
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ދިފާޢީ ވުޒާރާގެ ނަން ހަނގުރާމައާ ބެހޭ ވުޒާރާގެ ނަމަށް އަލުން ބަދަލުކުރުމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފިއެވެ. 1789ވަނަ އަހަރު ޤާއިމުކޮށްފައިވާ އެމެރިކާގެ ދިފާޢީ ވުޒާރާއަށް 1949ވަނަ އަހަރާ ހަމައަށް ދީފައިވާ ނަމަކީ ހަނގުރާމައާބެހޭ ވުޒާރާއެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ގެނައި އިސްލާހީ ބަދަލުތަކާއެކު އެ ވުޒާރާގެ ނަން ވަނީ ދިފާޢީ ވުޒާރާގެ ނަމަށް ބަދަލުކޮށްފައެވެ. އެ ބަދަލު ގެނައީ އެމެރިކާއަކީ ހަމަނުޖެހުންތަކުން އެއްކިބާވެފައިވާ ޤައުމެއްގެ ގޮތުގައި ދެއްކުމުގެ މަޤްސަދުގައެވެ. އަދި އެ ޤައުމަކީ ތަޅައިފޮޅުމާއި ހަމަނުޖެހުންތަކުން ދުރުހެލިވެފައިވާ ޤައުމެއް ކަމަށް ދެއްކުމަށެވެ.
ދިފާޢީ ވުޒާރާގެ ނަން ހަނގުރާމައާ ބެހޭ ވުޒާރާގެ ނަމަށް ޓްރަމްޕް އަލުން ބަދަލުކުރެއްވުމަކީ އެމެރިކާގެ އަސްކަރިއްޔާއާމެދު ދެކެވޭ ގޮތް ބަދަލުކުރެއްވުމަށް ގެންނަވާފައިވާ ބަދަލެއް ކަމަށް ބެލެވެއެވެ. އެ ފަދަ ގޮތަކަށް ނަމަށް ބަދަލު ގެންނަވާފައި ވަނީ އެމެރިކާގެ އަސްކަރިއްޔާގެ ވަރުގަދަކަމާއި ހައިބަތު ދައްކުވައިދިނުމުގެ މަޤުސަދުގައެވެ. ޓްރަމްޕް ވިދާޅުވީ ދިފާޢީ ވުޒާރާގެ ނަމަށް ގެންނަވާފައިވާ ބަދަލަކީ އެ ވުޒާރާގެ ޝަހުސިއްޔަތަށް ބަދަލު ގެނެސްދޭ ބަދަލެއް ކަމަށެވެ. މިއީ ކުރި ހޯދައި ކާމިޔާބީ ހޯދުމާ ގުޅިފައިވާ ނިންމުމެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕްގެ އެންގެވުމާއެކު ދިފާޢީ ވުޒާރާގެ އިމާރާތް، ޕެންޓަގަނުން ވަނީ ވުޒާރާގެ ނަމަށް ގެންނަންޖެހޭ ބަދަލު ވަގުތުން ގެނެސް ނަން ބޯޑުތައް ބަދަލުކޮށް، ދިފާޢީ ވަޒީރު ޕީޓް ހެގްސެތަށް ދެން މުހާތަބު ކުރެވޭނީ ހަނގުރާމައާ ބެހޭ ވަޒީރުގެ ގޮތުގައި ކަމަށް އިޢުލާނުކޮށްފައެވެ.
ދިފާޢީ ވުޒާރާގެ ނަން ބަދަލުކުރުމަށް ޓްރަމްޕް އެންގެވި އެންގުމުގައި އެ ބަދަލަކީ ދާއިމީ ބަދަލަކަށް ހެދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހެގްސެތަށް އަންގަވައިފައެވެ. ނަމަވެސް ރަސްމީކޮށް ޤާނޫނީ ގޮތުން ނަމަށް ބަދަލު ގެނައުމަށް ޤާނޫނުހަދާ މަޖިލީހުގެ ރުހުން އާންމުގޮތެއްގައި ބޭނުންވެއެވެ. ޤާނޫނުހަދާ މަޖިލީހުގެ ހަނި އަޣުލަބިއްޔަތެއް ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ލިބިފައިވި ނަމަވެސް، މި ޙާލަތުގައި މަޖިލީހުގެ ރުހުން ހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްތޯއާމެދު ޓްރަމްޕް ވަނީ ސުވާލު އުފައްދަވައިފައެވެ. ދިފާޢީ ވުޒާރާގެ ނަމަށް ބަދަލުގެނައުމަށް ހުށަހަޅައި ރިޕަބްލިކަން ޕާޓީއަށް ނިޞްބަތްވާ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން މިހާރު ވަނީ ބިލުތައް ތަޢާރަފްކުރައްވައިފައެވެ. ފާޑުކިޔުންތެރިން ޤަބޫލުކުރާ ގޮތުގައި މި ވަގުތު ދިފާޢީ ވުޒާރާގެ ނަމަށް ބަދަލު ގެނައުމަކީ ބޮޑު ޚަރަދެެއް ހިންގާނެ ކަމެކެވެ. އަދި އެއީ ބޭނުމެއް އޮތް ކަމެއް ނޫން ކަަމަށާއި އެއީ މުހިންމު އެހެން ކަންކަމަށް ވުޒާރާއިންދޭ ސަމާލުކަން ގެއްލުވާލައި ފަދަ ނިންމުމެއް ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ވެރިކަމާ ޓްރަމްޕްނޙަވާލުވެވަޑައިގެންނެވި ދުވަސްވަރު އަސްކަރިއްޔާގެ ބޮޑުކަމާއި ހައިބަތު ދެއްކެވުމަށް އޭނާ ވަނީ އެ ޤައުމުގައި ބިޔަ އަސްކަރީ ޕެރޭޑެއް ބާއްވަވައިފައެވެ. މި ފަދަ ޕެރޭޑުތައް ބޭއްވުމަކީ އެމެރިކާގައި އާއްމުކޮށް ކޮށް އުޅޭ ކަމަށް ނުވާއިރު، އެމެރިކާގެ ޤައުމީވަންތަކަމާއި އަސްކަރީ ބާރު މި ހިންގާލުމުން ދައްކުވައިދީފައިވެއެވެ. އެމެރިކާގެ ބައެއް އަސްކަރީ މަރުކަޒުތަކަށް މީގެ ކުރިން ދީފައިވާ ނަންތަކަކީ އަޅުން ގެންގުޅުމާއި ދާޚިލީ ހަނގުރާމަތަކަށް ނިޞްބަތްކޮށް ދީފައިވާ ނަންތަކަށްވިއިރު، ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން 2020ވަނަ އަހަރުގެ ތެރޭގައި އެ މަރުކަޒުތަކުގެ ނަންތައް ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް ޓްރަމްޕް ވަނީ އެ މަރުކަޒުތަކުގެ ނަންތައް އަލުން ބަދަލުކުރެއްވުމަށް މަސައްކަތްކުރައްވައި އެއީ އަސްކަރީ ތާރީޚު ދަމަހައްޓައި ސަޤާފަތް ދިރުވައިދޭ ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
