
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހިންގާ އެއް ޝަރީއަތުގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިމި، ދެން އޮންނާނީ ތިން އަޑުއެހުން ކަމަށް ކޯޓުން މިއަދު އަންގައިފިއެވެ. މި މައްސަލައަކީ، 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު، ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އޭގެ ބޮޑު ބައެއް އޭނާގެ އަދި އަންހެނުންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްސްގެ ކަންކަމަށާއި، 2،000 ޑޮލަރު އޭނާ ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓުގެ ކުލި ދެއްކުމަށް ބޭނުންކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރާ މައްސަލައެކެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ފަރާތުން ހުށަހެޅި ހަމައެކަނި ދިފާއީ ހެކީގެ ހެކިބަސް ނެގިއެވެ. މި ހެކިއަކީ އެފްއޭއެމްގެ އެކްސްކޯ މެންބަރު އަހުމަދު ޝަކީބް (ޑޮކް) އެވެ. ޝަކީބު ހެކިބަސް ދެމުން ވިދާޅުވީ، އެފްއޭއެމްގެ އެމަޖެންސީ ކޮމިޓީން ބައްސާމަށް މަހުން މަހަށް 3،000 ޑޮލަރުގެ އެލަވަންސެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެފައިސާ ގަވައިދުން ބައްސާމަށް ޖަމާކުރިތޯ ނުވަތަ ނުކުރާތޯ އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި މާލީ ދަތިތަކާ ހެދި، އެކްސްކޯ މެންބަރުންނަށް ވެސް ގަވައިދުން އެލަވަންސް ނުދެވޭ ކަމަށާއި، ބައެއް ފަހަރު ދެ ތިން މަހުގެ އެލަވަންސް އެއްފަހަރާ ޖަމާކުރާ ކަމަށާއި، އޭނާއަށް ވެސް 22 މަހުގެ އެލަވަންސް އަދި ލިބިފައިނުވާ ކަމަށް ޝަކީބު ފާހަގަކުރެއްވިއެވެ.
ހެކިބަސް ނެގުން ނިމުމާ އެކު، މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވަނީ ދެން އޮންނަ ދެ އަޑުއެހުން އިއުލާންކުރައްވާފައެވެ. އެގޮތުން، މިމަހުގެ 23 ގައި ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުމެއް އޮންނާނެއެވެ. އަދި މިމަހުގެ 29 ގައި ދެ ފަރާތުން ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުން ބާއްވާނެއެވެ. ގާނޫނު ބުނާ ގޮތުން ހުލާސާ ބަޔާނަށް ފަހު މަސްދުވަހުގެ ތެރޭގައި ހުކުމް އިއްވުމަށް ލާޒިމް ކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
