
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހުޅުމާލޭ ފޭސް 2ގައި ފަހިދިރިއުޅުން ކޯޕަރޭޗަން، އެފްޑީސީން ތަރައްޤީކުރަމުންދާ 4000 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާގެ ޚިދުމަތް އެއްވެސް ދަތިކަމެއް ނެތި ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ. މަތީން މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. 4000 ހައުސިން ޔުނިޓްގެ ހުރިހާ ޓަވަރުތަކުގައިވެސް މިހާރު ކުރިއަށްދަނީ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތަކާއި ފިނިޝިން މަސައްކަތްތަކެވެ. ފިނިޝިންގެ އެންމެ މުހިންމު އެއް މަސައްކަތަކީ ފްލެޓްތަކަށް ބޭނުންވާ، ކަރަންޓާއި ފެނާއި ނަރުދަމާ ފަދަ ޔުޓިލިޓީގެ ޚިދުމަތްތައް ގުޅާ ޓެސްޓްކުރުމުގެ މަސައްކަތްތަކެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، ހުޅުމާލޭގައި އަލަށް މީހުން އާބާދުވާ ސަރަޙައްދުތަކުގެ ފެނާއި ނަރުދަމާގެ ނެޓްވޯކް ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މިއީ އެޓަވަރުތަކަށް މީހުން ބަދަލުވާއިރު، އެތަނުގައި ދަތިކަމެއް ނެތި ޚިދުމަތް ދެވޭކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށް މަތީން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މަތީން ވިދާޅުވީ ޓަވަރުތަކަށް ކަނެކްޝަންތައް ގުޅުމުގެ މަސައްކަތްތައްވެސް، އެޗްޑީސީ އާއި އެފްޑީސީ ގުޅިގެން ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން ޓަވަރުތަކާ ވަކިވަކި އެޕާޓްމަންޓްތަކަށް ޚިދުމަތް ގުޅުމާއި، ކަނެކްޝަންތައް ޓެސްޓުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މަތީން ވިދާޅުވީ ޔުނިޓްތައް ލިބުނު މީހުންނަށް، ޚިދުމަތްތަކަށް ރަޖިސްޓްރީކުރުމަށްވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަމަށެވެ. “ސޮއިކުރުން ކުރިއަށްދާ ސަރަޙައްދުގައި އަޅުގަނޑުމެންގެ ޚާއްސަ ސްޓޯލެއް ވަނީ ޤާއިމުކޮށްފައި. ކަނެކްޝަން ގުޅުމަށް ފޯމު ހުށައެޅުމާއި ރަޖިސްޓްރީކުރުމާއި އެނޫންވެސް ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކުރުމުގައި އަޅުގަނޑުމެން މުވައްޒަފުން ހަރަކާތްތެރިވާނެ. ބޭނުންވާ އެހީތެރިކަން ލިބޭނެ.” އެމްޑަބްލިއެސްސީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.
މަތީން ވިދާޅުވީ ފެނުގެ ޚިދުމަތުގެ ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު، ފްލެޓްތަކަށް މީހުން ވަންނައިރުވެސް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތްތައް ލިބޭނެކަމަށެވެ. ހުޅުމާލޭގެ ފެނުގެ ޚިދުމަތުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަށްދާ މަސައްކަތުގައި، އަލަށް ތަރައްޤީކުރި 10000 ޓަނުގެ ފެން ރައްކާކުރާ ޓޭންކްވެސް މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި އިތުރު 10000 ޓަނުގެ ފެން ރައްކާކުރާ ޓޭންކެންގެ މަސައްކަތްވެސް މިހާރު ވަނީ ހުޅުމާލޭގައި ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
