
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުރިއަށް އޮތް ދުވަސްތަކުގައި ގައުމީ ފުޓްބޯޅަ ޓީމަށް ބަދަލުތަކެއް އަންނާނެ ކަމަށާއި، ގައުމީ ޓީމުން ޖާގަހޯދުމުގެ ފުރުސަތު ކޮންމެ ކުޅުންތެރިއަކަށްވެސް ހުޅުވިފައިވާ ކަމަށް ޓީމުގެ ކޯޗުކަމާ ދާދިފަހުން ހަވާލުވި މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ. ނޫސްވެރިންނާއި ވާހަކަދައްކަމުން މޯހަން ބުނީ ގައުމީ ޓީމު ވަރުގަދަކުރުމަކީ މުހިންމުކަމެއްކަމަށެވެ. މިގޮތުން ޓީމަށް ކުޅުންތެރިން ހޮވުމުގައި ނަމަކަށް ނުބަލާނެކަމަށާއި ބަލާނީ ޕްރެކްޓިހަށް ފަރުވާތެރި، ދަނޑުމަތީ ކުޅޭއިރުވެސް ކޮމިޓެޑް ކުޅުންތެރިން ޓީމަށް ނެގުމަށްކަމަށެވެ. “އަޅުގަނޑު ކޮންމެ ގޮތެއްވިޔަސް ކުރިއަށްތާވެސް ޓީމަށް ނަގާނީ ޕްރެކްޓިސްތަކުގަވެސް ހަމަ ކުލަބު ޕްރެކްޓިހުގަވެސް އަދި ދަނޑުމަތީ މެޗުތަކުގަވެސް ރަނގަޅަށް ކޮމިޓްމަންޓު ހުރި ރަނގަޅު ކުޅުންތެރިން. ކޮންމެހެން ނަމަށް ބަލައިގެންނެއްނޫން ނަގާނީކީ. މެޗުތައް ރަނގަޅަށް ޕާރފޯރމްކުރާ ޕްރެކްޓިސް ރަނގަޅަށްކުރާ ކުޅުންތެރިން އަޅުގަނޑު އެހުރިހާ ކަމަކަށްވެސް ބަލާނަން ހަމަ. ކުލަބުތަކުގެ ކޯޗުންނާވެސް އިރާދަކުރެއްވިއްޔާ މަޝްވަރާކޮށް ވާހަކަދެކެވިގެން ހަމަ އަޅުގަނޑުމެން ޓީމު ނަގާނީ” މޯހަން ބުންޏެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މޯހަން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ގައުމީ ޓީމަށް ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި މާގިނަ މުބާރާތްތަކެއް ކުރިއަށް ނެތުމުން މިހާރު އޮތް ޓީމަށް މާބޮޑު ބަދަލެއްނައި ނަމަވެސް މުސްތަގުބަލުގައި ޓީމުން ބަދަލުތަކެއް ފެނިގެންދާނެކަމަށް މޯހަން ފާހަގަކުރިއެވެ. މިގޮތުން ގައުމީ ޓީމުން ފުރުސަތު ހޯދުމުގެ ދޮރު ކޮންމެ ކުޅުންތެރިއަކަށްވެސް ހުޅުވިފައިވާކަމަށް މޯހަން ބުންޏެވެ. އަދި ޓީމަށް ކުޅުންތެރިން ހޮވުމުގައި ބަލާނީ އެކުޅުންތެރިއެއްގެ ފަރުވާތެރިކަމަށާއި ކޮމިޓެޑްކަމަށްކަމަށް މޯހަން ބުންޏެވެ.
“ބަދަލުތަކެއް އަންނާނެ (ޓީމަށް) އެކަމު މިފަހަރު އަދި މުބާރާތެއް ނެތި ދާއިރު، ބޮޑު ބަދަލެއް ނައިކަމުގަވިޔަސް މުސްތަގުބަލުގަ ހަމަ ގައުމީ ޓީމަށް ހަމަ ކޮންމެ ކުޅުންތެރިއަކަށްވެސް ފުރުސަތު ހުޅުވިގެންދާނެ. އެހެންނަމަވެސް އެއީ މަސައްކަތުންނޭ. ވަކި ނަމަކަށް ބަލާފަކާ ނެޝަނަލް ޓީމުގަ އިންނާނެ އެއްވެސް ކުޅުންތެރިއެއް ނީންނާނެ. އެގޮތަކަށް ނޫން އިންނާނީ. ނަމެއް ނޫން މުހިންމުވަނީ ކުޅުންތެރިޔާ ކުރާ މަސައްކަތް ދަނޑުމަތީގަ އެކުލަބުގަ ޕާރފޯރމްކުރާ ޕާރފޯރމަންސް މިހުރިހާ އެއްޗަކަށް ބަލައިގެން އަޅުގަނޑު ޓީމު ނަގާނީ” މޯހަން ބުންޏެވެ. ސައުތު އޭޝިއަން ސުޕަ ކަޕަށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލާފައިވާއިރު، މިޓީމުން ޒުވާން ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އިލާން އިމްރާން އާއި ހަސަން ރާއިދުވެސްވަނީ ޖާގަހޯދާފައެވެ.
ސައުތު އޭޝިއަން ސުޕަ ކަޕުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރާ ފުރަތަމަ މެޗު އޮންނާނީ މިއަދު ލަންކާގެ ރޭސް ކޯސް ފުޓްބޯޅަ ދަނޑުގަ އެވެ. އަދި މިމުބާރުގެ ދެ ވަނަ މެޗު ތާވަލުކޮށްފަވަނީ އަންގާރަ ދުވަހަށެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
