
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
ސަރުކާރުން އެޅި މާލީ ހަރުދަނާ ފިޔަވަޅުތަކާ އެކު މިއަހަރުގެ މިހާތަނަށް ވިޔަފާރިތަކަށް ދޫކުރި ޑޮލަރުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު، އިތުރުވެފައިވާކަން ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ސަރުކާރުން ވަނީ ބޭރުފައިސާއާ ބެހޭ އައު ޤާނޫނެއް އެކުލަވާލައި، ޑޮލަރު ރިޒަރވް އިތުރުކުރުމަށް މުހިންމު ނިންމެވުންތަކެއް ނިންމަވާފައެވެ.
ބީއެމްއެލްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް ވިޔަފާރިތަކަށް ވިއްކީ 69 މިލިޔަން ޑޮލަރެވެ. މިއީ ޑޮލަރަށް އެދި ވިޔަފާރިތަކުން ހުށައެޅި މިންވަރުގެ 5 އިންސައްތައާއި 10 އިންސައްތައާ ދެމެދު މިންވަރެކެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ޑޮލަރު ވިއްކި އަދަދު 73 މިލިޔަން ޑޮލަރަށް ވަނީ އިތުރުވެފައެވެ. މިއީ ޑޮލަރަށް އެދި ވިޔަަފާރިތަކުން ހުށައެޅި މިންވަރުގެ 30 އިންސައްތައާއި 50 އިންސައްތައާ ދެމެދު މިންވަރެއްކަން ފާހަގަކޮށްލެވެއެވެ.
As part of our support for businesses, dollar support provided for international payments have increased this year. pic.twitter.com/Qoi0HtHBsD
— Bank of Maldives (@bankofmaldives) September 7, 2025
ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާކުރުން ލާޒިމްކުރާ ބޭރުފައިސާއާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނާއެކު ޑޮލަރުގެ ރިޒަރވް އިތުރުވެ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ އާމްދަނީ ވަނީ އިތުރުވެފައެވެ. އަދި ރިޒާވް ބޭންކް އޮފް އިންޑިއާ އެކު ރާއްޖެއިން ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރު ކަރަންސީ ސްވޮޕަކީވެސް މިއަހަރު ތެރޭގައި ރިޒާވަށް ހެޔޮ ބަދަލެއް އައި ސަބަބެއްކަމަށް އެމްއެމްއޭއިން ވިދާޅުވެފައިވެއެވެ. އައު ޤާނޫނުގެ ދަށުން ލިބޭ ޑޮލަރުގެ 30 އިންސައްތަ ބޭނުންކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ ބޭންކިންގ ނިޒާމުގެ ތެރެއިން އާންމުންނަށެވެ. މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ އެހީތެރިކަން ދިނުމުގެ ގޮތުން ޓީޓީ ސަޕޯޓު ނުވަތަ ވިޔަފާރިތަކަށް ގަންނަން ބޭނުންވާ މުދާ ގަތުމަށް ޑޮލަރު ސަޕޯޓުދޭ މިންވަރު އިތުރުކުރުމަކީ މިގޮތުން އެޅި ފިޔަވަޅެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
