
(ފޮޓޯ ކްރެޑިޓްްސް: ރޮއިޓާރސް)
ތައިލެންޑުގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި އެ ޤައުމުގެ ނުފޫޒުގަދަ ކުރީގެ ބޮޑު ވަޒީރު، ތަކްސިން ޗިނަވާތު ޤައުމު ދޫކުރައްވައި ވަޑައިގެންފިއެވެ. އޭނާ ޤައުމު ދޫކުރައްވައި ވަޑައިގެންފައި މި ވަނީ ތައިލެންޑުގެ ދުސްތޫރީ ކޯޓުން މިދިޔަ ހަފްތާގެ ތެރޭގައި އެ ޤައުމުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ތަކްސިންގެ ދަރިކަނބަލުން، ޕޭޓޮންގްޓާން ޗިނަވާތު މަޤާމުން ދުރުކޮށްފައި ވަނިކޮށެވެ. އަދި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން އައު ބޮޑުވަޒީރެއް ހޮވުމަށް ވޯޓުލުމަށް ހަމަޖެހިފައިވާ ތާރީޚުގެ އެއް ދުވަސް ކުރިންނެވެ. އޭގެ އިތުރުން ކޯޓުން ބަލަމުންދާ ތަކްސިންއާ ގުޅުންހުރި މައްސަލައެއްގައި އަންނަ ހަފްތާގައި ހުކުމް ކުރުމަށް ވެސް ވަނީ ތައްޔާރުވެފައެވެ. އެ މައްސަލައިގައި އޭނާއާ ދެކޮޅަށް ހުކުމްކޮށްފި ނަަމަ އޭނާ ޖަލަށްލުން އެކަށީގެންވެއެވެ. ތަކްސިން ތައިލެންޑުގެ ބޮޑުވަޒީރުގެ މަޤާމު ފުރުއްވާފައި ވަނީ 2001ވަނަ އަަހަރުން ފެށިގެން 2006ވަނަ އަހަރާ ހަމައަށެވެ. 2005ވަނަ އަހަރު ވެރިކަމުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމުގެ އެއް އަހަރު ފަހުން އޭނާ ޤައުމުން ބޭރުގައި ހުންނަވަނިކޮށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ އޭނާ މަޤާމުން ދުރުކޮށްފައެވެ. 2008ވަނަ އަހަރުގެ ތެރޭގައި ތައިލެންޑުގެ ކޯޓަކުން ވަނީ އޭނާ މަޤާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރެއްވި ކަމަށް އޭނާގެ ޣައިރު ހާޒިރުގައި ކަނޑައަޅައި އޭނާ އަށް އަހަރު ދުަވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.
15 އަހަރު ދުވަހު ޤައުމުން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށް ފަހު ތަކްސިން ޤައުމަށް އެނބުރި ވަޑައިގަތީ އޭނާގެ ސިޔާސީ ޕާޓީ، ފިޔު ތައިއަށް ބާރު ލިބުމުންނެވެ. ޤައުމަށް އެނބުރި ވަޑައިގަތުމުން އޭނާ ވަނީ ވަގުތުން ހައްޔަރު ކޮށްފައެވެ. ނަމަވެސް ޞިއްޙީ ހާލުކޮޅު ގޯސްވުމާ ގުޅިގެން އޭނާ ވަނީ ހަސްފަތާލަށް ބަދަލުކޮށްފައެވެ. ޝާހީ މަޢާފަކަށް ފަހު ތަކްސިންގެ ހުކުމް ވަނީ އަށް އަހަރުން އެއް އަހަރަށް ކުރުކޮށްފައެވެ. ހަ މަސް ދުވަހު ހަސްތަފާލުގެ ވީއަޕީ ގޮތްޕެއްގައި އޮންނަވާ ހުކުމް ތަންފީޒުކޮށް، އޭނާ މިނިވަންވެވަޑައިގަތީ 2024ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ޕެރޯލްގެ ދަށުންނެވެ. އަންނަ ހަފްތާގައި ކޯޓުން ގޮތެއް ނިންމާނީ ޖަލު ހުކުމުގެ ތަންފީޒީ މުއްދަތުގެ ގޮތުގައި ހަސްފަތާލުގައި އޮންނެވި މުއްދަތު ބެލިދާނެތޯއާ މެދުއެވެ. މި ދަނޑިވަޅުގައި ތަކްސިން ތައިލެންޑު ދޫކުރައްވައި ފުރާވަޑައިގެންފައި ވަނީ ބުރާސްފަތި ދުވަހު، ބެންކޮކުގެ ޑޮން މިއުއެންގް ވައިގެބަނދަރުންނެވެ. އޭނާ ދަތުރުކުރައްވާފައި ވަނީ ޕްރައިވެޓު ޖެޓެއްގައެވެ. އޭނާ ފުރާވަޑައިގެންނެވިއިރު ޤައުމު ދޫކޮށް ވަޑައިގަތުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ޔަޤީންކޮށްދެއެވެ. ލިބެންހުރި މަޢުލޫމާތުން އެނގޭ ގޮތުގައި އެ މަތިންދާ ބޯޓު ފުރަތަމަ މިސްރާބު ޖަހާފައި ވަނީ ސިންގަޕޫރާ ދިމާލަށެވެ. ނަމަވެސް ފަހުން އެ މަތިންދާބޯޓުގެ މިސްރާބު ވަނީ ބަދަލުކޮށްފައެވެ.
ތަކްސިންގެ ވަކީލު، ވިންޔަތު ޗަތުމޮންތުރީ ވިދާޅުވީ ތަކްސިން ޤައުމު ދޫކުރައްވައި ވަޑައިގެންނެވިކަން އޭނާއަށް އެނގިފައި ނުވާ ކަމަށެވެ. އަންަނަ ހަފްތާގައި އޮންނަ ކޯޓުގެ އަޑުއެހުމަށް ވަޑައިގަންނަވާނެ ކަމަށް ތަކްސިން މީގެ ކުރިން ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
