
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓްސެލް ކުޅުންތެރިންނަށް ފަހިފުރުސަތު ހޯދައިދޭން އެފްއޭއެމްގެ ދައުރު ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤު ވިދާޅުވެއްޖެއެވެ. ޠާރިޤު ވިދާޅުވީ މި ބަދަލު ގެންނަން އެންމެ ބޮޑަށް ބޭނުންވަނީ ފުޓްސެލް ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ގިނަ ފުރުސަތުތަކެއް ގެއްލިގެންދާތީ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުބާރާތްތައް ހިންގާއިރު އެފްއޭއެމްގެ ބެލެނިވެރިކަމުގެ ބޭރުން މުބާރާތްތައް ހިންގުމުން ގައުމީ ޓީމު އެކުލަވާލުން ފަދަ ކަންކަމަށް ދަތިތަކެއް ދިމާވާނެ ކަމަށާއި އޭގެ ސަބަބުން ހުނަރުވެރި މޮޅެތި ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފުރުސަތުތައް ގެއްލިގެންދާ ކަމަށެވެ. މި މަސަލަތައް ހައްލުކޮށް އެފްއޭއެމްގެ ނިޒާމުގެ ތެރެއަށް ފުޓްސެލް ވެއްދުމައްޓަކައި އެ ކުޅިވަރަށް ހާއްސަ ކޮމެޓީއެއް އެކުލަވާލެވި މަސައްކަތް ކުރައަށްދާކަމަށް ޠާރިޤު ވިދާޅުވިއެވެ.
ފުޓްސެލް ކުރިއްގެންދެވޭނެ ގޮތަކާމެދު ޕްލޭނެއް އެކުލަވާލުމަށް މިހާރު އެޑްހޮކް ކޮމެޓީއެއް އެކުލަވާލާ މަސައްކަތް ކުރިއަށްދާ ކަމަށް ޠާރިޤު ވިދާޅުވިއެވެ. “މިހާރު މުބާރާތްތައް ބާއްވާ ފަރާތްތަކާ އެކު ވާހަދައްކައިގެން އެފްއޭއެމް އެފިލިއޭޓްވާ މުބާރާތްތަކަށް އެ މުބާރާތްތައް ހަދާނީތޯ ނޫނީ، އެފްއޭއެމް އަލުން މުބާރާތްތައް ބާއްވާނީތޯ، އަދި މީގަވާގޮތަކީ އަޅުގަނޑުމެންގެ ސިސްޓަމުން މުބާރާތްތައް ބޭއްވީމަ ވާގޮތަކީ ސާފް ނުނީ އޭއެފްސީ މުބާރާތްތަކަށް އަޅުގަނޑުމެންނަށް ނޯވޭ ރާއްޖޭގެ ޗެމްޕިއަންއޭ ކަނޑައަޅާފަ މުބާރާތްތަކަށް ފޮނުވެން.” ޠާރިޤު ވިދާޅުވިއެވެ. ޠާރިޤު ވިދާޅުވީ ރަސްމީ ފުޓްބޯޅައިގެ ހަރަކާތްތަކަށާއި ގައުމީ ޓީމުގެ ކަންކަން ހަމަޖެއްސުމަށް ހުރިހާ ވަގުތެއް ހުސްކުރުމުން ފުޓްސެލް އަދި ބީޗް ސޮކަރަ ފަދަ ކުޅިވަރުތަކަށް މީގެ ކުރިން އަޅާނުލެވި ދިޔަކަމަށެވެ. ފުޓްސެލް އަކީ ރާއްޖޭގެ ދިގުމުއްދަތަކަށް ކުޅުމުން އަންނަ މަގުބޫލު ކުޅިވަރެއް ކަން ޠާރިޤު ވިދާޅުވިއެވެ.
“ދެން އެފްއޭއެމް އަޅުގަނޑުމެން ސީދާ އަދި މުބާރާތެއް ލާފައެއް ނުވާނެ، އެކަމަކު ބީޗް ސޮކަރަ އަލަށް ފަށައިގަންނަ އެބަ މަސައްކަތް ކުރަން، އަލަށް ބަޔަކު މީހުންނަށް ދަސްކޮށްދިނުމާއި، ކޯޗުން ތަމްރީން ކުރުމާއި މި ކަހަލަ ޕްރޮގްރާމްތަކެއް ފުރަތަމަ ކޮޅު ހުންނާނީ.” ޠާރިޤު ވިދާޅުވިއެވެ. ރަސްމީ ފުޓްބޯޅައިގެ އިތުރުން ފުޓްސެލް އާއި ބީޗް ސޮކަރ އަކީ ފީފާ އާއި އޭއެފްސީގެ ބެލުމުގެ ދަށުން އެފްއޭއެމުން ކުރިއަށްގެންދާ ދެ ކުޅިވަރުކަން ޠާރިޤު ވަނީ ފާހަގަކޮއްފައެވެ.
މިހާރުން މިހާރަށް ގެނެވެން ހުރި ހައްލުތައް ބަލައި މަސައްކަތް ފަށައިފިކަމަށާއި އެގޮތުން ކުލަބުތަކުން ފަރިތަރކުރުންތައް ކުރިއަށްގެންދާ ޓާފް ދަނޑުގެ މަރާމާތުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ޠާރިޤު ވިދާޅުވިއެވެ. “މުބާރާތައް އެފްއޭއެމް އިން ރެފްރީން ހަމަޖެއްސުމާއި، ދެން އަދި މިނޫނަސް އެފްއޭއެމް އިން ކުރަންޖެހޭ ކަންކަން ކުރަމުން މިދަނީ، އަދި މުބާރާތްތަކެއް އިއުލާން ކުރާއިރު ސްޕޮންސަރުން ހޯދުމާއި އެ މަސައްކަތްތައް އަޅުގަނޑުމެން އެބަކުރަން.” ޠާރިޤު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
