
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައުމުން ޔޫކްރެއިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ގެރެންޓީ ފޯޜުކޮށްދޭނެ ކަމަށް 26 ޤައުމަކުން ބުނެފިއެވެ. ސެޕްޓެމްބަރު މަހުގެ 5ވަނަ ދުވަހު ޔޫކްރެއިނަށް ވާގިވެރިވާ 35 ޤައުމަކުން ވަނީ ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭއްވި ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގެ މަޤްސަދަކީ ހަނގުރާމައަށްފަހު ޔޫކްރެއިންގެ ރައްކާތެރިކަން ކަށަވަރުކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކޮށް އެ ކަމާ ގުޅޭ ނިންމުންތައް ނިންމައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުން އެހީތެރިކަމަށް އެދުމެވެ. އެ ގޮތުން ޔޫކްރެއިނަށް ޤައުމުތަކުން ސިފައިން ފޮނުވައި ބައިނަލްއަޤްވާމީ އަސްކަރީ ފައުޖެއް އެ ޤައުމުގައި ޤާއިމްކުރުމަށް އެ ބައްދަލުވުމުގައި ނިންމާފައިވެއެވެ. އެ ނިންމުމުގެ ދަށުން އެއްގަމާއި ކަނޑާއި ވައިގެ ސިފައިން ޔޫކްރެއިންގައި ޤާއިމް ކުރާނެއެވެ. އެ ފަދަ އަސްކަރީ ފައުޖެއް ޤާއިމްކުރުމުގެ ބޭނުމަކީ ރަޝިޔާއިން ޔޫކްރެއިނަށް އަލުން ޙަމަލާ ދިނުން ހުއްޓުވުމާއި، ޔޫކްރެއިންގެ ނުތަނަސްކަން ކުޑަކޮށްދިނުމެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އަވަސް މުސްތަޤުބަލެއްގައި ނިމުމަކަށް އަންނާނެ ކަމަށް އަދި ނުބެލެވޭއިރު، ޔޫކްރެއިންއަށް ވާގިވެރިވާ ވިލާތުގެ ޤައުމުތަކުން ބުނަމުން ދަނީ ހަނގުރާމަ ނިމުމަކަށް އައުމަށް އަންނަ ދުވަހަކަށް އެ ޤައުމުތަކުން ދުރާލައި ތައްޔާރުވެ އޮންނަން ބޭނުންވާ ކަމަށެެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަރަންސޭސީވިލާތުގެ ރައީސް އެމަނުއަލް މެޚްރޮން ވިދާޅުވީ 2022ވަނަ އަހަރުން ފެށިގެން ރަޝިޔާއާ ޔޫކްރެއިން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އަންނަ ދުވަހު، ޔޫކްރެއިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ނިންމާފައިވާ ނިންމުންތައް ވަގުތުން ތަންފީޒު ކުރާނެ ކަމަށެވެ.
ޔޫކްރެއިނަށް ފޮނުވާ ފައުޖުގައި ބައިވެރި ކުރުމަށް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ސިފައިން ފޮނުވާނެ ކަމަށް ވަނީ ބުނެފައެވެ. އެ ޤައުމުތަކުގެ އިތުރުން ދެން ސިފައިން ފޮނުވާނީ ކޮން ޤައުމުތަކަކުން ކަން މެޚްރޮން ހާމަކުރައްވައިފައެއް ނުވެއެވެ. ބައެއް ޤައުމުތަކުން ހުށަހަޅާފައި ވަނީ ސިފައިން ފޮނުވުމުގެ ބަދަލުގައި އެހެނިހެން ނުސީދާ މަގުމަގުން އެހީތެރިކަން ފޯރުކޮށްދޭށެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ ސިފައިން ތަމްރީންކޮށްދިނުން ހިމެނެއެވެ. ޖަރުމަނުވިލާތާއި އިޓަލީވިލާތާ ދެ ޤައުމުން ވެސް ބުނީ އެ ދެ ޤައުމުން ސިފައިން ފޮނުވުން ބަރޯސާ ވަނީ އެމެރިކާއިން އެ މަޝްރޫޢުގައި ބައިވެރިވާ މިންވަރު ހިމެނޭ ގޮތަށް އެފަދަ އެހެން ޝަރުތުތަކުގެ މައްޗަށް ކަމަށެވެ. އެ ބައްދަލުވުމަށް ފަހު މެޚްރޮން ވަނީ ވިލާތުގެ ޤައުމުތަކުގެ އެހެން އިސްވެރިންނާއި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީއާއެކު ހުންނަވައި ޓްރަމްޕްއާ ގުޅުއްވައި ޔޫކްރެއިންއަށް ރައްކާތެރިކަން ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. މެޚްރޮން ވިދާޅުވީ ޔޫކްރެއިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމެރިކާއިން ފޯރުކޮށްދޭ އެހީތެރިކަން ކުރިއަށް އޮތް ދުވަސްތަކުގައި ނިންމާނެ ކަމަށެވެ.
ޓްރަމްޕްއާ ގުޅުެއްވުމުން އޭނާ ވިދާޅުވީ ވިލާތުގެ ޤައުމުތަކުން ރަޝިޔާއިން ތެޔޮ ގަތުން ހުއްޓައިލަންޖެހޭ ކަމަށާއި، ރަޝިޔާގެ ތެޔޮ ގަތުމަކީ ރޫކްރެއިންއާ ދެކޮޅަށް ކުރާ ހަނގުރާމައަށް ދެވޭ މާލީ އެހީތެރިކަމެއް ކަމަށެވެ. އޭގެ އިތުރުން ރަޝިޔާއަށް ޗައިނާއިން ވާގިވެެރިވަމުންދާތީ، ޗައިނާއާ ދެކޮޅަށް އިޤްތިޞާދީ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. މެޚްރޮން ވިދާޅުވީ ވިލާތުގެ ޤައުމުތަކާއި އެމެރިކާއިން އެ ދާއިރާތަކުން އިތުރަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
