
(ފޮޓޯ ކްރެޑިޓްސް: ސިއްޙީ ވުޒާރާ)
ނޮޅިވަރަންފަރު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކޮށްފިއެވެ. އާރުޑީސީއާ މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަންފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިންނެވެ. މިޖަލްސާގައި ނޮޅިވަރަންފަރުގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ. މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނޮޅިވަރަންފަރުގައި ސިއްޙީ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ސޮއިކުރި މަޝްރޫޢުގެ ތެރެއިން އެންމެ މަތީ ކެޓަގަރީގެ ސިއްޙީ މަރުކަޒެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ. އަދި މިހާރުން މިހާރަށްވެސް ސިއްޙީ މަރުކަޒަށް ބޭނުންވާ ޚިދުމަތްތައް އިތުރު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ސްޕެޝަަލިސްޓް ބައެއް ޑޮކްޓަރުން އިތުރު ކުރުމާއި، އަދި އިތުރު މުވައްޒަފުން އިތުރު ކުރުން ފަދަ ކަންކަން ކުރިއަށް ގެންދަން ވަނީ ނިންމާފައި. މިމަޝްރޫޢު ނިމެންދެން މަޑުނުކޮށް މިހާރުވެސް އިތުރު ކުރެވޭނެ ކަންތައްތައް އަޅުގަނޑުމެން ކުރާނަން، އެކަންތައް ކުރިއަށް އޮތްތަނުގައި ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ”. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނޮޅިވަރަންފަރު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އަދި މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 11,478,896.88 ރުފިޔާއަށެވެ. މިމަޝްރޫޢުގެ ދަށުން ނަރުސް ސްޓޭޝަނެއް ހިމެނޭގޮތަށް، ވޯޑް، ލެބޯރެޓަރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖަކާއި ގުދަނެއް ޤާއިމްކުރެވޭނެކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.
ގާތްގަނޑަކަށް 2000އެއްހާ މީހުންގެ އާބާދީއެއް އޮންނަ ނޮޅިވަރަންފަރު ސިއްޙީ މަރުކަޒަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 12 އާއި 15 ދޭތެރޭގެ މީހުން ޑޮކްޓަރަށް ދައްކާކަމަށް އެމަރުކަޒުން ފާހަގަކުރައްވައެވެ. ލެބޯރެޓަރީގެ އިތުރު ޚިދުމަތާއެކު ސިއްޙީ މަރުކަޒަށްދާ މީހުންގެ އަދަދު އިތުރުވެ، ރަށުން ބޭރަށް ޓެސްޓު ހަދަން ދާންޖެހޭ ޖެހުމަށް ނިމުމެއް އަންނާނެ ކަމަށް ނޮޅިވަރަންފަރު ސިއްޙީ މަރުކަޒުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް، އޭޝިއާއަށް ތެޔޮ ހޯދަން ދަތިވަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރަތް ކަނޑުގެ ސަރަހައްދުގައި ޔަމަނުގެ ޙޫޘީންގެ ނުރައްކާ ބޮޑުވެ، ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރުން ހުއްޓިއްޖެ ނަމަ، އެފްރިކާ ވަށައިގެން...
މެދުއިރުމަތީގެ ހަނގުރާމަ: ބްރިކްސްގެ ޤައުމުތަކުގެ ކަންބޮޑުވުުމުގެ ޤަރާރެއް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ނިއު ދިއްލީގައި ކުރިއަށްދާ ބްރިކްސް ސަމިޓުގައި ނެރުނު ޤަރާރުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްނުކޮށް، ދެބަސްވުންތައް ޑިޕްލޮމެސީއާއި މަޝްވަރާގެ...
ޔޫކްރެއިންގެ މުދާ އުފުލާ ބޯޓުތަކަށާއި ކާރުހާނާތަކަށް ބޮޑެތި ގެއްލުންތަކެއް!
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިތުރު ޕްރޮވިންސަކަށް އިބޯލާ ވައިރަސް ފެތުރި، ބަލި ޖެހުނު މީހުންގެ އަދަދު 7،000 އިން...
ރާއްޖެއާއި ޗައިނާގެ އެކުވެރިކަމުގެ މެޗެއް މިމަހު
ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ވަރުގަދަ ތިން ޤައުމަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން...
ފުރަތަމަ މެޗުން މޮޅުވެ، ދިއްދުއިން ދަތުރު ފެށީ ވަރުގަދަކޮށް
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް) ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ ދިއްދޫ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި، ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 0-1...
މިފަހަރު ލީގުގެ “ޑާކް ހޯސް” ކްލަބް އީގަލްސް ފެށީ މޮޅަކުން!
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހި ޕްރިމިއާ ލީގުގައި އަލަށް ވާދަކުރާ ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު 3-1...
