
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް އެއަރޕޯޓް ޓެކުހާއި ފީ، އޭޓީއެފްގެ ގޮތުގައި ދަޢުލަަތަށް 2 ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މާލީ ވުޒާރާއިން ވަނީ ދަޢުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި، ދަޢުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައިގެން، ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް އާންމުކޮށްފައެވެ. ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 2 ބާވަތެއްގެ ޓެކުހެއް ނުވަތަ ފީއެއް ނަގައެވެ. އެއީ ޑިޕާޗަރ ޓެކްސް އާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއެވެ.
ޑިޕާޗަރ ޓެކުހަކީ ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހެކެވެ. ޑިޕަޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 1 ޖަނަވަރީ 2022އިން ފެށިގެންނެވެ. މާލީ ވުޒާރާއިން އާންމުކޮށްފައިވާ “ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް” ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 28ވަނަ ދުވަހުގެ ނިޔަަލަށް ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދަޢުލަތަށް 1.1 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދަޢުލަތަށް ލިބުނު 745 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 52.5 އިންސައްތަ އިތުރު އަދަދެކެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ. މި ޓެކްސް ނަގަން ފަށާފައިވަނީ 1 މެއި 2017 ގައެވެ. މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އޮގަސްޓް މަހުގެ 28ވަނަ ދުވަހުގެ ނިޔަަލަށް އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދަޢުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ދަޢުލަތަށް ލިބިފައިވަނީ 762 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 51.5 އިންސައްތަ އިތުރު އަދަދެކެވެ. މިއާއެކު، މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް އެއަރޕޯޓް ޓެކުހާއި ފީ، އޭޓީއެފްގެ ގޮތުގައި ދަޢުލަަތަށް ލިބުނު އާމްދަނީ މިވަނީ 2.2 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އޭޓީއެފްގެ ގޮތުގައި ދަޢުލަތަށް ލިބުނު 1.5 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު 46 އިންސައްތަ އިތުރު އަދަދެކެވެ.
އޭޓީއެފްގެ ގޮތުގައި ދަޢުލަަތަށް ލިބުނު އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއި ޓެކްސް ނަގާ ރޭޓް ބޮޑުކުރުން ހިމެނެއެވެ.
ޑިޕާޗާ ޓެކްސް މިހާރު ނަގާ ރޭޓް
• އިކޮނޮމީ ކްލާސް: ދިވެހިން 12 ޑޮލަރު
• އިކޮނޮމީ ކްލާސް: ބިދޭސީން 50 ޑޮލަރު
• ބިޒްނަސް ކްލާސް: ދިވެހިން 60 ޑޮލަރު
• ބިޒްނަސް ކްލާސް: ބިދޭސީން 60 ޑޮލަރު
• ފަސްޓް ކްލާސް: ދިވެހިން 90 ޑޮލަރު
• ފަސްޓް ކްލާސް: ބިދޭސީން 90 ޑޮލަރު
• ޕްރައިވެޓް ޖެޓް: ދިވެހިން 120 ޑޮލަރު
• ޕްރައިވެޓް ޖެޓް: ބިދޭސީން 120 ޑޮލަރު
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ މިހާރު ނަގާ ރޭޓް
• އިކޮނޮމީ ކްލާސް: ދިވެހިން 12 ޑޮލަރު
• އިކޮނޮމީ ކްލާސް: ބިދޭސީން 50 ޑޮލަރު
• ބިޒްނަސް ކްލާސް: ދިވެހިން 120 ޑޮލަރު
• ބިޒްނަސް ކްލާސް: ބިދޭސީން 120 ޑޮލަރު
• ފަސްޓް ކްލާސް: ދިވެހިން 240 ޑޮލަރު
• ފަސްޓް ކްލާސް: ބިދޭސީން 240 ޑޮލަރު
• ޕްރައިވެޓް ޖެޓް: ދިވެހިން 480 ޑޮލަރު
• ޕްރައިވެޓް ޖެޓް: ބިދޭސީން 480 ޑޮލަރު
ޑިޕާޗާ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެއެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން “ޑައިރެކްޓް ޓްރާންސިޓް” ފަސިންޖަރުން ހިމެނެއެވެ. ޑިޕާޗާ ޓެކުހާޢި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާ ރޭޓަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ ޑިސެމްބަރު ފުރަތަމަ ދުވަހުން ފެށިގެންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
