
ދައުލަތުގެ ފެން ކުންފުނި އެމްޑަބްލިޔުއެސްސީއަށް ބޭނުންވާ ޑޮލަރު، ޓޫރިޒަމް ސިނާއަތުން ހޯދޭނެ ގޮތްތައް ބަލަމުން އެބަ އާދެއެވެ. އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ، ތެޔޮ ގަތުން ފަދަ ކަންކަމަށް އަހަރަކު 25 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. ރާއްޖޭގައި ޑޮލަރު ލިބުމުގައި ދިމާވެފައިވާ ދަތިކަމުގެ ސަބަބުން ޑޮލަރު ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، ކުންފުނީގެ ހަރަދު އިތުރުވަމުންދާއިރު، ހިދުމަތްތަކުން ނަގާ އަގު ބޮޑުކޮށްގެން އެ ބައި ނުހޯދޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ކުންފުނީގެ ބޯޑުން މަޝްވަރާކޮށް، ޑޮލަރުން އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. އެގޮތުން، ޓޫރިޒަމް ފެސިލިޓީތައް ފަދަ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން، ފެން އަދި ނަރުދަމާގެ ހިދުމަތްތަކަށް ޑޮލަރުން ފައިސާ ދައްކާނެ ގޮތެއް ހެދޭނެތޯ ދިރާސާ ކުރަމުން އެބަދެއެވެ.
އަދި މީގެ އިތުރުން، އެމްޓީޑީސީން ހުޅުވަން ތައްޔާރުވަމުން އަންނަ ހދ. ނާގޯށީގެ ޓޫރިޒަމް މަޝްރޫއުގައި އެމްޑަބްލިޔުއެސްސީގެ ފެނާއި ނަރުދަމާ އެޅުމުގެ ފަންނީ ގާބިލުކަން ބޭނުންކޮށްގެން ޑޮލަރުން އާމްދަނީ ހޯދޭނެ ގޮތްތަކާމެދު ވެސް މަޝްވަރާ ކުރެވެމުން އެބަދެއެވެ. މި މަސައްކަތްތަކުގެ އެދެވޭ ނަތީޖާއެއް ކައިރި މުސްތަގުބަލެއްގައި ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
