
(ފޮޓޯ ކްރެޑިޓްސް: އަހްމަދިއްޔާ ސްކޫލް)
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ ތައުލީމީ ދަނޑުގައި ވަޅުލެވުނު ކުޑަކުޑަ އޮށަކުން ހެދި ބޮޑުވެ، އޭގެ ފޮނި މޭވާތައް ގައުމަށް ލިބެމުންދާ އިލްމީ ގަހެއް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ. މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި އަހްމަދިއްޔާއިން މަތީ ވަނަތައް ހޯދި ދަރިވަރުންގެ އަގުވަޒަންކޮށް އިނާމު ދިނުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ވިދާޅުވީ އެ ސްކޫލު އުފެދި މިއަދާ ހަމައަށް ދެމި އޮތުމުގައި ވެސް އެތައް ފިލާވަޅުތަކެއް އެކުލެވޭ ކަމަށެވެ.
ސާޖިދާ ވިދާޅުވި ގޮތުގައި އެ ސްކޫލަކީ މައްޗަންގޮޅިއަށް ނިސްބަތްވާ ގިނަ ބަޔަކު އަމިއްލައަށް އިންދި ތައުލީމީ ގަހެކެވެ. އެކަމުން ދައްކުވައިދެނީ ޖަމާއަތުގެ ގުޅުމާއި ބެލެނިވެރިންގެ ހިތްތަކުގައި އެކަކު އަނެކަކަށް އޮތް ހެޔޮއެދުމުގެ ރޫހުކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ. އަވަށު ސްކޫލެއްގެ ގޮތުގައި އަހުމަދިއްޔާ ހުޅުވީ ފެބްރުއަރީ 21، 1982 ގަ އެވެ. އެންމެ 200 ކުދިންނާ އެކު ސްކޫލުގައި ކިޔަވައިދޭން ފެށިޔަސް މިއަދު އެ ސްކޫލުގައި 2،700 އަށް ވުރެ ގިނަ ކުދިން ތައުލީމު ހާސިލުކުރެ އެވެ.

(ފޮޓޯ ކްރެޑިޓްސް: އަހްމަދިއްޔާ ސްކޫލް)
ސާޖިދާ ވިދާޅުވީ ފަހުރުވެރި އެތައް ވަނައެއް ގައުމީ ފެންވަރުގައި އެ ސްކޫލުގެ ދަރިވަރުން ހޯދަމުން އަންނަ ކަމަށާއި އަހުލާގު ރަނގަޅު ޒިންމާދާރު އެތައް ދަރިންނެއް ބިނާކުރަމުން އަންނަ ކަމަށެވެ. “އެހެންވީމާ އަަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ ދިވެހި ތައުލީމީ ދަނޑުގައި ވަޅުލެވުނު ކުޑަކުޑަ އޮށަކުން މިއަދު ހެދި ބޮޑުވެ އޭގެ ފޮނި މޭވާ ފައްކާވެ ދިވެހި ގައުމަށް ލިބެމުންދާ އިލްމީ ގަހެއް،” ސާޖިދާ ވިދާޅުވި އެވެ. ސާޖިދާ ވިދާޅުވި ގޮތުގައި އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަން ލިބިވަޑައިގަތުމަކީ އުފާވެރި ވަގުތުކޮޅަކަށް ވަނީ އެއީ އެކަމަނާގެ ތައުލީމީ ހަޔާތް ފެށިގެން ދިޔަ ސްކޫލަށްވާތީ އެވެ. ޝުކުރުވެރިކަމާ އެކު އެ ހަނދާންތައް އާކުރައްވައި ސާޖިދާ ވަނީ އެ ފުރުސަތު ދެއްވުމުން ޝުކުރު އަދާކުރައްވައިފަ އެވެ.
އެހެންވީމާ އަަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ ދިވެހި ތައުލީމީ ދަނޑުގައި ވަޅުލެވުނު ކުޑަކުޑަ އޮށަކުން މިއަދު ހެދި ބޮޑުވެ އޭގެ ފޮނި މޭވާ ފައްކާވެ ދިވެހި ގައުމަށް ލިބެމުންދާ އިލްމީ ގަހެއް: ފަސްޓް ލޭޑީ ސާޖިދާ
ސާޖިދާ ވިދާޅުވީ އުނގެނުމުގެ ދަތުރަކީ ނިމުމެއް ނެތް ދަތުރެއްކަން، ދުރަށްދާ ވަރަކަށް ދަރިވަރުންނަށް އެނގޭނެ ކަމަށެވެ. އިލްމުގެ ކަނޑު ވަރަށް ފުން ކަމަށާއި އެ ކަނޑުން މުތް ހޯދުމަށް ހުރިހާ ކުދިން ވެސް މަސައްކަތްކުރަންވާނެ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

(ފޮޓޯ ކްރެޑިޓްސް: އަހްމަދިއްޔާ ސްކޫލް)
ފަސްޓްލޭޑީ ވިދާޅުވީ ކޮންމެ ކުއްޖަކީ ވެސް އަމިއްލަ ނަފްސަަށް ތެދުވެރި ކުއްޖަކަށް ވުން މުހިއްމު ކަމަށާއި އިސްލާމް ދީނަށް ކަމޭހިތުމާއި ގައުމަށް ވަފާތެރިވުން މުހިއްމު ކަމަށެެވެ. އަހުލާގު ރަނގަޅު ހީވާގި އަދި ރާއްޖެ އާއި ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމު ދިވެއްސަކަށްވުން މުހިއްމުކަން ފާހަގަކުރައްވައި ފަސްޓްލޭޑީ ވިދާޅުވީ އެ ކަންކަމަށް ފަރުވާތެރިވެއްޖެ ނަމަ ދެ ދުނިޔެ ބާއްޖަވެރިވާނެ ކަމަށެވެ. އެ ކަންކަމަށް ސަމާލުކަން ދެވިއްޖެ ނަމަ، މިނިވަން ބައެއްގެ ގޮތުގައި އިއްޒަތްރި ދިރިއުޅުމެއް އުޅެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. ފަސްޓް ލޭޑީ ވިދާޅުވީ ރަނގަޅު ގޮތުގައި އިލްމު ލިބިއްޖެ ނަމަ، މައިންބަފައިންނަށް ކަމޭ ހިތުމާއި ދުވަސްވީ މީހުންނަށް ގަދަކުރާނެ ކަމަށެވެ. އަދި ކުޑަކުދިންނަށް ވެސް އޯގާތެރިވެ، މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ވެސް މަސައްކަތްކުރާނެ ކަމަށެވެ.
އެހެންވެ، ކޮންމެ ކުއްޖަކީ ވެސް ދިވެހިވަންތަ އިސްލާމީ ސިފަތަކުން ސިފަ ލިބިފައިވާ ކުއްޖަކަށް ވުމަށް ފަސްޓްލޭޑީ ނަސޭހަތްތެރިވެވަޑައިގަތެވެ. އެކަން ހާސިލުކުރެވޭނީ ގޭތެރެގޭ މާހައުލުންނާއި ވެށިން ކަމަށްވާތީ ބެލެނިވެރިންނާއި ޓީޗަރުން ވެސް ދަރިވަރުންނަށް ނަމޫނާ ދެއްކެވުމަށް އެދިވަޑައިގަތެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
