
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއިން މީގެ ކުރިން ދީފައި ނުވާ ވަރުގެ ވަރުގަދަ ޙަމަލާއެއް ޔޫކްރެއިންއަށްދީ، ޔޫކްރެއިންގެ ސަރުކާރުގެ މައި އިމާރާތަށް ބޮޑެތި ގެއްލުންތައް ދީފިއެވެ. ޔޫކްރެއިނުން ބުނީ ރަޝިޔާއިން ދިން ހަމަލާގައި ތުއްތު ކުއްޖަކު ހިމެނޭ ގޮތަށް ހަތަރު މީހުން މަރުވެފައިވާ ކަމަށެވެ. ޙަމަލާގެ ސަބަބުން ސަރުކާރުގެ މައި އިމާރާތުގައި ވަނީ ރޯވެފައެވެ. ޔޫކްރެއިންގެ ބޮޑުވަޒީރު ޔޫލިއާ ސްވީރީދެންކޯ ވިދާޅުވީ މިއީ ހަނގުރާމަ ފެށުނު ފަހުން ޔޫކްރެއިންގެ ވެރިރަށް ކީއެވްގައި ހުންނަ ސަރުކާރުގެ މައި އިމާރާތަށް ޙަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރު ކަމަށެވެ. ރަޝިޔާއިން ދިން އެންމެ ފަހުގެ ޙަމަލާތަކުގައި 805 ޑްރޯންއާއި 13 މިސައިލު ބޭނުންކޮށްފައިވާ ކަމަށް ޔޫކްރެއިންގެ ވައިގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން ޙަމަލާއެއް ދިނުމަށް ރަޝިޔާއިން ބޭނުންކޮށްފައިވާ އެންމެ ގިނަ ޢަދަދުގެ ޑްރޯނެވެ. ޔޫކްރެއިނުން ވަނީ އޭގެ ތެރެއިން 751 ޑްރޯންއާއި ހަތަރު މިސައިލް ވައްޓާލައިފައެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވިދާޅުވީ ޑްރޯންއާއި މިސައިލް ބޭނުންކޮށްގެން ރަޝިޔާއިން ދިން ޙަމަލާގައި ހަތަރު މީހުން މަރުވެ، އެ ޤައުމުގެ އުތުރާއި ދެކުނާއި އިރުމަތީ ސަރަޙައްދުތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޒަޕޮރީޖާއާއި ކްރީވީ ރީހާއި އޮޑެސާގެ އިތުރުން ސޫމީ އަދި ޗާނީހެވް ސަރަޙައްދު ހިމެނެއެވެ. އެ ސަރަޙައްދުތަކުަގައި މީހުން ދިރިއުޅޭ އިމާރަތްތަކަށް ޙަމަލާތަކުގައި ގެއްލުން ލިބިފައިވެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވީ މާ ކުރިންސުރެ ސުލްޙަވެވެން އޮއްވައި މި ފަދަ ގޮތަކަށް ރަޝިޔާއިން މީހުން މެރުމަކީ އެ ޤައުމުން ގަސްތުގައި ހިންގާ ޖަރީމާއެއް ކަމަށާއި އެއީ ހަނގުރާމައިގެ ނިމުން ފަސް ކުރުމަށް ކުރާ މަސައްކަތެއް ކަަމަށެވެ. އޭނާ ވަނީ ޔޫކްރެއިނަށް ވާގިވެރިވާ ޤައުމުތަކުގެ ކިބައިން ޔޫކްރެއިންގެ ވައިގެ ދިފާޢު ވަރުގަދަ ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
