
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ)
ދިވެހިރާއްޖެއަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ގިނަ ޤައުމުތަކާ ރަހުމަތްތެރި ގާތް ގުޅުމެއް ބާއްވާ ޤައުމެކެވެ. ޤައުމު ކުޑަނަމަވެސް ޚާރިޖީ ސިޔާސަތުގެ ވަރުގަދަކަން މުޅި ދުނިޔެއިން ދަނީ ފެންނަމުންނެވެ. ޚާއްސަކޮށް އަވަށްޓެރި ޤައުމުތަކާއި ރާއްޖޭގެ ގުޅުމަކީ ފާހަގަކޮށްލެވޭ ގުޅުމެކެވެ. މިފަދަ އެއް ޤައުމަކީ ސްރީލަންކާއެވެ. ދިވެހިރާއްޖެއާއި އަވަށްޓެރި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ މިއަހަރަށް 60 އަހަރުވާއިރު ރާއްޖެއާއި ލަންކާގެ ގުޅުމަކީ އޭގެ އެތައް އަހަރެއް ކުރިއަށްވެސް އޮތް ގުޅުމެކެވެ. ދިވެހިން އެންމެ ފަޚުރުވެރިކަމާއެކު ފާހަގަކުރާ އެއް ދުވަސް ކަމަށްވާ މިނިވަން ދުވަހާވެސް ލަންކާ ވަނީ ގުޅިފައެވެ.
26 ޖުލައި 1965 ގައި އިނގިރޭސިވިލާތުގެ ހިމާޔަތުން ރާއްޖެއަށް މިނިވަންކަން ލިބުނުއިރު އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ސްރީލަންކާގައެވެ. ސްރީލަންކާ ނުވަތަ ސިލޯނަކީ އޭގެ ކުރިންވެސް ދިވެހިން ދަންނަ ދިވެހިންނާ ގުޅިފައި އޮތް ޤައުމެކެވެ. އެކި ބޭނުންތަކަށް ދިވެހިން އެ ޤައުމަށް އަބަދުވެސް ދަތުރުކޮށް ހަދައެވެ. މީގެ ތެރޭގައި ޤައުމުގެ ރަސްރަސްކަލުންނާއި އެބޭފުޅުންގެ ބޭފުޅުން އަދި ޤައުމުގެ އެހެނިހެން އިސް ފަރާތްތައްވެސް ހިމެނެއެވެ. މިކަމުގެ ހެއްކަކީ މިއަދުވެސް އެ ޤައުމުގެ ގަބުރުސްތާނުތަކުގައި ދިވެހި ޢިއްޒަތްތެރީންގެ މަހާނަތައް ފެންނަން ހުރުމެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖެއާއި ލަންކާގެ ގުޅުން ބައެއް މީހުން ސިފަކުރަނީ އެމީހުންގެ އަމިއްލަ ގެއެއްފަދަ ގާތް ތަނެއްގެ ގޮތުގައެވެ. އެތައް ދިވެހިންނެއް މިއަދު ވަނީ ލަންކާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އެ ޤައުމަށް ދާ ކޮންމެ ދިވެއްސަކަށްވެސް ވެރިރަށް، ކޮލަމްބޯގައި އަމިއްލަވަންތަކަން އިހުސާސްކުރެވެއެވެ. އެ ޤައުމަށް މަތީ ތަޢުލީމު ހާސިލުކުރުމަށާއި ސިއްޙީ އެކި ބޭނުންތަކަށް ދަތުރު ކުރާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. އެގޮތުން، ލަންކާއިން ވަނީ ދިވެހިންނަށް މަތީތަޢުލީމުގެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދީފައެވެ. އަދި ރާއްޖޭން ނުލިބޭ އެތައް ފަރުވާއެއް އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށާއި ބޭސްފަރުވާއަށް ދަތުރުކުރާ ދިވެހިންނަށް އާސަންދަ ސްކީމުގެ ދަށުން ފަރުވާގެ ކަންކަން ލަންކާއިން ވަނީ ހަމަޖައްސާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ އިގްތިސާދުގައިވެސް ލަންކާއަކީ މުހިންމު ބައިވެރިއެކެވެ. އެގޮތުން އެ ޤައުމުން ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި ކޮންސްޓްރަކްޝަން ސާމާނު ރާއްޖެއަށް އެތެރެކުރެއެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ޤައުމަކަށްވާއިރު އެ ޤައުމުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ލުއި ގޮތްތައް ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން ދަނީ ފޯރުކޮށްދެމުންނެވެ. ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަކީ އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙުތިރާމުގެ މައްޗަށް އުފެދިފައި އޮތް ގުޅުމެކެވެ. ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުން ބޭނުންވަނީ ވެރިކަމުގައި ކޮންމެ ބަޔަކު ތިބި ކަމުގައިވިނަމަވެސް ދެ ޤައުމުގެ ގުޅުމަށް އަސަރުނުކުރާނެ ގޮތަށް އެކި ދާއިރާތަކުން ދޭދޭ ގުޅުން ބަދަހިކުރުމަށެވެ.
ރާއްޖޭން އަބަދުވެސް ޚާރިޖީ ގުޅުން ބަދަހިކުރުމުގައި އިސްކުރަނީ ދިވެހި ޤައުމާއި ދިވެހިންނެވެ. މިހާތަނަށް ރާއްޖެއާ ގާތް ރަހުމަތްތެރި ގުޅުމެއް ޤާއިމްކޮށްފައިވާ ކޮންމެ ޤައުމަކީވެސް ރާއްޖޭން ގެންގުޅޭ މި ސިޔާސަތަށް އިޙްތިރާމްކުރާ ޤައުމެކެވެ. އަވަށްޓެރި ސްރީލަންކާއަކީވެސް ރާއްޖޭގެ މި ސިޔާސަތު ގަބޫލުކޮށް އެކަމަށް އިހްތިރާމްކުރާ ނަމޫނާ ޤައުމެކެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
