
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މުޅި މުޖުތަމަޢުގެ އެއްބާރުލުން ލިބިގެން ނޫނީ ސިއްޙީ ގޮތުން ދާންބޭނުންވާ މަންޒިލަކަށް ނުދެވޭނެ ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ސިއްޙީ ވަޒީރު މިހެން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދިޔަ ޚާއްސަ މެޑިކަލް ކޭމްޕު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުންނެވެ. ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ދުޅަހެޔޮ އާބަދީއަކަށް ވުރެ ވަކިން ބޮޑު ނިޢުމަތެއް ޤައުމަކަށް ނުލިބޭނެ ކަމަށެވެ. އެގޮތުން ޤައުމުގެ އުފެންދުންތެރިކަމާއި ޤައުމުގެ ކުރިއެރުން ގުޅިލާމެހިފައިވަނީ އެ ޤައުމެއްގެ ރައްޔިތުންގެ ފުރިހަމަ ސިއްޙަތާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭގެ ނަތިޖާއެއްގެ ގޮތުން އުފެންދުންތެރިކަން އިތުރުވެ އުފާވެރި އާބާދީއެއް ދިރިއުޅޭ ޤައުމެއްގެ ގޮތުގައި ޤައުމުވެގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ސިއްޙީ ކަންކަމަކީ އެއްވެސް އިރެއްގައި ހަމައެކަނި ސަރުކާރުން ކުރެވޭ މަސައްކަތަކުން އޭގެ އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ސިއްޙީ ކަންކަން ފެށޭ ހިސާބަކީ ހެލްތު ފެސިލިޓީތައް ކަމުގައި ދެކުމަކީ މާޒީވެ ގޮސްފައިވާ ބޯދާ ޚިޔާލެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ދުޅަހެޔޮ އާބާދީއެއްގެ މަސައްކަތް ފެށޭ ހިސާބަކީ ޢާއިލާތައް، މުޖުތަމައުތައް، އެކުވެރިން އަދި މުޖުތަމައުގައި ޝާމިލްވާ އެންމެންގެ މަސައްކަތް ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“ހެލްތް ބިއޮންޑް ހެލްތް” އެއީ މިހާރު ސިއްޙީ ކަންކަމާ ގުޅޭ އެންމެ މައިގަނޑު މައުޟޫއުކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ދިރިއުޅުމުގެ ހުރިހާކަމެއް ވެސް ބިނާވެފައި އޮންނަނީ ސިއްޙަތާކަމަށް ވަޒީރު ވިދާޅުވިއެވެ. “ކުޅިވަރު މުބާރާތްތައް އިންތިޒާމް ކުރެވިފައި ހުންނަ ގޮތަކީ ސިއްޙަތާ ގުޅުންހުރި ކަންކަން. ކަސްރަތު ކްލާސްތައް ރޭވިފައި އޮންނަ ގޮތަކީވެސް ސިއްޙަތާ ގުޅިފައި ހުރިކަންކަން. މި ހުރިހާ ކަމަކީ ސިއްޙަތާ ގުޅިފައި ހުންނަ ކަންކަން. މިކަންކަމަށް އަޅުގަނޑުމެން ރިޔާއަތްނުކޮށް ސިއްޙީ ކަންކަން ރަނގަޅެއް ނުކުރެވޭނެ. ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ އާބާދީ ދުޅަހެޔޮ ސިއްޙަތެއްގައި ނުބޭއްވޭނެ.” ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.
ސިއްޙީ ވަޒީރުގެ ވާހަކަފުޅުގައި ދުންފަތުގެ އިސްތިއުމާލުކުރުން ދުރުކުރުމަށްޓަކައި ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި މުޅި މުޖުތަމަޢުގެ އެއްބާރުލުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދުންފަތް ވިއްކާ ފަރާތްތަކާއި ދުންފަތުގެ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅަން ލާޒިމުކުރެވިފައިވާ ފަރާތްތަކާއި، މުޅި މުޖުތަމަޢުގެ އެއްބާރުލުން ލިބިގެން ނޫނީ ސިއްޙީ ގޮތުން ދާންބޭނުންވާ މަންޒިލަކަށް ނުދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މިފަދަ ކޭމްޕުގެ ޒަރިއްޔާއިންވެސް ހޭލުންތެރިކަން އިތުރުކޮށް، ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާ އަދި ހަމައެއާއެކު ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި ޤައުމެއްގެ ގޮތުގައި ތަންފީޒުކުރުމުންދާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭރުން ފެންނިގެންދާނީ މާ އުފާވެރި ރައްޔިތެއް އުޅޭ ޤައުމެއްކަމަށާއި، މާއުފާވެރި މުޖުތަމަޢެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
