
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން މެލޭޝިއާ އަދި ބެންކޮކަށް ޚާއްޞަ ދަތުރުތަކެއް ބޭއްވުމަށް ނިންމައިފިއެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަނުން ވިދާޅުވީ މެލޭޝިއާގެ ކުއަލަލަންޕޫރު އަދި ތައިލޭންޑުގެ ބެންކޮކަށް މިއަހަރުގެ ޑިސެމްބަރުމަހު އަދި ކުރިއަށް އޮތް ޖަނަވަރީ މަހު ބާއްވާ ޚާއްސަ ދަތުރުތަކަށް ޓިކެޓު ބުކް ކުރުމަށް މިހާރު ހުޅުވާލާފައިވާކަމަށެވެ. މި ދެ މަންޒިލަށް ބާއްވާ ދަތުރުތަކުގެ އަގު އުޅެނީ މެލޭޝިއާއަށް ދެކޮޅު ޓިކެޓު 355 ޑޮލަރަށް އަދި ބެންކޮކަށް 399 ޑޮލަރަށެވެ. މެލޭޝިއާއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ޑިސެމްބަރުން ޖަނައަރީ 11އަށް، ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުއެވެ. އަދި ބެންކޮކަށް ދަތުރުތައް ބޭއްވުމަށް ހަމެހިފައިވަނީ ޑިސެމްބަރު 23 އިން ޖަނަވަރީ 13އަށް ކޮންމެ ހަފްތާއެއްގެ އަންގާރަދުވަހުއެވެ.
މޯލްޑިވިއަނުން މީގެ ކުރިންވެސް ރާއްޖެއާއި މެލޭޝިއާއި ދެމެދު ޚާއްޞަ އަދި ސީޒަނަލް ދަތުރުތަކެއް ބާއްވާފައިވެއެވެ. އަދި މި ދަތުރުތަކުގެ ސަބަބުން މެލޭޝިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ފުރުސަތުތަކެއް ފަހިވެގެންދެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މެލޭޝިއާ އަދި ބެންކޮކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ޓިކެޓު ބުކް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މޯލްޑިވިއަންގެ ވެބްސައިޓު އަދި މޯބައިލް އެޕް މެދުވެރިކޮށް މި ޙިދުމަތް ލިބޭނެ ކަމަށް އެއެއަރލައިނުން ވިދާޅުވެއެވެ. އިތުރު މައުލޫމާތު ހޯދުމަށާއި ޓިކެޓް ގަތުމަށް މޯލްޑިވިއަންގެ ވެބްސައިޓުން ނުވަތަ 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމުން ލިބޭނެ ކަމަށް އެއަރލައިނުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
