
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތައިލެންޑުގެ ބޮޑުވަޒީރުގެ މަޤާމަށް އަނުތިން ޗާންވިރަކުލް ހޮވިވަޑައިގެންފިއެވެ. މިދިޔަ ހަފްތާގެ ތެރޭގައި ތައިލެންޑުގެ ދުސްތޫރީ ކޯޓުން ވަނީ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޕޭޓޮންގްޓާން ޗިނަވާތު މަޤާމުން ދުރުކޮށްފައެވެ. ޤައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް އައު ބޮޑުވަޒީރެއް ޢައްޔަނު ކުުރުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގައި ސެޕްޓެމްބަރު މަހުގެ 5ވަނަ ދުވަހު ވަނީ ވޯޓު ލައިފައެވެ. ޗާންވިރަކުލް ބޮޑުވަޒީރުގެ މަޤާމަށް ހޮވިވަޑައިގެންފައި ވަނީ ޤާނޫނުހަދާ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ބޮޑުވަޒީރުގެ މަޤާމު ކަށަވަރު ކުރުމަށް 492 މެންބަރުންގެ މައްޗަށް އެކުލެވިފައިވާ ޤާނޫނުހަދާ މަޖިލީހުގެ އަޣުަލަބިއްޔަތު ހޯދުމަށް ބޭނުން ވަނީ 247 ވޯޓެވެ. ފަސޭހަކަމާއެކު އެ ޢަދަދު ހަމަ ކުރައްވައި ޗާންވިރަކުލް ވަނީ 311 ވޯޓު ހޯއްދަވައިފައެވެ.
ޗާންވިރަކުލްއަކީ ތައިލެންޑުގެ ބޫމްޖައިތައި ޕާޓީގެ ލީޑަރެވެ. މީގެ ކުރިން އޭނާ ވަނީ އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމާއި ދާޚިލީ ވަޒީރުގެ މަޤާމާއި ޞިއްޙަތާބެހޭ ވަޒީރުގެ މަޤާމު ފުރުއްވައިފައެވެ. ކޯވިޑް-19ގެ ދުވަސްވަރު ޞިއްޙަތާބެހޭ ވަޒީރުގެ ގޮތުގައި ހުންނެވީ އޭނާއެވެ. ވެރިކަންކުރަމުން ދިޔަ ފިއު ތައި ޕާޓީން ހިންގަމުންދިޔަ ގުޅިފައިވާ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮތުމަށްފަހު ޗާންވިރަކުލްގެ ޕާޓީން އެ އިއްތިޙާދުން ވަކިވެފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އެއީ އޭރު ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޗިނަވާތުގެ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ ހަލަބޮލިކަން އުފެދުނު ދަނޑިވަޅެއްގައެވެ. އިއްތިޙާދު ބަލިކަށިވާން ފެށުމުން އިއްތިޙާދާ ދުރުވެ، ބޫމްޖައިތައި ޕާޓީން ވަނީ އިދިކޮޅު ޕީޕަލްސް ޕާޓީއާ މަޝްވަރާތައް ކޮށްފައެވެ. ބޮޑުވަޒީރުގެ މަޤާމަށް ޗާންވިރަކުލްއަށް ތާއީދު ކޮށްފި ނަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ޤާނޫނުހަދާ މަޖިލީސް އުވާލައްވައި ޤަނޫނު އަސާސީ އިސްލާހު ކުރުމަށް ފުރުޞަތު ދެއްވާނެ ކަމަށް ޗާންވިރަކުލް ވަނީ ވަޢުދުވެވަޑައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
