ހިޝާން އަހުމަދު ރާއްޖެ އައި ގޮތަށް، އޭނާއަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދުމަށް މަސައްކަތް ފަށައިފި އެވެ. މީގެ ހަ އަހަރު ކުރިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވުނު ނަމަވެސް، ފުލުހުން ދައުވާކުރަން ފޮނުވުމުން ވެސް ޕީޖީ އޮފީހުން ވަނީ ހެކި ނެތް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފަ އެވެ. މިކަމުގެ ސަބަބުން ގިނަ ހައްގުތަކެއް ގެއްލި، އޭނާ ފަސް އަހަރު ތުރުކީގައި އަމިއްލައަށް އަރުވާލެވިގެން އުޅުނެވެ. މިދިޔަ ބުދަ ދުވަހު ރާއްޖެ އައިސް، އޭނާ ގޭ ދޮށަށް ނުގޮސް ފުރަތަމަ ދިޔައީ ފުލުސް އޮފީހަށް ކަމަށް ބުނެ، އޭނާއަށް ލިބުނު ނާއިންސާފުތަކުގެ ވާހަކަ ދެއްކި ވީޑިއޯއެއް އާއްމުކުރި އެވެ. އޭނާ ބުނީ މި ތުހުމަތުތަކުގެ ސަބަބުން ދަތުރުފަތުރު ކުރުމާއި ވަޒީފާ އަދާކުރުން ފަދަ ހައްގުތައް ގެއްލި، އޭނާގެ މުދާ ވެސް ހިފަހައްޓާފައިވާ ކަމަށެވެ. ރާއްޖެ އައިތާ ދެ ވަނަ ދުވަހު، ފުލުހުން ދޮގު ތުހުމަތުކޮށް އަނިޔާކުރި ކަމަށް ބުނެ، ދައުލަތާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ.
ހިޝާން މީގެ ކުރިން ވެސް ނުކުޅެދޭ މީހުންނާއި އިޖްތިމާއީ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލައިގެން މަޝްހޫރުވެފައިވާއިރު، މިފަހަރު ވެސް އޭނާ ވަނީ ވެލާނާ ބިލްޑިން ކައިރީގައި، އޭނާއަށް ލިބުނު ނާއިންސާފާ ދެކޮޅަށް އިހުތިޖާޖުކޮށްފަ އެވެ. މި އިހުތިޖާޖުގެ ތެރެއިން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އޭނާއާ ބައްދަލުކޮށްފައިވާ ކަމަށް ވެސް ހިޝާން ވަނީ ފޭސްބުކްގައި ހިއްސާކޮށްފަ އެވެ. އޭނާ އުއްމީދުކުރަނީ މައްސަލަ އަވަހަށް ހައްލުވާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...


