
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނޭޕާލްގައި މީސްމީޑިޔާގެ ބައެއް މަންސަތައް ބޭނުން ކުރުން މަނާ ކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. މަޝްހޫރު މީސްމީޑިޔާ މަންސަ، ފޭސްބުކް ހިމެނޭ ގޮތުގައި، ބައެއް މަންސަތައް ބްލޮކް ކުރުމަށް ނުވަތަ މަނާ ކުރުމަށް ނޭޕާލުން ނިންމާފައި ވަނީ އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުގައި ރަޖިސްޓަރީ ކުރުމަށް މީސްމީޑިޔާގެ މަންސަތަކަށް މުހުލަތެއް ދިނުމަށް ފަހުއެވެ. ނޭޕާލްގެ ކަމާ ގުޅޭ އިދާރާތަކުގައި މީސްމީޑިޔާގެ މަންސަތައް ރަޖިސްޓަރީ ކުރުމަށް ހުޅުވައިލާފައި ވަނީ، އެ ފަދަ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމުގެ ނަމުގައެވެ. ނޭޕާލްގެ ސަރުކާރުން ބުނީ، ފޭކު ނަންނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެކައުންޓުތައް ބޭނުން ކޮށްގެން ސާބިތުނުހިފޭ ވާހަކަތައް ފަތުރައި، ޢާންމުންގެ މެދުގައި ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. މީގެ އިތުރުން، ސައިބަރ ކްރައިމް ނުވަތަ އިންޓަރނެޓުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކުރާ ކުށްތައް އިތުރުވެފައިވާ ކަމަށާއި، މީސްމީޑިޔާގެ މަންސަތައް ބޭނުން ކޮށްގެން މުޖުތަމަޢުގެ ޢާންމު މަސްލަޙަތާއި ހަމަޖެހުން ނަގައިލަމުންދާ ކަމުގައެވެ.
30 މިލިޔަން މީހުންގެ އާބާދީއެއް އޮތް ނޭޕާލްގެ އާބާދީގެ %90 މީހުން އިންޓަރނެޓުގެ ވަސީލަތްތައް ބޭނުން ކުރެއެވެ. އެ މީހުން ބޭނުން ކުރަމުންދާ މީސްމީޑިޔާ މަންސަތައް، ނޭޕާލްގެ މުއާޞަލާތާ ބެހޭ ވުޒާރާގައި ރަޖިސްޓަރީ ކުރުމަށް ދީފައިވާ މުހުލަތު ސެޕްޓެންބަރު 3ވަނަ ދުވަހު ވަނީ ހަމަވެފައެވެ. ރަޖިސްޓަރީ ކުރުމަށް، އެ މަންސަތައް ތަމްސީލު ކުރާނެ ނޭޕާލްގެ ރައްޔިތަކާއި، އެ ފަރާތަކާ ގުޅޭނެ ގޮތެއް ވެސް ހުށަހަޅަން ޖެހެއެވެ. އެ އަމުރާ އެއް ގޮތަށް ރަޖިސްޓަރީ ކޮށްފައިވާ މަންސަތަކުގެ ތެރޭގައި ޓިކްޓޮކް، ވައިބަރ، ވީޓޯކް، ނިމްބަޒް އަދި ޕޮޕޯ ލައިވް ހިމެނެއެވެ. ނަމަވެސް، ފޭސްބުކް ރަޖިސްޓަރީ ކޮށްފައި ނުވާ ކަން އެ ޤައުމުގެ މުއާޞަލާތާ ބެހޭ ވުޒާރާގެ އޮފިޝަލަކު ވަނީ ކަށަވަރު ކޮށްދީފައެވެ. ސެޕްޓެންބަރު 4ވަނަ ދުވަހު ނޭޕާލްގެ ސަރުކާރުން ވަނީ އެންގުމާ އެއްގޮތަށް ރަޖިސްޓަރީ ކޮށްފައި ނުވާ މީސްމީޑިޔާގެ މަންސަތައް ބްލޮކް ކުރުމަށް ނުވަތަ މަނާ ކުރުމަށް އެ ޤައުމުގެ މުއާޞަލާތާ ބެހޭ އިދާރާ (އެންޓީއޭ)އަށް އަމުރު ކޮށްފައެވެ. ނަމަވެސް، މި އަމުރާ އެކު މަނާ ކުރުމަށް ނިންމާފައި ވަނީ ކޮން މަންސަތަކެއް ކަން ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރު ކޮށްދީފައެއް ނެތެވެ.
ފޭސްބުކަކީ މެޓާ އިންކޯޕޮރޭޓެޑް ކުންފުނީގެ މަންސައެކެވެ. ފޭސްބުކްގެ އިތުރުން މަޝްހޫރު މަންސަތައް ކަމުގައިވާ އިންސްޓަގްރާމާއި ވަޓްސްއެޕަކީ ވެސް އެ ކުންފުނީގެ އުފެއްދުންތަކެކެވެ. ނޭޕާލުން މީސްމީޑިޔާގެ ބައެއް މަންސަތައް ބްލޮކު ކުރުމަށް ނިންމުމާ ގުޅިގެން މެޓާއިން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ. ނޭޕާލަކީ މީސްމީޑިޔާގެ މަންސަތައް ރެގިއުލޭޓު ކުރުމަށް ނުވަތަ ކޮންޓުރޯލު ކުރުމަށް މަސައްކަތް ފަށާފައިވާ ފުރަތަމަ ޤައުމެއް ނޫނެވެ. މީސްމީޑިޔާގެ މަންސަތައް ކޮންޓުރޯލު ކުރުމަށް ފިޔަވަޅުތައް އަޅަމުންދާ އިތުރު ޤައުމުތަކުގެ ތެރޭގައި އެމެރިކާ، ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމުތައް، ބްރެޒިލް އަދި އޮސްޓްރޭލިޔާ ވެސް ހިމެނެއެވެ. އެ ޤައުމުތަކުން ބުނާ ގޮތުގައި ފިޔަވަޅުތަކުގެ ބޭނުމަކީ ޚަޤީޤަތާ ޚިލާފު ވާހަކަތަކާއި މަޢުލޫމާތު ފެތުރުން ހުއްޓުވައި، އެ ފަދަ މަންސަތައް ބޭނުން ކުރާ ފަރާތްތަކުގެ އަމިއްލަ މަޢުލޫމާތު ޙިމާޔަތް ކުރުމެވެ. މީސްމީޑިޔާގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާ ވަމުންދާ ކަމުގައި ވެސް ބައެއް ޤައުމުތަކުން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
