
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025” ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރި ކޮށްދެއްވައިފިއެވެ. ކުޅިވަރު އެކުވެނި، ބެޑްމިންޓަން ހޯލްގައި ކުރިއަށް ގެންދިޔަ މިރަސްމިއްޔާތުގައި “ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025” ބެޑްމިންޓަން މުބާރާތުގެ ފައިނަލް ދެމެޗް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. ފައިނަލް ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި “މާލޭ” ޓީމާއި “އޭދަފުށީ” ޓީމް ވާދަކޮށްފައިވާއިރު، ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ “ހުޅުދޫ ބޯއީ” އާއި “އިންޑިއާ” އެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މި ރަސްމިއްޔާތުގައި މި މުބާރާތުގެ، ޗެމްޕިއަނުންނަށް އިނާމާއި، ހަނދާނީ ލިޔުމާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން، އަންހެން ސްޕެޝަލް އޮލިމްޕިކްސް ސިންގަލްސް އާއި ފިރިހެން ސްޕެޝަލް އޮލިމްޕިކްސްއަށް މެޑެއްޔާއި ޓްރޮފީ ހަވާލުކުރުންވެސް އޮތެވެ. އަދި، “ސްޕެޝަލް އޮލިމްޕިކްސް ސިންގަލްސް”ގައި ބައިވެރިވި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން، މެޑެއްޔާއި ޓްރޮފީވެސް ވަނީ ދީފައެވެ. ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ދިވެހިންނަށް އޮތް ފުރުސަތުތައް އިތުރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް ހިންގަވަން ފަށްޓަވާފައެވެ. އެގޮތުން ރާއްޖޭގައި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވުމާއި، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރު ދަނީ ތަންފީޒުކުރައްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
