
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ނުއުފުލޭ މިންވަރަށް ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލިފައިވާ ކަމަށް އދގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ އިދާރާ، އެފްއޭއޯއިން ބުނެފިއެވެ. ބައިނަލްއަޤްވާމީ ބާޒާރުގައި އާންމުކޮށް ގަނެވިއްކާ ބައެއް ކާޑުގެ ބާވަތްތަކުގެ އަގަށް އަންނަ ބަދަލުތައް ދިރާސާ ކުރުމަށް ބޭނުންކުރާ އެފްއޭއޯ އިންޑެކްސުން ދެއްކި ގޮތުގައި އެ އިންޑެކްސް ނިމުނު އޮގަސްޓު މަހުގެ ތެރޭގައި ހުރީ 130.1 ޕޮއިންޓުގައެވެ. އެއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 6.9 އިންސައްތަ އިތުރު ޢަދަދެކެވެ. ފާއިތުވި ޖުލައި މަހުގައި ވެސް ޕޮއިންޓުގެ ޢަދަދު ހުރީ ދާދި އެއްވަރެއްގައެވެ. ޖުލައި މަހުގައި އެ ޢަދަދު ހުރީ 130.0 ޕޮއިންޓުގައެވެ. އޮގަސްޓު މަހުގެ ޕޮއިންޓުގެ ޢަދަދަކީ 2023ވަނަ އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން މިހާތަނަށް އެ ޢަދަދު އެންމެ މަތިވި މިންވަރެވެ. ނަމަވެސް އެ ޢަދަދަކީ 2022ވަނަ އަަހަރު، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމުން އަގުތައް އުފުލުނު މިންވަރާ އަޅާ ބަލައިއިރު 18.8 އިންސައްތަ ދަށް ޢަދަދެކެވެ.
ފާއިތުވި އޮގަސްޓު މަހު ތަރުކާރީ ތެލުގެ އަގު ވަނީ މިދިޔަ ތިން އަހަރުގެ ތެރޭގައި އުފުލުނު އެންމެ މަތީ މިންވަރަށް އުފުލިފައެވެ. އެއީ 1.4 އިންސައްތައިގެ އިިތުރުވުމެކެވެ. ބައެއް ބާވަތްތަކުގެ ކައްކާ ތެލުގެ އަގު އުފުލުނީ އިންޑޮނޭޝިޔާއިން އެ ޤައުމުގައި ބޭނުންކުރާ ބަޔޯޑީސެލް ތެލުގެ ތެރެއަށް މި ބާވަތްތަކުގެ ތެޔޮ އެއްކުރުމަށް ލާޒިމު ކުރުމުގެ ސަބަބުންނެވެ. ނަމަވެސް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ގިނަ ޢަދަދަކަަށް ސޯއީ ތެޔޮ އުފައްދާނެ ކަމަށް ބެލެވޭތީ އެ ތެލުގެ އަގު ވަނީ ދަށަށް ގޮސްފައެވެ. ފާއިތުވި ހަތަރު މަސް ދުވަހު ގޮވާމުގެ ބާވަތްތަކުގެ އަގު އުފުލިފައި ނުވާއިރު، އޮގަސްޓު މަހުގައި ވެސް ގޮވާމުގެ ބާވަތްތަކުގެ އަގު އުފުލިފައެއް ނުވެއެވެ. މިދިޔަ ޖުލައި މަހާ އަޅާބަލައިއިރު ގޮވާމުގެ ބާވަތްތަކުގެ އަގު ވަނީ 0.8 އިންސައްތަ ދަށަށް ގޮސްފައެވެ. އެއީ ވިލާތުގެ އިއްތިޙާދާއި ރަޝިޔާގައި މި ބާވަތްތައް ގިނަ ޢަދަކަށް ހައްދައި ކަނޑާފައިވާތީއެވެ. ނަމަވެސް ޒުވާރީގެ އަގު ވަނީ އުފުލިފައެވެ. އެއީ އެމެރިކާގައި އެ ބާވަތަށް އޮންނަ ޑިމާންޑު އިތުރުވުމުގެ ސަބަބުންނެވެ. އޭގެ އިތުރުން ހަނޑުލުގެ އަގުތައް ވެސް ވަނީ ދަށަށް ގޮސްފައެވެ. އެއީ ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ހަނޑުލުގެ އަގު އެންމެ ދަށަށްދިޔަ މިންވަރެވެ. ހަނޑުލުގެ އަގު ދަށަށް ދިޔުމުގެ މައިގަނޑު ސަބަބަކީ އިންޑިޔާގެ ރުޕީގެ އަގު ދަށަށް ދިޔުމާއި އެކްސްޕޯޓަރުންގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރުވުމެވެ.
އެއްގަމު މަހުގެ އަގުތަކުގެ އިންޑެކްސް ވެސް ވަނީ ރެކޯޑު ޢަދަދަކަށް އުފުލިފައެވެ. އެއްގަމު މަހުގެ އިންޑެކްސްއަށް 0.6 އިންސައްތައިގެ ބަދަލެއް އައިސްފައިވާއިރު، އޭގެ މައިގަނޑު ސަބަބަކީ އެމެރިކާއާއި ޗައިނާގައި ގެރިމަހަށް އޮންނަ ޑިމާންޑު އިތުރުވުމެވެ. ޑެއިރީގެ ބާވަތްތަކަށް ބަލައިއިރު ބަޓަރާއި ޗީޒްއާއި ކިރުފަދަ ބާވަތްތަކުގެ އަގު ވަނީ 1.3 އިންސައްތަ ދަށަށް ގޮސްފައެވެ. އެއީ އޭޝިޔާގެ ބާޒާރުތަކުގައި އެ ބާވަތްތަކަށް އޮންނަ ޑިމާންޑު ދަށަށް ދިޔުމުގެ ސަބަބުންނެވެ. ފާއިތުވި ފަސް މަސް ދުވަހު ހަކުރުގެ އަގު ދަށަށް ދިޔުމަށް ފަހު އޮގަސްޓު މަހުގެ ތެރޭގައި ހަކުރުގެ އަގު ވަނީ 0.2 އިންސައްތަ އިތުރުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
