
(ފޮޓޯ ކްރެޑިޓްސް: އޭޕީ ފޮޓޯސް)
ރަތް ކަނޑުގައި އަޅާފައިވާ ފައިބަރ އޮޕްޓިކް ކޭބަލްތަކެއް ބުރިވެ ދެކުނު އޭޝިޔާއާއި މެދުއިރުމަތީގެ ޤައުމުތަކުގައި އިންޓަނެޓް ޚިދުމަތަށް ބުރޫއަރައިފިއެވެ. ކޭބަލް ބުރިވުމުގެ ސަބަބުން އިންޓަނެޓުގެ ޚިދުމަތަށް އަސަރުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އިންޑިިޔާއާއި ޕާކިސްތާނާއި އެކުވެރި ޢަރަބި އިމާރާތް ހިމެނެއެވެ. ކަނޑުއަޑީގެ ކޭބަލްތަކަކީ އިންޓަނެޓް ފޯރުކޮށްދޭ މައި ނިޒާމު ކަމަށްވާއިރު، ދުނިޔޭގެ ޑޭޓާ ޓްރެފިކް އުފުލައިދެނީ މި ކޭބަލްތަކުންނެވެ. މެދުއިރުމަތީ ސަރަޙައްދަކީ އޭޝިޔާ އާއި ޔޫރަޕް ގުޅުވައިދޭ މުހިންމު މަރުކަޒެކެވެ. މި ކޭބަލްތަކަށް އުޅަނދުފަހަރުގެ ނަގިލިތަކުން ގެއްލުން ލިބުމުގެ ނުރައްކަލާއި ތަފާތު ޙަމަލާތައް އަމާޒުވުމުގެ ފުރުޞަތު އޮވެއެވެ. އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އިންޓަނެޓުގެ ޚިދުމަތަށް ބުރޫއަރައެވެ. މި ގޮތަށް ދިމާވާ މައްސަލަތަކަކީ ޙައްލު ކުރުމަށް އުނދަގޫ އަދި ވަގުތު ނަގައި މައްސަލަތަކެވެ. މައްސަލަ ޙައްލު ކުރެވެންދެން ގިނަ ފަހަރަށް ޚިދުމަތް ފޯރުކޮށްދޭ މަގު ބަދަލުކޮށްލަން ޖެހެއެވެ.
ކަނޑުއަޑީގައި އަޅާފައިވާ ގިނަ ކޭބަލްތަކެއް ބުރިބެފައިވާއިރު އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ޖިއްދާ ކައިރީގައި އަޅާފައިވާ އެސްއެމްޑަބްލިޔު4 އަދި އައިއެމްއީޑަބްލިޔުއީ ނިޒާމު ހިމެނެއެވެ. ކޭބަލްތައް ބުރިވާން މެދުވެރިވި ސަބަބު މިހާތަނަށް ސާފުވެފައި ނުވާއިރު، މަސްރަހު ދިރާސާކުރާ ބައެއް އެނަލިސްޓުން ވަނީ ކޭބަލް ބުރިވުމާ ސަރަޙައްދީ ހަމަނުޖެހުންތަކާ ގުޅުމެއް އޮވެދާނެ ކަމަށް ފާހަގަކޮށްފައެވެ. އެ ގޮތުން ޔަމަން ކައިރީގައި ކުރިއަށްދާ ހަނގުރާމަވެރިންގެ ޙަރަކާތްތައް އެނަލިސްޓުން ފާހަގަކުރެއެވެ. ނަމަވެސް ކޭބަލްތައް ބުރިކުރުމުގައި ބައިވެރިވުމެއް ނޯންނާނެ ކަމަށް އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ޖަމާޢަތްތަކުން ވަނީ ބުނެފައެވެ. އިންޓަނެޓުގެ ޚިދުމަތް ދޭ މިންވަރު ވަޒަންކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ނެޓްބޮލޮކުން ވަނީ ސަޢުދީ ޢަރަބިއްޔާއާއި އިންޑިޔާއާއި ޕާކިސްތާނާއި ޔޫއޭއީ ހިމެނޭ ގޮތަށް ގިނަ ޤައުމުތަކެއްގެ އިންޓަނެޓު ޚިދުމަތަށް އަސަރުކޮށްފައިވާ ކަން ކަށަވަރުކޮށްދީފައެވެ. އެކުވެރި ޢަރަބި އިމާރާތުގައި އިންޓަނެޓުގެ ޚިދުމަތްދޭ އެތިސަލަތާއި ދޫއިން ވަނީ އިންޓަނެޓުގެ ދުވެލި މަޑުވެފައިވާ ކަމަށާއި ދޭތެރެދޭތެރެއިން ޚިދުމަތް ކެނޑެމުންދާ ކަމަށް ބުނެފައެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ޓެލެކޮމް ކުންފުނި ކަމަށްވާ ޕާކިސްތާނު ޓެލެކޮމިއުނިކޭޝަނުން ވެސް ބުނީ ޕީކް ގަޑިތަކުގައި ޚިދުމަތަށް އަސަރުކުރުން އެކަށީގެންވާ ކަމަށާއި އެ ކުންފުނީގެ ބައިނަލްއަޤްވާމީ ބައިވެރިން މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މައިކްރޯސޮފްޓުން ވެސް ބުނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ކްލައުޑް ޚިދުމަތް ކަމަށްވާ އެ ކުންފުނީގެ އަޒުރޭ ކްލައުޑް ޚިދުމަތަށް ބުރޫ އެރުން އެކަށީގެންވާ ކަމަށެވެ. މައްސަލަ ފާހަގަވެފައި ވަނީ ސެޕްޓެމްބަރު 6ވަނަ ދުވަހު ޖީއެމްޓީ ގަޑިން 05.45ގައި ކަމަށް ވެސް އެ ކުންފުނުން ބުނެފައިވެއެވެ. ކްލައުޑް ޚިދުމަތް ދިނުމުގައި އަސަރު ކުރާނީ މެދުއިރުމަތީގެ ކޭބަލްތައް މެދުވެރިކޮށް ދޭ ޚިދުމަތަށް އެކަނި ކަމަށް މައިކްރޯސޮފްޓުން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
