
(ފޮޓޯ ކްރެޑިޓްސް: ފެނަކަ)
އައްޑޫގެ ކަރަންޓު ކޭބަލަކަށް ގެއްލުން ދިނުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑި އާންމުންނަށް ބޮޑު ތަކުލީފެއް އުފުލަން ޖެހުމުން އެ ކަހަލަ ކަންކަން ނުކުރަން ފެނަކަ ކޯޕަރޭޝަނުން އާންމުންނަށް މިއަދު އިލްތިމާސްކޮށްފި އެވެ. އައްޑުއަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް ކުރިން ރޭޭ މެންދަމު މެދުކެނޑުނީ އައްޑޫގެ 41 ނަންބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ހިނގައި، ސެންޓްރަލް ޕަވާ ހައުސް އެއްކޮށް ޑައުންވުމުގެ ސަބަބުން ކަމަށެވެ. އެ މައްސަލަ ހައްލުކޮށް ކަރަންޓުގެ ހިދުމަތް އަލުން ދެވުނީ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުންނެވެ.
ފެނަކައިން ބުނީ މިފަދަ އަމަލުތަކަކީ ކުންފުނީގެ މުދަލަށް ގެއްލުން ލިބުމުގެ އިތުރުން އާންމު ރައްޔިތުންނަށް ތަކުލީފު އުފުލަން ޖެހޭ ކަންކަން ކަމަށެވެ. މިއީ މި ކަހަލަ އަމަލުތައް ހިންގާ މީހުންނާއި އަދި އެކަމުގައި ބައިވެރި ނުވާ އެންމެންގެ ހަށިގަނޑާއި ފުރާނައަށް ވެސް ނުރައްކާ ވެދާނެ ކަމަކަށް ވާތީ، މި ކަހަލަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް، އެ ކުންފުނިން ހުއްޓާނުލައި ކުރިއަށް ގެންދެ އެވެ. އެ ކޭބަލް ބުރިކުރަން އުޅުނު މީހާ ކަރަންޓުގައި ޖެހިގެން އޭނާއަށް އަންނަނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، ގައިގެ ބައެއް ތަންތަން ފިހިފައިވެ އެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އިންޖީނުގޭގެ ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވާތީ ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަ ވަރަށް ބޮޑެވެ. އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އާ އިންޖީނުގެ އަޅާ ނިމުމުން ކަމަށް ފެނަކައިން ކުރިން ބުނެފައިވެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
