
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ލަންކާއާ ދެކޮޅަށް ރާއްޖޭން ހޯދި ތިން ލަނޑުގެ ލީޑަށް ވުރެ އޭނާ އަށް މުހިންމީ ކުޅުންތެރިން ކުރި މަސައްކަތް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ. އިއްޔެގެ މެޗަކީ، މިދިޔަ މަހު ފަހުކޮޅު ރާއްޖޭގެ ކޯޗުކަމާ ހަވާލުވި މޯހަން ހެޑް ކޯޗުގެ ގޮތުގައި ރާއްޖެ ގޮވައިގެން ނުކުތް ފުރަތަމަ މެޗެވެ. ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ލަންކާއިން އިންތިޒާމުކޮށް ރާއްޖެއާ ދެކޮޅަށް ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ރާއްޖޭން ކާމިޔާބު ކުރީ 3-0 ންނެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން މޯހަން ބުނީ މެޗުގެ ނަތީޖާ އަށް ވުރެ އޭނާ އަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ކުޅުންތެރިން ކުރި މަސައްކަތް ފެނުމުންނެވެ. އޭނާ ބުނި ގޮތުގައި ލަންކާގެ މައްޗަށް ތިން ލަނޑުން މޮޅުވިޔަސް، އެ ގައުމާ ދެކޮޅަށް ކުޅެން ފަސޭހައެއް ނުވި އެވެ. އެކަމަކު އެ ނަތީޖާ ނުކުތީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުންކަން އޭނާ ފާހަގަ ކުރި އެވެ.

(ފޮޓޯ ކްރެޑިޓްސް: ފުޓްބޯލް ސްރީލަންކާ)
“ނަތީޖާ 3-0 ން ނިމުނަސް މިއީ ފަސޭހަ މެޗެއް ނޫން. މިއީ ވަރަށް އުނދަގޫ މެޗެއް. ޝްރީ ލަންކާއިން ވަރަށް ރަނގަޅަށް ކުޅުނު،” ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކުރި މޯހަން ބުންޏެވެ. “އެކަމަކު އަހަރެމެންގެ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރި. މުހިންމު ކަމަކީ ބުރަ މަސައްކަތް. ކުޅުންތެރިން ގާތު މެޗުގެ ކުރިން ވެސް އަހަރެން ބުނިން، ނަތީޖާއެއް ނޫނޭ އަހަންނަށް މުހިންމީކީ.” އޭނާ ބުނީ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ކުޅުންތެރިންގެ ބުރަކޮށް މަސައްކަތްކޮށްފިނަމަ ހިތްހަމަޖެހުން ލިބޭނެކަން މެޗުގެ ކުރިން ވެސް ކުޅުންތެރިންގެ ގާތު ބުނެފައިވާނެ ކަމަށެވެ.
“މިއަދު އެ ކުޅުންތެރިންގެ މަސައްކަތް އެންމެ މަތީ ދަރަޖައިގައި ދަނޑުމަތީގައި ދައްކައިފި. އަދި އަހަރެމެން މެޗުން މޮޅު ވެސް ވެއްޖެ. އަލްހަމްދުލިﷲ،” މޯހަން ބުންޏެވެ. ދެކުނު އޭޝިއާގެ ސުޕަ ކަޕްގެ ނަމުގައި ލަންކާއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ހަތަރު ގައުމު ބައިވެރިވާ މުބާރާތެއް އިންތިޒާމު ކުރުމަށެވެ. އެކަމަކު ފުޓްބޯލް ޝްރީ ލަންކާއިން ދައުވަތު ފޮނުވި ބައެއް ގައުމުތަކުން މުބާރާތުގައި ބައިވެރި ވެވެން ނެތްކަން އެންގި އެވެ. އޭރު ވެސް ރާއްޖޭން އޮތީ ދައުވަތު ގަބޫލުކޮށް ލަންކާ އަށް ދަތުރު ކުރާނެކަން އަންގައިފަ އެވެ.

(ފޮޓޯ ކްރެޑިޓްސް: ފުޓްބޯލް ސްރީލަންކާ)
ރާއްޖޭން ދައުވަތަށް އިޖާބަ ދިނުމުން، ލަންކާއިން ނިންމީ ރާއްޖެއާ އެކު ދެ މެޗު ކުޅެ، ދެ މެޗުގެ ނަތީޖާއިން ކުރި ހޯދާ ޓީމަކަށް ތަށި ދިނުމަށެވެ. ދެވަނަ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. މިމޮޅާ އެކު ރާއްޖެ އޮތީ ތައްޓާ ވަރަށް ގާތުގައިކަން ލަންކާގެ ނޫސްވެރިޔާ ފާހަގަކޮށް ސުވާލު ކުރުމުން، މޯހަން ބުނީ މިއަދުގެ މެޗުގެ މަތިން ހަނދާން ނައްތާލަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ދެވަނަ މެޗަށް ދާއިރު ފުރަތަމަ މެޗުގެ ނަތީޖާ ހިމަނަން އޭނާ ބޭނުން ނުވާ ކަމަށެވެ. “މުހިންމީ ކުރިއަށް އޮތް މެޗު،” މޯހަން ބުންޏެވެ. “އަނެއް މެޗަށް ދަންޏާ މި މެޗުގެ ނަތީޖާ އަހަރެމެން ގުނައިގެން ނުވާނެ.” އޭނާ ބުނީ ޓީމުން ސަމާލުކަން ދޭނީ ވެސް އެ މެޗަށް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
