
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަަކަށް މިހާރު ދޭ ބަޖެޓް ދެ ގުނަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވީ އަންނަ އަހަަރަށް ލަފާކުރާ ބަޖެޓް ފާސްކުރުމުގެ ކުރިން އަންހެނުންގެ ކޮމިޓީއާ ގުޅޭ މުހިއްމު ދެ ބަދަލެއް ގެންނަވާނެ ކަމަށެވެ. އެގޮތުން ގެންނަން ނިންމެވި އެއް ބަދަލަކީ ރައީސް ވިދާޅުވި ގޮތުގައި، ކައުންސިލްތަކަށް ދޭ ބަޖެޓުގެ ފަސް ޕަސެންޓް އަންހެނުންގެ ކޮމިޓީއަށް ދޭންޖެހޭ ގޮތަށް އޮތްއޮތުން ބަދަލުކޮށް 10 ޕަސެންޓަށް ބޮޑުކުރުމެވެ. ދެވަނަ ބަދަލަކީ އަންހެނުންގެ ކޮމިޓީތަކަށް މިހާރުދޭ ބަޖެޓްގެ ތެރެއިން ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުން އެ އިނާޔަތް ދޭ ގޮތަށް ހަމަޖެއްސުމެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރި ކުރުމުގެ ބޭނުމުގައި، އެ ކޮމިޓީތަކަށް ދެމުން އައި އެލަވަންސްގެ ބަދަލުގައި ރަސްމީ މުސާރައެއް ލިބޭނެ ގޮތަށް ހަމަޖައްސައި، ރޯދަމަހުގެ އިނާޔަތް ދޭން ވެސް ސަރުކާރުން ވަނީ ގާނޫނަށް މި އަހަރުގެ ފެބްރުއަރީ މަހު އިސްލާހު ގެނެސް އެ އަށް އަމަލު ކުރަން ފަށައިފަ އެވެ. އެހެންވެ، މިދިޔަ ރޯދަ މަހުން ފެށިގެން އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ކޮންމެ މެމްބަރަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ސަރުކާރުން 3،000ރ. ވަނީ ދޭން ފަށައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
