
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް)
މިދިޔަ އޮގަސްޓް މަހު ޓްރާންސްޝިޕްމަންޓްގެ ގޮތުގައި 1900 ޓަނަށްވުރެ ގިނަ މުދާ އުފުލާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ވިދާޅުވެއްޖެއެވެ. ޓްރާންސްޝިޕްމަންޓް މުދަލަކީ މުދަލެއް އެހެން ޤައުމަކަށް ގެންދިއުމުގެ މަގުމަތީގައި ރާއްޖެއަށް ގެނެސް، އެ ޤައުމަށް ފޮނުވުމަށްޓަކައި ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ޓްރާންސްޝިޕްމަންޓުގެ ގޮތުގައި ބަހައްޓާ މުދަލެވެ. ރާއްޖޭގައި ޓްރާންސްޝިޕްމެންޓްގެ ޚިދުމަތް އެއަރ-ޓު-އެއަރ އަދި ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތުގެ ދަށުން ފޯރުކޮށްދެއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލުން ވިދާޅުވީ، އޮގަސްޓް މަހު ޓްރާންސްޝިޕްމަންޓްގެ ގޮތުގައި މުޅި ޖުމްލަ 1،934 ޓަނުގެ ކާގޯ އުފުލާފައިވާކަމަށެވެ. އަދި މިއީ މިއަހަރުގެ މިހާތަނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޓްރާންސްޝިޕްމަންޓްގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ކާގޯ އުފުލި މަސްކަމަށް އެކުންފުނިން ވިދާޅުވެއެވެ.
Reaching new heights in cargo! 📈📦
August wrapped up with a record breaking 1,934 tonnes of transshipment, our highest ever. A big thank you to all our partners for making this achievement possible 👏🏼 pic.twitter.com/6ZXTFQrCJQ— Velana Airport (@VelanaAirport) September 4, 2025
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަހު ޓްރާންސްޝިޕްމެންޓްގެ ގޮތުގައި 6،879 ޓަނުގެ ކާގޯ ވަނީ އުފުލާފައެވެ. މީގެ ތެރޭގައި ހިމެނެނީ އެއަރ-ޓު-އެއަރގެ ގޮތުގައި އުފުލި 5،621 ޓަނުގެ ކާގޯ އަދި ސީ-ޓު-އެއަރގެ ގޮތުގައި އުފުލި 1،258 ޓަނުގެ ކާގޯއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާގޯ ޚިދުމަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރެކެވެ. މި ތަޞައްވުރު ހާސިލްކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން މިހާރު ޝެޑިއުލްކޮށްގެން މުދާ އުފުލާ އެއަރލައިންތަކާއެކު މަސައްކަތްކޮށް، ދަތުރުތަކުގެ އަދަދު އިތުރުކުރުމާއި އިތުރު ރޫޓުތައް ތަޢާރަފުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
ހަމަމިއާއެކު، ކާގޯގެ ޚިދުމަތް އަލަށް ފެށުމަށް ބޭނުންވާ އެއަރލައިންތަކާއެކު މަސައްކަތްކުރުމުގެ އިތުރުން، އަލަށް ފަށާ ރޫޓުތައް ކުރިއެރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މުދާ އުފުލޭނެ ގޮތްތައް އިތުރުކުރުމަށްވެސް އެމްއޭސީއެލުން ދަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން، ކަނޑުމަގުންނާއި ވައިގެމަގުން މުދާ އުފުލުމުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، މުދާ އުފުލާ އެއަރލައިންތަކަށް އަވަސް ޚިދުމަތެއް ދިނުމަށާއި، އެއް ބާވަތުގެ އުޅަނދުން އަނެއް ބާވަތުގެ އުޅަނދަށް ފަސޭހައިން މުދާ ބަދަލުކުރެވޭނެ ގޮތް ހެދުމަށާއި، އަދި އިތުބާރުހުރި ޚިދުމަތެއް ދިނުމަށްޓަކައި، އިންފްރާސްޓްރަކްޗަރާއި މުދާ ގެންގުޅުމުގެ ވަސީލަތްތައް ރަނގަޅުކުރުމަށްވެސް އެމްއޭސީއެލުން ދަނީ މަސައްކަތްކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
