
ފީފާ ވޯލްޑްކަޕްގެ ކޮލިފައިންގައި ރޭ އެންޑޯރާ އާއި ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވެއްޖެ އެވެ. ކޮލިފައިންގެ ޔޫރަޕްގެ ގްރޫޕް ކޭ ގައި ކުޅުނު މި މެޗުން އިންގްލެންޑް މޮޅުވުމާއިއެކު އެ ޓީމުން ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދައިފަ އެވެ. އިންގްލެންޑް އިން މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ޖުމްލަ އަށް ގޯލު ޖަހާފައިވާއިރު ބައިކޮޅަށް އަދި ލަނޑެއް ވަދެފައެއް ނުވެއެވެ. އިންގްލެންޑްގެ ވިލާ ޕާކްގައި ތިރީސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 25 ވަނަ މިނިޓުގައި އިންގްލެންޑް އަށް ކުރި ލިބިފައިވަނީ އެންޑޯރާގެ ކްރިސްޓިއަން ގާސިއާ އަތުން ބައިކޮޅަށް ވަދެފައިޥާ ލަނޑުންނެވެ.
މި މެޗުގައި އިންގްލެންޑް އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 67 ވަނަ މިނިޓުގައި ރީސް ޖޭމްސް އަރިމަތިން ނަގައިދިން ހުރަހެއް ޑެކްލަން ރައިސް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ. އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ވަނީ މި މެޗުގައި ނޮޓިންހަމް ފޮރެސްޓްގެ އެލިއޮޓް އެންޑަރސަން އަށް އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދީފަ އެވެ. ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު އިންގްލެންޑް ރަށުން ބޭރުގައި ނިކުންނާނީ ސަރބިޔާ އާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
