
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ތަހުޤީޤު ކުރުމަށް އެދުނު އެ ޤައުމުގެ ތިން ޖަމްޢިއްޔާއަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅައިފިއެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެެމެރިކާ މާލީ ވުޒާރާއިން ބުނީ ފަލަސްޠީނުގެ ތިން ޖަމްޢިއްޔާއާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވަނީ ޔަހޫދީންނާ ގުޅޭ ގޮތުން އެ ޖަމްޢިއްޔާތަކުން ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު،އައިސީސީއާ ޙިއްޞާކޮށްފައިވާ މަޢުލޫމާތުގެ ސަބަބުން ކަމަށެވެ. އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ފަލަސްޠީނުގެ ތިން ޖަމްޢިއްޔާ ކަމަށްވާ ޣައްޒާގެ ޕަލަސްޓީނިއަން ސެންޓަރ ފޮރ ހިޔުމަން ރައިޓްސްއާއި އަލް މީޒާން ސެންޓަރ ފޮރ ހިޔުމަން ރައިޓްސްގެ އިތުރުން ރާމަاللهގަ އަލްހައްޤު ޖަމްޢިއްޔާއިން ވަނީ ޔަހޫދީންގެ ޖަރީމާތައް ތަހުޤީޤު ކޮށްދިނުމަށް އައިސީސީގައި އެދިފައެވެ. 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ ތިން ޖަމްޢިއްޔާއިން އެދެފައި ވަނީ ޣައްޒާގައި ޢާންމުން ގިނަ ސަރަޙައްދުތަކަށް ޔަހޫދީންގެ ވައިގެ ޙަމަލާތައް އަމާޒު ކުރުމާއި، އެ ސަހަރު ފުރަބަންދު ކުރުމާއި އެ ސަހަރުގެ ރައްޔިތުން ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ކުރުވުން ތަހުޤީޤު ކޮށްދިނުމަށެވެ.
އޭގެ އަހަރެއް ފަހުން އައިސީސީން ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ކުރީގެ ދިފާޢީ ވަޒީރު، ޔައޯވް ގަލަންތު ހައްޔަރު ކުރުމަށް އަމުރު ނެރެފައެވެ. އެއީ ހަނގުރާމައިގެ ޖަރީމާތައް ހިންގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ތުހުމަތުގައެވެ. އެ އަމުރު ނެރުމާ ގުޅިގެންނާއި މީގެ ކުރިން އެމެރިކާގެ އަސްކަރިއްޔާއިން އަފްޣާނިސްތާނުގައި ހިންގާފައިވާ ޖަރީމާތައް ތަހުޤީޤު ކުރުމަށް އެ ކޯޓުން ނިންމުމުން، އެމެރިކާގެ ސަރުކާރުން ވަނީ އައިސީސީގެ ފަނޑިޔާރުންނާއި އެ ކޯޓުގެ އިސް ޕްރޮސެކިއުޓަރާ ދެކޮޅަށް ވެސް ފިޔަވަޅު އަޅައިފައެވެ. 2002ވަނަ އަހަރު ޤާއިމްކޮށްފައިވާ އައިސީސީގެ މެންބަރު 125 ޤައުމުގައި ހިންގައި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ނަސްލުހޭދު ކުރުން ތަހުޤީޤު ކުރުމުގެ އިޙްތިޞާސް އެ ކޯޓަށް ލިބިގެންވެއެވެ. ނަމަވެސް އެމެރިކާއާއި ޗައިނާއާއި ރަޝިޔާއާއި ޒަޔަނިސްތު އިސްރާއީލު ހިމެނޭ ގޮތަށް ބައެއް ޤައުމުތަކުން އައިސީސީއަށް އެ ބާރު ލިބިގެންވާ ކަމަށް ޤަބޫލެއް ނުކުރެއެވެ.
ފަލަސްޠީނުގެ ޖަމްޢިއްޔާތަކަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާފައި މި ވަނީ ޔަހޫދީން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރަމުންދާ ކަމަށް ނިންމޭ ވަރަށް ޤާނޫނީ ޝަރުތުތައް ފުރިހަމަވާ ކަމަށް ނަސްލުހޭދުކުރުމާބެހޭ ދުނިޔޭގެ އެންމެ ބޮޑު އިލްމުވެރިންގެ ޖަމްޢިއްޔާއިން އިޢުލާނު ކުރިތާ މާ ދުވަހެއް ނުވެއެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދޭން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުއެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީން ވަނީ ޣައްޒާގެ 64،000އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 18،430 ކުޑަކުދިން ވެސް ހިމެނެއެވެ. ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ޣައްޒާއަށް ދީފައިވާ ޙަމަލާތަކުގައި ވެސް 54 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއަޅަމުންދާއިރު، ބަނޑުހައިހޫނުކަމުގެ ސަބަބުން ވެސް ޣައްޒާގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
