
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މެދުތެރޭ އެފްރިކާގެ ޤައުމެއް ކަމުގައިވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އަނެއްކާ ވެސް އިބޯލާ ފެތުރެން ފަށައިފިއެވެ. ކޮންގޯގައި އެންމެ ފަހުން މި ބަލި ފެތުރިގެން ގޮސްފައި ވަނީ މީގެ ތިން އަހަރު ކުރިންނެވެ. އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، އިބޯލާ ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 28 މީހަކު އަނެއްކާ ވެސް ދެނެގަނެވިފައިވާ ކަމުގައެވެ. އަދި، މި ބަލީގައި 15 މީހުން މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. އިބޯލާއަކީ ވައިރަހެއްގެ ޒަރީއާއިން ފެތުރޭ، ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. ޢާންމު ގޮތެއްގައި މި ބަލި ފެތުރެނީ ވައުލުގެ ފުށުންނެވެ. ރާމާމަކުނު ފަދަ އެހެނިހެން ބައެއް ޖަނަވާރުތަކުގެ ފުށުން ވެސް އިންސާނުންގެ ހަށިގަނޑަށް ޖެހޭ މި ބައްޔަކީ، އިންސާނުންގެ މެދުގައި ވެސް ހަލުވިކަމާ އެކު ފެތުރޭ ބައްޔެކެވެ. މި ބަލި ފެތުރެނީ ލެޔާއި ހަށިގަނޑުން ބޭރުވާ ދިޔައިގެ ޒަރީއާއިންނެވެ. ކޮންގޯގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، މި ވަގުތު އެ ޤައުމުގައި ފެތުރެމުން ދަނީ އިބޯލާ ބަލީގެ ޒަޔަރ ސްޓްރެއިން ކަމުގައެވެ. މި ފަހަރު ބަލި ފެތުރެމުންދާ ކަން ދެނެގަނެވިފައި ވަނީ އޮގަސްޓު މަހުގެ 20ވަނަ ދުވަހު ކަސާއީ ޕުރޮވިންސުގެ ހަސްފަތާލަށް ދެއްކި ބަލިމީހެއްގެ ފުށުންނެވެ. އެއީ، 34 އަހަރުގެ މާބަނޑު އަންހެނެކެވެ. އެ މީހާ ހާލަތު ސާފެއް ނޫނެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ބުނީ، ކޮންގޯގައި މި ބަލި ހަލުވިކަމާ އެކު ފެތުރެމުންދާ ކަމުގައެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި ބަލި ޖެހިފައިވާ އިތުރު މީހުން ދެނެގަނެވޭނެ ކަމަށް ބެލެވޭ ކަމުގައެވެ. މީގެ ކުރިން ވެސް ކޮންގޯގައި މި ބަލި ހަލުވިކަމާ އެކު ފެތުރި، ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނަ ގެއްލިފައިވެއެވެ. އެންމެ ފަހުން، އެ ޤައުމުގައި މި ބަލި ޢާންމުވެގެން ގޮސްފައި ވަނީ 2022ވަނަ އަހަރުގެ ތެރޭގައި އިކުއެޓަރ ޕުރޮވިންސުގައެވެ. ބަލި ފެތުރުން ކޮންޓުރޯލު ކުރުމަށް ބޭނުންވާނެ ވެކްސިންގެ ސްޓޮކުތައް ކޮންގޯގައި ހުރި ކަމުގައި ވެސް ޑަބްލިޔުއެޗްއޯން ބުންޏެވެ. އަދި، ވެކްސިންގެ އިތުރު 2,000 ޑޯޒް ކަސާއީ ޕުރޮވިންސަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަން ވެސް އެ ޖަމުޢިއްޔާއިން ހާމަކުރިއެވެ. މީގެ އިތުރުން، ބަލި ފެތުރުން ކޮންޓުރޯލު ކުރުމަށް ބޭނުންވާނެ އެހެނިގެން ޞިއްޙީ ސާމާނު ފޮނުވުމަށް ވެސް ޑަބްލިޔުއެޗްއޯން ދަނީ މަސައްކަތް ކުރަމުންނެވެ.
ފަހުގެ ތާރީޚެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި ބަލި ފެތުރިގެން ގޮސްފައި ވަނީ 2018އާއި 2020ވަނަ އަހަރާ ދެމެދުގައެވެ. އެ ފަހަރު 2,300އަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވިއެވެ. އެފްރިކާ ބައްރުގައި މި ބަލި އެންމެ ހަލުވިކަމާ އެކު ފެތުރިގެން ގޮސްފައި ވަނީ 2013އާއި 2016ވަނަ އަހަރާ ދެމެދުގައެވެ. އެ ފަހަރު މި ބަލީގައި 11,000އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިގެން ދިޔައެެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
