
(ފޮޓޯ ކްރެޑިޓްސް: އެސްޓީއޯ)
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓަލް މަޝްރޫޢު، ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އެޗްޑީސީ އާ ހަވާލުކޮށްފިއެވެ. އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓާ މަޝްރޫޢު، އެޗްޑީސީއާ ހަވާލުކުރުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެސްޓީއޯއިން ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުން، މި ހޮޓަލް މަޝްރޫޢު އެޗްޑީސީއަށް ހަވާލުކުރުމަށް އެއްބަސްވެފައިވަނީ 20 މިލިޔަން ޔޫއެސް ޑޮލަރަށް އަގުކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިމަކަށް ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އެސްޓީއޯއިން ވިދާޅުވީ، މި މުޢާމަލާތާއި ގުޅިގެން ކުންފުނީގެ ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލު، 2025ވަނަ އަހަރުގެ އެސްޓީއޯގެ މާލީ ބަޔާންތަކުގައި ހިމަނާނެކަމަށެވެ. އަދި މި އިޢުލާނު ކޮށްފައިވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޮންޓިނުއިން ޑިސްކްލޯޝަރ އޮބްލިގޭޝަންސް އޮފް އިޝުއަރޒްގެ ސީޑީއޯއައި ރެގިއުލޭޝަންގެ ދަށުންކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ފެށި އިމާރާތުގައި ފަސްތަރީގެ ހޮޓަލެއް ތަރައްޤީކުރުމަށް މިހާރު ސަރުކާރުން ވަނީ ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފައެވެ. ޤައުމު ތަރައްޤީކުރުމުގެ އައު އިސްތިރާޖީ ތަޞައްވުރުގެ ބައެއްގެ ގޮތުން، “މަންހަޓަން ގްރޭންޑު”ގެ ނަމުގައި މި ހޮޓާ އަލުން ތަރައްޤީކުރާއިރު މިތަނުގެ 3 ފަންގިފިލާ އަދި އިތުރު ފަންްގިފިލާއެއްގެ ބައެއް ޚާއްޞަ ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށްވެ ވަޑައިގެންފައިވާ މުހިންމު 4 ވަޢުދެއް ފުއްދާ ދިނުމަށެވެ. އެގޮތުން ޔޫތު ސެންޓަރަކާއެކު މީޑިޔާ ވިލެޖާއި، މެޑިކަލް ކޮލެޖާއި، ތަރިކަ ކޮލެޖެއް މިތަނުގައި ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސަރުކާރުގެ ބޭނުމަށް ޚާއްސަކުރެވިފައިވާ ތަންތަން 5 މަސްދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރަށް ޚާއްސަކުރެވިފައިވާ ތަންތަނުގެ އިތުރުން މި ހޮޓަލްގައި 158 ކޮޓަރިއާއި، ބެންކުއެޓް ހޯލަކާއި، މަލްޓި ޕާރޕަސް ހޯލަކާއި، ކޮންފަރެންސް ހޯލްތަކާއި، ސްވިމިންގ ޕޫލާއި، ބައިނަލްއަގްވާމީ ފުޑް އެންޑް ބެވަރޭޖްގެ 4 ބްރޭންޑާއި، ޖިމާއި ސްޕާގެ ޚިދުމަތް ގާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. ޖުމްލަ 12 މަސް ދުވަހުގެ ތެރޭގައި ހޮޓާ ފުރިހަމަކޮށް ޚިދުމަތަށް ގެންނަނަށް އަމާޒު ހިފާފައިވާއިރު މި ހޮޓާ ވާނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓްގެ އައު ޓާރމިނަލާ ގުޅާލެވޭ ބޭނުންތެރި މުހިންމުސިޓީ ހޮޓަލަކަށެވެ. އެގޮތުން މިހޮޓެލް ހުޅުވާއިރު 12 އެއަރލައިނެއް މި ހޮޓަލާއެކު އެގްރިމަންޓް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
