
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާ ސިޓީގައި ނުވެއްޓި ހުރި އިމާރާތްތަަކަށް އަމާޒުކޮށް ޔަހޫދީން ދިން ވަރުގަދަ ވައިގެ ޙަމަލާތަކެއްގައި އެ ސިޓީގެ އުސް އިމާރާތެއް ބިމާ ހަމަވެެއްޖެއެވެ. މިއީ ފަހުގެ ދުވަސްތަކުގައި ޔަހޫދީން ވައްޓާލާފައިވާ މި ފަދަ ދެވަނަ އިމާރާތެވެ. ޔަހޫދީން ޣައްޒާ ސިޓީއަށް ޙަމަލާ ދޭނެ ކަމަށް ބުނެ ރައްޔިތުންނަށް އިންޒާރު ދީ، އެ މީހުންގެ ގޮދުރު ދޫކޮށް ދިޔުމަށް ވަނީ އަންގައިފައެވެ. ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ އަލް-މަވާސީއަކީ ރައްކާތެރި ސަރަޙައްދެއް ކަމަށާއި އެ ސަރަޙައްދަށް ޣައްޒާ ސިޓީގައި ތިބި ރައްޔިތުން ބަދަލުވުމަށް ޔަހޫދީން ދަނީ ބާރުއަޅަމުންނެވެ. ނަމަވެސް އަލް-މަވާސީއަކީ ރައްކާތެރި ސަރަހައްދެއް ކަމަށް މީގެ ކުރިން ވެސް ޔަހޫދީން ބުނަމުން ދިޔައިރު އެ ސަރަޙައްދަށް ވެސް އެތައް ފަހަރެއްގެ މަތިން ޔަހޫދީން ވަނީ ބޮން އަޅައިފައެވެ. އަލް-މަވާސީއަށް ދިޔަސް ނުދިޔަސް ރައްކާތެރިކަމެއް ނެތް ކަމަށް ޣައްޒާގެ ރައްްޔިތުން ޤަބޫލުކުރެއެވެ. ފާއިތުވި ދޮޅު އަހަރު ދުވަހު އެންމެ ވަރުގަދަ ބޮމުގެ ޙަމަލާތައް ދީފައި ވަނީ އަލް-މަވާސީއަށް ކަމަށް ވެސް އެ މީހުން ފާހަގަކުރެއެވެ.
ޣައްޒާ ސިޓީގައި ތިބި އެތައް ހާސް ރައްޔިތުން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް މަޖުބޫރު ކުރުވުމަށް ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާ އަމާޒުކޮށްފައި ވަނީ އެ ސަރަޙައްދުގައި ހުރި 15 ބުރީގެ އިމާރާތަކަށެވެ. މީހުން ދިރިއުޅޭ އަލް-ސޫސީ ކިޔާ މި އިމާރާތަށް ޔަހޫދީން ޙަމަލާދީ ބިމާ ހަމަކޮށްލައި މަންޒަރު ފެންނަ ވީޑިޔޯއެއް ޔަހޫދީ ދިފާޢީ ވަޒީރު އިސްރާއިލް ކެޓްޒް ވަނީ ޙިއްޞާކޮށްފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ފަދަ އެހެން އުސް އިމާރާތްތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ޔަހޫދީން ވަނީ ދީފައެވެ. ދެ މިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ މިލިއަނެއްހާ މީހުން މިހާރު ދިރިއުޅެމުން ދަނީ ޣައްޒާ ސިޓީގައި ނުވަތަ އެ ސަރަޙައްދާ ކައިރި ސަރަޙައްދުތަކުގައެވެ. ޣައްޒާގެ 75 އިންސައްތަ ޔަހޫދީންގެ ބާރުގެ ދަަށަށް ގެންގޮސްފައިވާއިރު، މުޅި ޣައްޒާ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޣައްޒާ ސިޓީގެ 40 އިންސައްތައަށްވުރެ ބޮޑު ބައި ވަނީ ޔަހޫދީންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 64،368 މީހުން ވަނީ ޝަހީދުކޮށްލައިފައެެވެ. އޭގެ ތެރޭގައި 18،000އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޣައްޒާގައި 23 މީހުން ޝަހީދުކޮށްލާފައިވާއިރު، 13 މީހުން ޝަހީދުވެފައި ވަނީ ޣައްޒާ ސިޓީގައެވެ. އެހީގެ ތަކެއްޗާއި ކާބޯތަކެތި ނުލިބުމުގެ ސަބަބުން ޣައްޒާގެ އިންސާނީ ޙާލަތު ވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ބަނޑުހައިހޫނު ކަމުގެ ސަބަބުން ޝަހީދުވާ މީހުންެގެ ޢަދަދު ވެސް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
