
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހދ. ނޭކުރެންދޫގައި ސަރުކާރުން ގާއިމުކޮށްދެއްވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި އިންޑޯ ބެޑްމިންޓަން ހޯލެއް ހިމަނާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނޭކުރެންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ނޭކުރެންދޫ ރައްޔިތުންނާ މުޚާޠަބުކުރައްވާ ރައީސް ވިދާޅުވީ އެރަށުގައި ބިންގާ އެޅުނު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއެކު އިންޑޯ ކުޅިވަރުތައް ކުޅުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށެވެ. އެރަށުގައި ގާއިމުކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި އިންޑޯ ބެޑްމިންޓަން ހޯލެއް ހިމަނާފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިއީ އެރަށަށް ޚާއްސަކޮށް އިތުރުކުރެއްވި ވަސީލަތެއްކަމަށެވެ. ނޭކުރެންދޫއަކީ މޮޅެތި ބެޑްމިންޓަން ކުޅުންތެރިންތަކެއް ތިބި ރަށެއްކަމުން އެފުރުސަތު އެރަށަށް ފަހިކޮށްދެއްވީކަމަށް ރައީސް ވިދާޅުވެފަވެއެވެ.
“ފިޓްނެސް އެންޑް ރެކްރިއޭޝަން މަރުކަޒަކީވެސް އިންޑޯ އެކިކަހަލަ ކުޅިވަރުތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަކަށްވާނެ. މި ފިޓްނެސް އެންދް ރެކްރިއޭޝަން މަރުކަޒު އެޅިގެންދާއިރުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިތުރުކަމެއް މިރަށުގައި ކުޅިވަރަށްޓަކައި މިރަށުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަކޮށް ބެޑްމިންޓަން ކުޅުމުގައި ވަރަށް ކުޅަދާނަ ރަށަކަށްވާއިރުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިންޑޯ ބެޑްމިންޓަން ހޯލަކާއި އެކީގައި އެމަޝްރޫޢު ކުރިއަށްގެންދާނަން” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުޅިވަރާ ގުޅުންހުރި އެހެނިހެން މަޝްރޫއުތައްވެސް އެރަށުގައި ކުރުމަށް ރާވާފައިވާކަމަށެވެ. އެގޮތުން ރަށުގައި މިވަގުތު އޮތް ފުޓުބޯޅަ ދަނޑަކީ ޓާރފް އަޅާފައިވާ ދަނޑެއް ނަމަވެސް، އެދަނޑަކީ ރޭގަނޑު ބޭނުންކުރެވޭގޮތަށް ލައިޓް ހަރުކޮށްފައިވާ ތަނަކަށް ނުވާތީ ރޭގަނޑު އެދަނޑު ބޭނުންނުކުރެވޭ ކަމުގެ ކަންބޮޑުވުން ރައްޔިތުންވަނީ ފާޅުކޮށްފައެވެ. އެހެންކަމުން އެތަނުގައި ލައިޓް ހަރުކޮށް ވަށާފާރު ލުމުގެ މަސައްކަތުގެ އިތުރުން އެތަނުގައި ޗޭންޖިންގ ރޫމެއްވެސް ހިމެނޭހެން އެދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
“ފުޓުބޯޅަ ދަނޑެއް މިހާރުވަނީ ޓާރފް އެޅިފަ. އެހެންނަމަވެސް ރޭގަނޑު ކުޅެވޭގޮތަކަށް ލައިޓެއްނެތް. އަދި ފެންސްޖަހާ ރައްކާތެރިކޮށް ވަށާފާރެއް ރޭނިފައެއްވެސް ނެތް. މިމަސައްކަތަކީވެސް އަޅުގަނޑުމެން ކުރަން ނިންމާފަ އޮތް ކަންތައްތަކެއް. އެހެންވީމަ އިރާދަކުރެއްވިއްޔާ ފުޓުބޯޅަ ދަނޑުގައި އަޅުގަނޑުމެން ވަށާފާރުލުމާއި ލައިޓްޖެހުމާ އެކީގައި އަޅުގަނޑުމެން ޗޭންޖިންގ ރޫމެއްވެސް ހިމަނާލައިގެން މިކަންކުރިއަށް ގެންގޮސްދޭނަން” ނޭކުރެންދޫ ރައްޔިތުންނާ މުޚާޠަބުކުރައްވާ ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުންނާއި ޚަޠީބުން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ...
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ރާއްޖޭގައި އިމާމުންނާއި ޚަތީބުންގެ އައު ޖީލެއް ބިނާނުކުރެވިއްޖެނަމަ ބޮޑު ހުސްކަމެއް އަތުވެދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ...
“2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ”
(ފޮޓޯޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު...
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން...
އީމާންކަމުގެ ނޫރުގައި 900 އަހަރު: ޒުވާނުންގެ ފަޚުރުވެރި، އުއްމީދީ ޝުޢޫރުތަކެއް
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޤައުމުގެ އިސްލާމީ ވަންތަކަމާއި ތާރީޚީ އަމާނާތް ރައްކާތެރިކުރުމަށް ޒުވާނުން...
ސައުދީ ފަންޑުގެ ސީއީއޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި...
