
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ޤަތުލްޢާއްމު ހިންގައި އެ ސަހަރުގެ ރައްޔިތުން ޣައްޒާއިން ގަދަކަމުން ބޭރު ކުރުމަށް ފުރުޞަތު ނުދޭނެ ކަމަށް މިޞްރުން ބުނެފިއެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދޭން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުއެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީން ވަނީ ޣައްޒާގެ 64،000އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 18،430 ކުޑަކުދިން ވެސް ހިމެނެއެވެ. ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ޣައްޒާއަށް ދީފައިވާ ޙަމަލާތަކުގައި ވެސް 54 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއަޅަމުންދާއިރު، ބަނޑުހައިހޫނުކަމުގެ ސަބަބުން ވެސް ޣައްޒާގައި ގިނަ ޢަދަދެއްގެ މީހުން ދަނީ ޝަހީދުވަމުންނެވެ.
ފާއިތުވި ދުވަސްތަކުގައި ޔަހޫދީންގެ ޢަމަލުތަކާ ގުޅޭގޮތުން މިޞްރުން ހަރުކަށި އިބާރާތުން ވާހަކަ ދައްކާ މިންވަރު ވަނީ އިތުރުވެފައެވެ. ފަލަސްޠީނުގެ ރައްޔިތުން ވަޒަން ދޫކޮށް ދިޔުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށް މިޞްރުން ބުނެފައި މި ވަނީ ޣައްޒާ ސިޓީގެ ރައްޔިތުން ގެދޮރު ދޫކޮށް އެހެން ސަރަޙައްދަކަށް ދިޔުމަށް ޔަހޫދީން އިންޒާރު ދެމުންދާ ވަގުތެއްގައެވެ. ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް ވަނީ ޔަހޫދީންގެ އަމުރަށް ކިޔަމަންވާން ދެކޮޅު ހަދައިފައެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން މިޞްރުގެ ޚާރިޖީ ވަޒީރު، ބަދްރު ޢަބްދުލްޢާޠީ ވިދާޅުވީ ޣައްޒާގެ ރައްޔިތުން އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ހުރަސް ނުކުރެވޭނެ ރަތް ރޮނގެއް ކަމަށެވެ. އަދި އެ ކަން އެ ގޮތަށް ހިނގައި ދިޔުމަށް މިޞްރުން ފުރުޞަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަދްރު ޢަބްދުލްޢާޠީ އިތުރަށް ވިދާޅުވީ ޣައްޒާގެ ރައްޔިތުން އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވުމަކީ ފަލަސްޠީނުން ހައްޤު ހޯދުމަށް ކުރާ މަސައްކަތުގެ ނިމުން ކަމަށް ވާނެ ކަމަށާއި ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކުރުމަށް ބާރުދޭ އެއްވެސް ޤާނޫނީ އަދި ސުލޫކީ ހުއްޖަތެެއް ނެތް ކަމަށެވެ. ޔަހޫދީން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރަމުންދާ ކަމަށް މިޞްރުން މިހާރު ކުރަމުންދާ ތުހުމަތުތައް ތަކުރާރު ކުރައްވައި ބަދްރު ޢަބްދުލްޢާޠީ އިތުރަށް ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތަކީ ޚިޔާލަށް ވެސް ނުގެނެވޭ ވަރުގެ ކަންކަން ކަމަށެވެ. ހަޤީޤަތުގައި ވެސް ޔަހޫދީން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރަމުުންދާ ކަަމަށާއި ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށް ޖައްސަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޣައްޒާގައި ޔަހޫދީން ހިންގަމުންދާ އަސްކަރީ ޙަރަކާތް އިތުރަށް ފުޅާކޮށް މުޅި ޣައްޒާ ޔަހޫދީންގެ ބާރުގެ ދަށަށް ގެނެސް އިސްތިޢުމާރު ކުރާނެ މިދިޔަ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ޒަޔަނިސްޓު އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ވަނީ އިޢުލާނު ކޮށްފައެވެ. ޣައްޒާ ސިޓީގެ 40 އިންސައްތަ ޔަހޫދީންގެ ބާރުގެ ދަށުގައި މިހާރު އޮތް ކަމަށް ބެލެވޭއިރު، ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން މުޅި ސަހަރު ވަނީ ސުންނާފަތިވެ ހަނަފަސްވެފައެވެ. ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް ދިރިއުޅެމުންދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
