
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ދަށުން ހިންގާ ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް، އޮމްބަޑްސްޕާސަންގެ އޮފީހުގެ ބައެއް މުވައްޒަފުން ވަނީ އެތަނުގެ މައްސަލަތަކެއް ހުށަހަޅާފައެވެ. މިކަމާ ގުޅިގެން، މައްސަލަތައް ފަޅާއެރުވީ އޭނާ ކަމަށް ތުހުމަތުކޮށް، ބަދަލު ހިފުމުގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ޔުނިޓުން ބުނެއެވެ. ޔުނިޓުން ބުނި ގޮތުގައި، މި މައްސަލަ ހުށަހެޅީ ކާކުކަން ނޭނގޭ ގޮތަށް ނަމަވެސް، އޮފީހުގެ މުވައްޒަފުން ސިއްރުކޮށް ސުވާލުކުރުމަށް ފަހު، ވަކި މުވައްޒަފަކު މައްސަލަ ފަޅާއެރުވީ ކަމަށް ތުހުމަތުކޮށް، އޭނާއަށް ނޭއްގާނީކޮށް ހެދިކަމުގެ ރިޕޯޓުތައް ލިބިފައިވެއެވެ. މިގޮތުން، މަސައްކަތުގެ މާހައުލުގައި އޭނާއާ މެދު ތަފާތުކޮށް، އެހެން މުވައްޒަފުން އޭނާއަށް ބާކީކޮށް އަޑުގަދަކޮށް އެއްޗެހި ކިޔާފައިވާ ކަމަށް ވެސް ވަނީ އެނގިފައެވެ.
އެހެންނަމަވެސް، ވަޒީފާއިން ވަކިކުރި މުވައްޒަފަކީ މައްސަލަ ފަޅާއެރުވި މީހާ ނޫން ކަމަށް ވިސިލްބްލޯވާ ޔުނިޓުން ވަނީ ޔަގީންކޮށްދީފައެވެ. ވަކިކުރުމުގެ ކުރިން، އޭނާއަކީ މަސައްކަތަށް ރަނގަޅު މީހެއް ކަމަށް ހުރި ބަޔާންތަކުން ދައްކާ ނަމަވެސް، “އަހުލާގު ހުރި ގޮތުންނާއި އެންގުންތަކަށް ނުކިޔަމަންތެރިވުމާއި އޮފީސް މާހައުލުގައި ފަސާދަ އުފެއްދުމާއި ސާބިތުނުހިފޭ ވާހަކަ ފަތުރާ ކަމަށް” ބުނެ އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައެވެ. ޔުނިޓުން ބުނި ގޮތުގައި، ވަޒީފާއިން ވަކިކުރެވުނު މުވައްޒަފަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ދެވިދާނެކަން ވަނީ އަންގާފައެވެ.
މިފަދަ ކަމެއް މީގެ ކުރިންވެސް ހިނގާފައިވެއެވެ. މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (ޕޯސްޓް އޮފީސް)އާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތި ކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން، ވިސިލްބްލޯ ޕްރޮޓެކްޝަން ޔުނިޓުގެ އަމުރަށް ނުކިޔަމަންވި ކަމަށް ބަލައި 900،000 ރުފިޔާއިން ޕޯސްޓް އޮފީސް ވަނީ ޖޫރިމަނާކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
