
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަފްޣާނިސްތާނަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން އައި ބާރުގަދަ ބިންހެލުމެއްގައި އެ ޤައުމަށް ބޮޑެތި ގެއްލުންތައް ލިބި އެތައް ހާސް ބައެއްްގެ ގެދޮރު ވަނީ ގެއްލިިފައެވެ. އެ ބިންހެލުމުގައި 2،200އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ނަމަވެސް އަފްޣާނިސްތާނަށް ބޭނުންވާ ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. މި ޙާލަތުގައި އެމެރިކާއިން އަފްޣާނިސްތާނަށް އެއްވެސް މިންވަރަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމެއް މިހާތަނަށް ސާފެއް ނުވެއެވެ. މީގެ ކުރިން އަފްޣާނިސްތާނަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމުގެ ގޮތުގައި އޮތީ އެމެރިކާއެވެ. ފަހުގެ ތާރީޚުގައި އަފްޣާނިސްތާނަށް އައި އެންމެ ބާރުގަދަ ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް އެހީތެރިވުމަށް އެމެރިކާއިން ފިޔަވަޅެއް އަޅާފައި ނުވުމަކީ އެ ޤައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕް، އެމެރިކާއިން އަފްޣާނިސްތާނަށް ދެމުންދިޔަ އެންމެހާ އެހީތެރިކަން ކަނޑައިލުމަށް މިދިޔަ އެޕްރިލް މަހުގެ ތެރޭގައި ނިންމަވާފައިވާ ނިންމުން އެ ޤައުމުން ތަންފީޒު ކުރަމުންދާ ކަމުގެ ހެއްކެކެވެ. އެމެރިކާއިން އޭރު އެގޮތަށް ނިންމާފައި ވަނީ އެ ޤައުމުން އަފްޣާނިސްތާނަށް އެހީވުމަށް އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކަށް ދޫކޮށްފައިވާ 562 މިލިޔަން އެމެރިކާ ޑޮލަރުގެ ތެެރެއިން 10.9 މިލިޔަން އެމެރިކާ ޑޮލަރު ޓެކުހާއި ފީއާއި ޑިޔުޓީގެ ގޮތުގައި ޠާލިބާަން ސަރުކާރަށް ދައްކާފައިވާ ކަމަށް ބުނެއެވެ.
އެމެރިކާގެ މި ނިންމުމަކީ ބޭރު ޤައުމުތަަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް އެމެރިކާއިން ނިންމާފައިވާ ނިންމުމެއްގެ ދަށުން އަޅާފައިވާ ފިޔަވަޅެކެވެ. އެމެރިކާގެ ނިންމުމުގެ ސަބަބުން ޔޫއެސްއެއިޑު މެދުވެރިކޮށް އަފްޣާނިސްތާނަށް ފޯރުކޮށްދެމުންދިޔަ އެހީތެރިކަން ނިމުމަކަށް އައިސްފައިވާ އިރު، އެމެރިކާއިން މީގެ ކުރިން އެ ޤައުމަށް ފޮނުވާފައިވާ ބޭހާއި ކާބޯތަކެތި ހުރީ ގުދަންތަކުގައި ތާށިވެފައެވެ. އަފްޣާނިސްތާނުގެ ރައްޔިތުންނަށް އެ ތަކެތި ފޯރުކޮށްދިނުމަށް އެމެރިކާގެ ޙުއްދަ ބޭނުންވެއެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން މިދިޔަ ހޯމަ ދުވަހު ވަނީ އަފްޣާނިސްތާނަށް އައި ބިންހެލުމާ ގުޅިގެން މީސްމީޑިޔާ މެދުވެރިކޮށް އެ ޤައުމަށް ތައުޒިޔާ ފޮނުވައިފައެވެ. ނަަމަވެސް އަފްޣާނިސްތާނަށް އިންސާނީ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެ ކުރާ އިޢުލާނު އެމެރިކާއިން މިހާތަނަށް ކޮށްފައެއް ނުވެއެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޙުއްދަ ދިނުމަށް ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ މިއީއެވެ. މި އިޢުލާނަކީ ކާރިޘާއެއް ހިނގުމުގެ 24 ގަޑިއިރުގެ ތެރޭގައި އާއްމުކޮށް ކުރާ އިޢުލާނެކެވެ.
އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއަށް ލިބިފައިވާ ލަފާތަކާމެދު އެ ވުޒާރާއިން ވިސްނާފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ. ވައިޓް ހައުސުން ވެސް އެ ކަމާމެދު ވިސްނާފައިވާ ކަމަށް އެ މަސްދަރުތަކުން ބުނެއެވެ. ނަމަވެސް އަފްޣާނިސްތާނަށް އެހީ ފޯރުކޮށްދިނުން ނިމުމަކަށް ގެނައުމުގެ ސިޔާސަތު ބަދަލު ކުރުމަށް އެމެރިކާއިން ބޭނުމެއް ނުވެއެވެ. ރެކްޓަރ މިންގަނޑުން 6ގެ ބާރުމިނުގައި އައި ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް ކުއްލި އެހީތެރިކަން އެމެރިކާއިން ފޯރުކޮށްދޭނެތޯ ސުވާލުކުރުމުން ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ އެމެރިކާއިން ފޯރުކޮށްދޭ އެހީތެރިކަން ޠާލިބާނުންނާ ހަމައަށް ނުފޯރާނެކަން ޔަޤީން ކުރެއްވުމަށް ޓްރަމްޕް ޚާއްޞަ މަސައްކަތްތައް ކުރައްވަމުންދާ ކަމަށެވެ. ޠާލިބާނުންގެ ބެލުމުގެ ދަށުގައި އެމެރިކާގެ ރައްޔިތަކު މިހާރު ވެސް ހިފަހައްޓާފައި ހުރި ކަމަށް ވައިޓް ހައުސުން ވަނީ ފާހަގަކޮށްފައެވެ.
ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެތޯ ސުވާލު ކުރުމުން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވެސް ބުނީ އެ ކަމާ ގުޅޭގޮތުން ކުރާނެ އިޢުލާނެއް މި ވަގުތަކު ނެތް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
