
ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގައި ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރި ފުރަތަމަ މެޗު ރާއްޖެއިން ކާމިޔާބުކޮށްފިއެވެ. ލަންކާގެ ރޭސްކޯސް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. ފުރަތަމަ ހާފްގެ 27 ވަނަ މިނިޓްގައި ކޯނަރަކުން ނާއިޒު ހަސަން ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާއިއެކު ރާއްޖޭން ވަނީ ލީޑު ނަގާފައެވެ. އަދި ރާއްޖޭން ދެވަނަ ލަނޑު ޖެހީ މެޗުގެ 34 ވަނަ މިނިޓްގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. މި ލަނޑަކީ ނާއިޒު ހަސަން އޭރިއާތެރެއަށް ވަދެ ގޯލް އެއްކޮށް ހުސްކޮށްލާފައި އިއްބެއަށް ދިން ބޯޅައަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ރާއްޖޭގެ ދެވަނަ ލަނޑު ޖެހުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި މިއަދު މެޗުގައި ފުރަތަމަ އެގާރައިން ޖާގަ ހޯދައިގެން ކުޅެމުންދިޔަ މަޝްހޫރު ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ)އެވެ. އެއީ ޓީމުގެ މެދުތެރެއިން ލަންކާ ކުޅުންތެރިން އަތުން ބޯޅަ ހޯދާފައި ލަންކާ ޑިފެންސްލައިން ފޫއަޅުވާލާ ނާއިޒުއަށް ކުޅެލި ރީތި ބޯޅައަކުން ތަނަވަސްކުރި ލަނޑެކެވެ. މެޗުގެ 91 ވަނަ މިނިޓްގައި އުމުރުން އެންމެ 16 އަހަރުގައި ރާއްޖޭގެ ޤައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި ޒުވާން ފޯވާޑް އިލާން ވަނީ އެސިސްޓެއް ހަދާފައެވެ. ކައުންޓަރގައި ލިބުނު ބޯޅައެއް އިލާން ހިފައިގެން ކުރިއަށް ގޮސް ޖައްސާލީ ހުސްކޮށްހުރި އަލީ ފާސިރު (ސެންޓޭ) އަށެވެ. އިލާން ޖައްސާލި ބޯޅަ އެއްފަހަރުން ކީޕަރުގެ ދުރުކަނަށް ތިރި ތިރިން ފޮނުވާލި ބޯޅައާއެކު ސެންޓޭ ވަނީ ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ތިން ލަނޑުގެ އެޑްވާންޓޭޖާއެކު ސުޕާ ކަޕްގެ ދެވަނަ ލެގަށް ރާއްޖެ ނިކުންނާނީ މިއަންނަ އަންގާރަ ދުވަހުއެވެ. މިމެޗަށް ނިކުތުމުގެ ކުރިން ސްރީލަންކާގެ ކޯޗު ވަނީ ފުރަތަމަ މެޗުގައި ރާއްޖެ ބަލިކޮށް ދެވަނަ މެޗުގެ ކުރިން ސުޕަ ކަޕްގެ ތަށި ޔަގީންކުރާނެކަމަށް ބުނެފައެވެ. އަދި ދިވެހިރާއްޖެ ވަރަށް ރަނގަޅަށް އިނގޭކަމަށާއި ދިވެހި ޓީމުގެ ހުރިހާ ކަމެއް ދަސްކޮށްގެން މެޗާ ކުރިމަތިލި ކަމަށްވެސް ލަންކާގެ ކޯޗު ވަނީ މެޗުގެ ކުރިން ބުނެފައެވެ. މި މެޗުން ރާއްޖެ މޮޅުވިއިރު، މިއީ މުހައްމަދު ޝިޔާޒް (މޯހަން) ޓީމާ ހަވާލުވުމަށްފަހު ރާއްޖެއިން ކުޅުނު ފުރަތަމަ މެޗެވެ. ލަންކާ އާއި ރާއްޖެ ކުޅޭ ދެވަނަ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
