
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދަރަނި ދެއްކުމަށް 3.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވަނީ 2025ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ދަރަނީގެ ބުލެޓިން ޝާއިޢުކޮށްފައެވެ. މި ބުލެޓިނުން ދައްކައިދެނީ ދަރަނި މެނޭޖްކުރުމުގައި ކުރިއެރުން ލިބެމުންދާކަމާއި ދިވެހިރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލު ހަމަ މަގެއްގައި އޮތްކަމެވެ. 2025ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ނިޔަލަށް، ޕަބްލިކް އަދި ޕަބްލިކްލީ ގެރެންޓީޑް (ޕީޕީޖީ) ޑެޓް ނުވަތަ ޖުމްލަ ދަރަނި ހުރީ 148.9 ބިލިޔަން ރުފިޔާގައެވެ. މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މިންގަނޑު ނުވަތަ ޖީޑީޕީގެ 124 އިންސައްތައެވެ. މި ނަތީޖާއިން ދައްކުވައިދެނީ އިޤްތިޞާދީ ކުރިއެރުން ދެމެހެއްޓުމަށާއި މުހިންމު ތަރައްޤީގެ އިސްކަންދޭ ކަންކަން ކުރިއަށް ގެންދިއުމަށް ފައިނޭންސިންގ ހޯދުމުގެ ޤާބިލުކަން ސަރުކާރަށް ލިބިފައިވާކަމެވެ.
މި މުއްދަތުގެ ތެރޭގައި، މުހިންމު ދާއިރާތަކުގައި ކުރިއަށްދާ މަޝްރޫޢުތަކަށް އެހީތެރިވުމުގެ ގޮތުން 2.6 ބިލިޔަން ރުފިޔާ ދޫކުރެވިފައިވެއެވެ. އަދި ދަރަނި ދެއްކުމަށް 3.4 ބިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ. މި އަދަދުތަކުން ދައްކުވައިދެނީ އަދާކުރަން ޖެހޭ ދަރަނި ޤަވާއިދުން ދެއްކުމަށާއި ތަރައްޤީއާއި ފައިނޭންސިންގ ޕާޓްނަރުންގެ އިތުބާރު ދެމެހެއްޓުމަށް ސަރުކާރުކާރުން ދޭ އަހައްމިއްޔަތުކަމެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މީގެ އިތުރުން، ބުލެޓިނުން ދައްކައިދެނީ އެތެރޭގެ އަދި ބޭރުގެ ވަސީލަތްތަކުން ނަގާފައިވާ ދަރަނި ރަނގަޅަށް ބެހިފައިވާކަމެވެ. ބަޖެޓަރީ ސެންޓްރަލް ގަވަރންމަންޓް (ބީސީޖީ)ގެ ދަށުން އެތެރޭގެ ފައިނޭންސިންގގެ ގޮތުގައި 85.4 ބިލިޔަން ރުފިޔާ ނަގާފައިވާއިރު، ބޭރުގެ ފައިނޭންސިންގގެ ގޮތުގައި 42.4 ބިލިޔަން ރުފިޔާ ނަގާފައިވެއެވެ. ހަމަ ހަމަ މި ސަޔާސަތުގެ ސަބަބުން މާލީ ރައްކާތެރިކަން ހަރުދަނާވެ، ކުރިމަގުގެ އިންވެސްޓްމަންޓްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ލިބޭނެކަން ކަށަވަރުކޮށްދެއެވެ. ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ދަރަނިތަކާއެކު، ބޭރުގެ އެކި ފަރާތްތަކަށް ރާއްޖެއިން ދައްކަންޖެހޭ ޖުމްލަ 42 ބިލިޔަން ރުފިޔާގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އިންޑިއާގެ އެގްޒިމް ބޭންކަށެވެ. މިގޮތުން، އިންޑިއާގެ އެގްޒިމް ބޭންކަށް، މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ދައްކަންޖެހޭ ފައިސާގެ އަދަދު 9.2 ބިލިޔަން ރުފިޔާއަށް އަރައެވެ.
ދެވަނައަށް އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ ބޭރުގެ ފަރާތްތަކަށް ވިއްކާފައިވާ ދިވެހި ދައުލަތުގެ ބޮންޑުތަކަށެވެ. މިގޮތުން، ބޮންޑު ގަނެފައިވާ ބޭރުގެ އެކި ފަރާތްތަކަށް 7.7 ބިލިޔަން ރުފިޔާ ނުދައްކާ އޮތްކަމަށް ހިސާބުތަކުން ދައްކައެވެ. އަދި ތިންވަނައިގައި އޮތް ޗައިނާގެ އެގްޒިމް ބޭންކަށް ދައްކަންޖެހޭ އަދަދު، ދެވަނަ ކުއާޓަރުގެ ނިޔަލަށް 7.3 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. ދަޢުލަތުން ގެރެންޓީ ދީފައިވާ ދަރަނި 21.1 ބިލިޔަން ރުފިޔާގައި ހިފެހެއްޓިފައިވެއެވެ. މިއީ ޖީޑީޕީގެ 17.6 އިންސައްތައެވެ. މިއިން ދައްކުވައިދެނީ ސަރުކާރުގެ ކުންފުނިތަކަށް ދީފައިވާ ގެރެންޓީތައް ސަރުކާރުން ވިސްނުންތެރިކަމާއެކު ބަލަހައްޓަމުންދާކަމެވެ.
އަދި މީގެ އިތުރުން، ޤައުމުގެ އިޤްތިޞާދު ދަނީ ހަރުދަނާ މަގެއްގައި ކުރިއަށެވެ. 2025ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ޖީޑީޕީ އަލުން މުރާޖަޢާކުރެވި 120.1 ބިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. ބޭނުންކުރެވޭ އެކްސްޗޭންޖް ރޭޓްވެސް 15.42 ގައި ދެމެހެއްޓިފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
