
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޙަސަން ޞާބިރު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ. ޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ޙަސަން ޞާބިރަށް އެރުވުމުން އިއްޒަތާ އާޢިލާގެ ފަރާތުން ހަވާލުވެވަޑައިގަތީ ޙަސަން ޞާބިރުގެ ދަރިކަނބަލުން ޢާއިޝަތު ރާނިޔާ ޞާބިރެވެ. އެމަނިކުފާނަށް މި ޝަރަފު އަރުވާފައިވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައާއި ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ޚާއްސަކޮށް މަސްވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރުކަމުގެ ދާއިރާގެ މަޤާމުގައި ހުންނަވައިގެން އެ ދާއިރާތަކުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ޤައުމީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާތީއާއި ޚާރިޖީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި އުފެއްދެވި “ނޭޝަނަލް ޕްލޭނިން އެޖެންސީ” ގައި 1978 ވަނަ އަހަރު އެ އެޖެންސީގެ ސްޓެޓިސްޓިކަލް ސަރވޭ އޮފިސަރުގެ މަޤާމަށް ހަމަޖެއްސެވިއެވެ. އިތުރު ތަޢުލީމާއި ތަޖުރިބާ ހޯއްދަވައިގެން ވަޑައިގެން ނޭޝަނަލް ޕްލޭނިން އޭޖެންސީގެ ސްޓެޓިސްޓިކަލް އޮފިސަރުގެ މަޤާމުގައި ހުންނަވައިގެން ފެއްޓެވި އެންމެ މުހިއްމު މަސަކަތަކީ 1985 ވަނަ އަހަރުގެ ބޯހިމެނުން ތައްޔާރުކުރުމެވެ. ރާއްޖެއަށް ފުރަތަމަ ގެނުވި ކޮމްޕިއުޓަރ ގެނެސްފައިވަނީ އެ މަސައްކަތައްޓަކައެވެ. އެންމެ ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވެނީ ހަމައެކަނި ދިވެހީންނަށް އިސްކަންދެއްވައިގެން އެ ޕްރޮޖެކްޓްގެ އިސް މޭސްތިރިޔަކަށް ހަމަޖެއްސެވީ ޙަސަން ޞާބިރުއެވެ.
ހަސަން ޞާބިރު ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެންވެސް އެ ދާއިރާތަކުން މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން 1500 ޓަނުގެ މަސްފިނުކުރެވޭ ކާރުޚާނާއެއްގެ ބިންގާ ކޫއްޑޫގައި އަޅުއްވައިދެއްވުމާއި ރާއްޖޭގައި އެއް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ހިންގެވުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ދަނޑުވެރިކަމަށްޓަކައި ފަޅުރަށްރަށް ކުއްޔަށް ދޫކުރައްވަން ފެއްޓެވީވެސް އެމަނިކުފާނުގެ ވަޒީރުކަމުގައެވެ. ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުގައި ހުންނަވައިގެން އެމަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުވުމަށ ްމުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ކެޕޭސިޓީ ބިލްޑް ކުރެއްވުމަށާއި “ސަނީ ސައިޑް އޮފް ލައިފް”ގެ މޮޓޯގެ ދަށުން ކުރެއްވި އަގުހުރި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
ޙަސަން ޞާބިރަކީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮލު އިތުރުބުރީގެ މެންބަރުކަން 2000 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 އިން 2005 ވަނަ އަހރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އަދާކުރައްވާފައެވެ. އެހެންކަމުން ބަރުލަމާނީ ހަޔާތުގައިވެސް ޞާބިރު އަދާކުރެއްވި ދައުރު ފާހަގަކޮށްލެވެއެވެ. 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގާއި ރައްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި އެހީ ހޯއްދެވުމަށް ކުރެއްވި މަސައްކަތްތައްވެސް ފާހަގަކޮށްލެވެއެވެ. މިނޫނަސް ޞާބިރަކީ ދިވެހި ރާއްޖެއަށް އެކި ދާއިރާތަކުން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
