފައި ދިވެހި ޓީމު ކުޅޭ މެޗު ބަލާލަން ދާ ސަޕޯޓަރުންގެ އަދަދުވެސް މަދެއްނޫނެވެ. އެކަން އެންމެ ރަނގަޅަށް ފެނިގެންދިޔައީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ސްރީލަންކާގައި އޮތް ރަޖަޕަކްސާ އިންވިޓޭޝަނަލް މުބާރާތުގައިވެސް ދިވެހިން ވަނީ ވަރަށް ރަނގަޅަށް މި މަންޒަރު ދައްކުވައިދީފައެވެ.
ކުރިއަށް އޮތީ ދިވެހި ފުޓްބޯޅައަށް އާދިރުމެއް ގެނުވައިދެވޭނެ ވަރުގެ މެޗެކެވެ. ދިވެހި ފުޓްބޯޅަ އަޑި އަޅާލާފައި ވާ ދަނޑިވަޅެއްގައި ކުޅުންތެރިންނާއި ސަޕޯޓަރުންވެސް އަލުން ހިނިތުން ކުރުވާފަދަ މެޗެކެވެ. ގައުމީ ޓީމުގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ތިބޭ އެންމެ މުހިއްމު ބަޔަކީ ދިވެހި ސަޕޯޓަރުންނެވެ. މިއީ ދިވެހި ސަޕޯޓަރުންގެ ބޭނުން ދިވެހި ޓީމަށް އެންމެ ބޭނުންވެފައިވާ ވަގުތެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
