
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހދ. ނޮޅިވަރަންފަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރައްވައިފިއެވެ. މިކަމުގެ އެއްބަސްވުމުގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ،ު އަޙުމަދު ސަޢުދީއެވެ. މި މަޝްރޫޢުގެ ދަށުން 64,992.47 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކުރުމާއ،ި 189 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމާއ،ި 161 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. އަދި 65 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއެއް ޖެހުމާއި، ބަނދަރުގެ ޕޭވްމަންޓް މަސައްކަތާއ،ި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
44.68 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 380 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. 2000 މީހުންގެ އާބާދީއެއް އޮންނަ ނޮޅިވަރަންފަރު ރައްޔިތުން އާމްދަނީ ހޯދުމަށް ޢާއްމުގޮތެއްގައި ކޮށްއުޅޭ މަސައްކަތަކީ ދަނޑުވެރިކަމެވެ. ބަނދަރު ތަރައްޤީވެ ފަޅުގައި ޖާގަ ތަނަވަސްވެގެން ދިޔުމަކީ ނޮޅިވަރަންފަރުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ. އެހެންކަމުން މިމަޝްރޫޢުގެ މަސައްކަތް ނިމުމާއެކ،ު ރަށުގެ އޮޑިދޯނިފަހަރާއި، ލޯންޗު ފަހަރާއި ޑިންގީ އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ލިބުމާއެކު ރައްޔިތުންގެ މި އުންމީދު ހާސިލްވެ ލަފާފުރުމުގެ ދަތިތަކަމަށްވެސް ހައްލު ލިބިގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް، އޭޝިއާއަށް ތެޔޮ ހޯދަން ދަތިވަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރަތް ކަނޑުގެ ސަރަހައްދުގައި ޔަމަނުގެ ޙޫޘީންގެ ނުރައްކާ ބޮޑުވެ، ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރުން ހުއްޓިއްޖެ ނަމަ، އެފްރިކާ ވަށައިގެން...
މެދުއިރުމަތީގެ ހަނގުރާމަ: ބްރިކްސްގެ ޤައުމުތަކުގެ ކަންބޮޑުވުުމުގެ ޤަރާރެއް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ނިއު ދިއްލީގައި ކުރިއަށްދާ ބްރިކްސް ސަމިޓުގައި ނެރުނު ޤަރާރުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްނުކޮށް، ދެބަސްވުންތައް ޑިޕްލޮމެސީއާއި މަޝްވަރާގެ...
ޔޫކްރެއިންގެ މުދާ އުފުލާ ބޯޓުތަކަށާއި ކާރުހާނާތަކަށް ބޮޑެތި ގެއްލުންތަކެއް!
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިތުރު ޕްރޮވިންސަކަށް އިބޯލާ ވައިރަސް ފެތުރި، ބަލި ޖެހުނު މީހުންގެ އަދަދު 7،000 އިން...
ރާއްޖެއާއި ޗައިނާގެ އެކުވެރިކަމުގެ މެޗެއް މިމަހު
ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ވަރުގަދަ ތިން ޤައުމަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން...
ފުރަތަމަ މެޗުން މޮޅުވެ، ދިއްދުއިން ދަތުރު ފެށީ ވަރުގަދަކޮށް
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް) ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ ދިއްދޫ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި، ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 0-1...
މިފަހަރު ލީގުގެ “ޑާކް ހޯސް” ކްލަބް އީގަލްސް ފެށީ މޮޅަކުން!
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހި ޕްރިމިއާ ލީގުގައި އަލަށް ވާދަކުރާ ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު 3-1...
