
(ފޮޓޯ ކްރެޑިޓްޓްސް: ރޮއިޓާރސް)
ޒަޔަނިސްޓުންނަށް މުދާ އުފުލުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން އޮޕަރޭޓު ކުރާ ހުރިހާ އާގުބޯޓަކަށް ޙަމަލާ ދޭނެ ކަމުގައި ބުނެ، ޔަމަންގެ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީން ވަރުގަދަ އިންޒާރެއް ދީފިއެވެ. އެ ޖަމާޢަތުން ބުނީ، ޔަހޫދީންނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގެ ހަތަރު ވަނަ ފިޔަވަހި ފަށާފައިވާ ކަމުގައެވެ. ޔަހޫދީންނާ ދެކޮޅަށް ޙޫޘީންގެ އަސްކަރީ އޮޕަރޭޝަން ފަށާފައި ވަނީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ގުޅިގެންނެވެ. ޔަހޫދީންގެ ޤަތުލުޢާންމު ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 60,000އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 140,000އަށްވުރެ މައްޗަށް އުފުލިފައެވެ.
ޣައްޒާގެ ރައްޔިތުންނާއި ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާޢަތްތަކަށް ވާގިވެރިވުމުގެ ގޮތުން ޙޫޘީން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގެ ދަށުން ޔަހޫދީންނަށް އަމާޒުކޮށް ދަނީ ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކުގެ އިތުރުން ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާާގުބޯޓުފަހަރަށެވެ. އެއީ، އިސްރާއީލަށް މުދާ އުފުލުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުނިތަކުން އޮޕަރޭޓު ކުރާ އުޅަނދުފަހަރު ކަމުގައި ޙޫޘީން ބުނެއެވެ. ޙޫޘީންގެ ހަތިޔާރު އެޅި ގޮފީގެ ތަރުޖަމާނު ބުނީ، ޔަހޫދީންނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގެ ހަތަރު ވަނަ ފިޔަވަހި ފަށާފައިވާ ކަމުގައެވެ. އަދި، އޮޕަރޭޝަން ފުޅާކޮށް، ކުރިއަށް އޮތް ތަނުގައި އިސްރާއީލަށް މުދާ އުފުލުމުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ހުރިހާ އުޅަނދުފަހަރަށް ޙަމަލާ ދޭނެ ކަމުގައެވެ.
“މި ކަން [ޙޫޘީންގެ އޮޕަރޭޝަން] އިތުރަށް ފުޅާވިޔަ ނުދޭން ބޭނުންވާ ނަމަ ޣައްޒާގެ ފުރަބަންދު އުވައިލައި، ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ދުޝްމަނުންނަށް [ޔަހޫދީންނަށް] ބާރު އެޅުމަށް ޔަމަންގެ އަސްކަރިއްޔާއިން ހުރިހާ ޤައުމަކަށް ގޮވައިލަން،” ޙޫޘީންގެ ތަރުޖަމާނު ބުންޏެވެ. ޙޫޘީންގެ ޙަމަލާތަކުގައި އެ ޖަމާޢަތުން ދަނީ ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޑްރޯން ބޭނުން ކުރަމުންނެވެ. ރަތް ކަނޑު ހުރަސް ކުރަނިކޮށް އެ ޖަމާޢަތުން ޙަމަލާ ދީފައިވާ އުޅަނދުފަހަރުގެ އަދަދު 100އަށް އުފުލިފައިވާއިރު، އޭގެ ތެރެެއިން ހަތަރު އުޅަނދެއް ވަނީ ފައްތައިލާފައެވެ. އަދި، ބެލިސްޓިކް މިސައިލްތައް ބޭނުން ކޮށްގެން ޒަޔަނިސްޓުންގެ ރަށްތަކަށް ދެމުންދާ ޙަމަލާތަކުގައި ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.
ޙޫޘީންގެ އަސްކަރީ އޮޕަރޭޝަން ފެށުމާ އެކު، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން އެ މީހުންގެ ޙިމާޔަތުގައި ތެދުވިއެވެ. އަދި، ޔަމަންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ރަށްތަކަށް ނުރައްކާތެރި ވައިގެ ޙަމަލާތަކެއް ދިނެވެ. ނަމަވެސް، މެއި މަހުގެ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ޙޫޘީންނާ އެކު އެއްބަސްވުމެއް އެކުލަވައިލައި، ޔަމަނަށް ބޮން އެޅުން ހުއްޓައިލާފައެވެ. އެ އެއްބަސްވުމުގެ ދަށުން، އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި އެ ޤައުމުގެ ކުންފުނިތަކުން އޮޕަރޭޓު ކުރާ އާގުބޯޓުފަހަރަށް ޙަމަލާ ދިނުން ޙޫޘީން ވެސް ވަނީ މެދުކަނޑައިލާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
