
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
މި އަހަރުގެ ޑިސެމްބަރު މަހުގެ 2-6 އަށް ނަސަންދުރަ ބާސެލޯސްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަތްވަނަ ކެރަމް ވޯލްޑް ކަޕުގެ ސަބަބުން ރާއްޖެ ސްޕޯޓްސް ޓޫރިޒަމަށް ހުޅުވިގެންދާނެ ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ރައުޝާން ވިދާޅުވެއްޖެއެވެ. މިމުބާރާތާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައުޝާން ވިދާޅުވީ މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ ސަބަބުން ރާއްޖޭގެ ރީތިކަން ބޭރު ދުނިޔެއަށް ދައްކާލެވޭނެކަމަށެވެ. އަދި މިއީ ސްޕޯޓްސް ޓޫރިޒަމަށް ހުޅުވިގެންދާނެ ދޮރެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“މިމުބާރާތް ބޭއްވުމުގެ ހަމައެކަނި ބޭނުމަކީ އެތުލީޓުން ގެނެސް ކެރަމް ކުޅުމެއް އެކަންޏެއްވެސް ނޫން. އަޅުގަނޑުމެން މުބާރާތުގެ ތެރެއިން ބޭނުންވޭ ސްޕޯޓްސް ޓޫރިޒަމްވެސް ވަރަށް ބޮޑަށް ތައާރަފުކޮށް އަދި މި އެތުލީޓުންނަށް ތައާރަފުކޮށް އަޅުގަނޑުމެންގެ ރާއްޖޭގެ ރީތިކަންވެސް އެތުލީޓުންނަށް ދައްކާލުމަށް. އަދި އަޅުގަނޑުމެން ފަހަތުން މިފެންނަ ލޯގޯ ހެދުމުގައިވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ކޮންސިޑަރކުރިކަމެއް އެއީ މިލޯގޯ ގައި ދިވެހިރާއްޖެ ތަމްސީލުކުރާ އެކިކަންކަން އެކިގޮތްގޮތަށް ބޭނުންކޮށްގެން އަޅުގަނޑުމެން ލޯގޯ ފަރުމާކުރުމަށް” ރައުޝާން ވިދާޅުވިއެވެ. ރާއްޖޭގައި މިމުބާރާތް ބާއްވަން ނިންމި އަނެއް ސަބަބެއްކަމަށް ރައުޝާން ވިދާޅުވީ ފާއިތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި ރާއްޖޭގައި ކެރަމް އެކަޑަމީތަކެއް އުފެދިގެންދިއުމާއިއެކު މިކުޅިވަރުން ޖޫނިއާ އެތުލީޓުންތަކެއް އުފެދެމުން ދިއުންކަމަށެވެ.
މި އެކަޑަމީތަކުން 400 އާއި ގާތްކުރާ އަދަދަކަށް ޖޫނިއާ އެތުލީޓުން ތަމްރީނުވަމުން އަންނަކަމަށާއި، އެކުދިންނަށް ސީނިއާ ކުޅުންތެރިންގެ ކުޅުމުގެ ވައްޓަފާޅި ދައްކުވައިދީ ބައިނަލްއަގްވާމީ މައިދާނުގައި މިކުޅިވަރުގައި ވާދަކުރުމަކީ ކިހާވަރެއްކަން އަންގައިދިނުމަކީ މިމުބާރާތް ރާއްޖޭގައި ބޭއްވުމުގެ މަގްސަދެއްކަމަށް ރައުޝާން ހާމަކުރެއްވިއެވެ. މީގެ އިތުރުން މިކުޅިވަރަކީވެސް މުސްތަގުބަލު އޮތް ކުޅިވަރެއްކަން ޖޫނިއާ އެތުލީޓުންނަށް އަންގައިދީ ކެރަމްއިން ކުރިއަރާ ދިއުމަށް ހުރި ފުރުސަތުތައް ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް އަންގައިދިނުމަކީވެސް މި މުބާރާތް ރާއްޖޭގައި ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
