
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަލަށް ބައްލަވައިގެންނެވި ގެކޮޅަކަށް ދައްކަވަންޖެހޭ ޓެކްސް ދެއްކެވި ޢަދަދު ގޯސްވެގެން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު، އެންޖެލާ ރޭނަރ ހޫނުފެނަށް ވެއްޓިވަޑައިގަންނަވައި މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ. މިއީ ބޮޑުވަޒީރު ކީރް ސްޓާމަރގެ ސަރުކާރުން މިހާތަަނަށް ވަކިވެވަޑައިގަންނަވާފައިވާ އެންމެ އިސް ބޭފުޅާއެވެ. ސަރުކާރުގެ ވަޒީރުން، ވަޒީރުން ޢަމަލުކުރަންޖެހޭ ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރައްވައިތޯ ބަލައި މިނިވަން މުޝީރަކު ވަނީ ވަޒީރުން ޢަމަލުކުރަން ޖެހޭ ޤަވާއިދާ އެއްގޮތަށް ރޭނަރ ޢަމަލު ކުރައްވާފައި ނުވާ ކަމަށް ފާހަގަކޮށްފައެވެ. ޓެކްސް ދެއްކުމާ ގުޅޭގޮތުން ޤާނޫނީ ލަފާ ހޯއްދަވާފައިވާ ނަމަވެސް ޓެކްސްއާ ގުޅޭ ތަޖުރިބާކާރެއްގެ ލަފާ ހޯއްދަވާފައި ނުވާ ކަމަށް މުޝީރު ވަނީ ވިދާޅުވެފައެވެ. އޭނާ ހުންނެވި މަޤާމުގެ ގޮތުންނާއި އުފުއްލަވައި ޒިންމާތަކުގެ ސަބަބުން އެ ފަދަ ތަޖުރިބާކާރެއްގެ ލަފާ އެ ޙާލަތުގައި ހޯދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
މަޤާމުން އިސްތިޢުފާ ދެއްވައި ފޮނުއްވި ސިޓީގައި ރޭނަރ ވިދާޅުވީ ޓެކްސްއާބެހޭ ތަޖުރިބާކަރެއްގެ ލަފާ ނުހޯއްދެވުމަކީ އޭނާއަށް ހެއްދެވުނު ގޯހެއް ކަމަށާއި އެ ކަމާ ހިތާމަ ކުރައްވައި ކަމަށެވެ. އެ ކަމުގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ބޮޑުވަޒީރު ސްޓާމަރ ވިދާޅުވީ ސަރުކާރުން ރޭނަރ ވަކިވެވަޑައިގަތުމަކީ ސަރުކާރަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ. ނަމަވެސް ރޭނަަރ ނިންމަވާފައިވާ އުނދަގޫ ނިންމެވުން ޤަބޫލުކުރައްވައި ކަމަށާއި އެއީ މި ޙާލަތުގައި ރޭނަރއަށް އެޅުއްވޭނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށް ވެސް ސްޓާމަރ އެއްބަސްވެވަޑައިގަތެވެ. ރޭނަރއަކީ އިތުބާރު ކުރެވޭ ބައިވެރިއެއް އަދި ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި ސްޓާމަރ ސިފަކުރެއްވިއެވެ. ސަރުކާރުގައި މުހިންމު ދައުރެއް ޢަދާ ކުރައްވަމުން ދިޔަ ރޭނަރ ސަރުކާރާ އަލްވަދާޢު ކިޔުއްވި ނަމަވެސް އޭނާއަކީ ވެރިކަންކުރާ ޕާޓީގެ މުހިންމު މެންބަރެއް ކަމަށް ސްޓާމަރ ވިދާޅުވިއެވެ.
ރޭނަރއަކީ ސްޓާމަރގެ ސަރުކާރާ ވަކިވެވަޑައިގަންނަވާ އަށްވަނަ ވަޒީރެވެ. ސަރުކާރުން އޭނާ ވަކިވެވަޑައިގަތުމަކީ ސްޓާމަރއަށް އޮތް ގޮންޖެހުންތަކާއި ފިއްތުންތައް އިތުރުވާނެ ކަމެއް ކަމަށް ބެލެވެއެވެ. ސަރުކާރުގެ ތެރޭގައި ހަލަބޮލިކަން އިތުރުވެފައިވުމުގެ ސަބަބުން ފާޑުކިޔުންތެރިންގެ ކަޅި ވަނީ ސްޓާމަރއަށް އަމާޒުވެފައެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