“ރާއްޖޭގައި މިމުބާރާތް ބާއްވަން އަޅުގަނޑުމެން ގަސްދުކުރި މައިގަނޑު އަނެއް ސަބަބަކީ އަޅުގަނޑުމެންގެ ފާއިތުވެދިޔަ ގާތްގަނޑަކަށް ދޮޅުއަހަރެއްގެ ތެރޭގައި ކެރަމްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެކަޑަމީތަކެއް އުފެދިގެން އައިސް ޖޫނިއާ އެތުލީޓުންތަކެއް މިއަންނަނީ ތަމްރީނުވަމުން. ގާތްގަނޑަކަށް 300 ނުވަތަ 400 އާއި ގާތްކުރާ އަދަދަކަށް ޖޫނިއާ އެތުލީޓުން މިހާރު ތަމްރީނުވަމުންދާއިރު، އަޅުގަނޑުމެން ބޭނުން މި އެތުލީޓުންނަށް ދައްކައިދޭން ސީނިއާ ޕްލޭޔަރުން ކުޅޭތަނާއި، ކެރަމްގައި ފިއުޗަރ އޮތީ ކިހާ ހިސާބެއްގަކަމާއި، އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި ވާދަކުރުން މިއީ ކިހާވަރެއްގެ ކަމެއްކަން އަޅުގަނޑުމެން ބޭނުން މި އެތުލީޓުންނަށް ދައްކައިދޭން” ރައުޝާން ވިދާޅުވިއެވެ. މިއަހަރުގެ މުބާރާތުގައި އޭޝިއާއި އަދި ޔޫރަޕު ހިމެނޭހެން ވިހި ގައުމަކުން ދުއިސައްތައަށްވުރެ ގިނަ އެތުލީޓުން ވާދަކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި ކުރީގެ މުބާރާތްތަކުގެ ޗެމްޕިއަންކަން ނަގާފައިވާ ހަތްވަރަކަށް އެތުލީޓުންވެސް ހިމެނެއެވެ.
ކެރަމް ވޯލްޑުކަޕަށް ރާއްޖޭއިން ތައްޔާރުކުރާ ޓީމަށް ޓްރޭނިންގ ޕްރޮގްރާމުތަކެއް އަތޮޅުތެރޭގައި ބޭއްވުމަށް ރާވާފައިވާކަމަށްވެސް ރައުޝާން ވިދާޅުވިއެވެ. މި ޓްރޭނިންގތަކުގެ ބޭނުމަކީ މާލޭގެ މާހައުލުން އެއްފަރާތްވެލާ ކުޅުންތެރިން ތާޒާކުރުންކަމަށް އޭނާ ހާމަކުރެއްވިއެވެ. ކެރަމް ވޯލްޑުކަޕުގައި ބައިވެރިވާ ކުޅުންތެރިން ތިބުމަށް ހަމަޖެހިފައިވަނީ ބާސެލޯ ނަސަންދުރައިގައެވެ. އަދި މުބާރާތުގެ ކުޅުންވެސް އެތަނުގައި ހަމަޖެހިފައިވާއިރު، ކެރަމްގެ ދުނިޔޭގެ މައި އިދާރާ އައިސީއެފްގެ އެގްޒެކެޓިވް ކޮމިޓީންވެސް މިމުބާރާތުގައި ހަރަކާތްތެރިވަމުންގެންދާނެއެވެ. އެންމެފަހުން ބޭއްވި ކެރަމް ވޯލްޑުކަޕުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުންވަނީ ތިންވަނަ ހާސިލްކޮށްފައެވެ. މިއަހަރުގެ މުބާރާތް ޑިސެމްބަރުމަހުގެ ދެވަނަ ދުވަހު ފަށާއިރު، ރާއްޖޭގެ ކެރަމްޓީމުގެ އަމާޒަކީ މިއަހަރުގެ މުބާރާތުން ރަންވަނަތަކެއް ހާސިލްކުރުންކަމަށް ރައުޝާން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
