
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުގައި ބަންގީގެ އަޑުއިވޭ ގޮތަށް ހަމަޖެއްސުމާއެކު އެކަމަށް އިލްމުވެރިން ތަޢުރީފުކޮށްފިއެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޤައުމީ ވައިގެ ބަނދަރުގައި ބަންގީގެ އަޑު އިވޭގޮތައް ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ އެކަން ސޯޝަލް މީޑިއާގައި ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ފަހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުން 5 ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މި ނިންމެވުމަށް އާންމުންގެ އިތުރުން ދީނީ އިލްމުވެރިން ދަނީ އެކަމަށް ތައުރީފު ކުރައްވަމުންނެއެވެ. އެގޮތުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އައު ޓާމިނަލްގައި ބަންގީގެ އަޑު އިވޭނެ އިންތިޒަމު ހަމަޖައްސަވައި އެކަން ހާމަކުރެވިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒައަށް ޝުކުރު ދަންނަވާކަމަށެވެ. އަދި ބަންގި އަކީ އިސްލާމީ ހިދާޔަތު ރަމްޒުކޮށްދޭ ވަރަށް މަތިވެރި ޝިޢާރެއްކަންވެސް ވަޒީރު ވަނީ ފާހަގަކޮށްފައެވެ.
ދިވެހިރާއްޖޭގެ މައިދޮރޯށިކަމުގައިވާ ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުގައި ފަސްވަގުތު ބަންގީގެ އަޑު އިވޭގޮތަށް ރައީސުލް ޖުމުހޫރިއްޔާ ޑރ މުޢިއްޒު ހަމަޖެއްސެވުމީ މި ޤައުމުގެ އިސްލާމީ ވަންތަކަން ހާމަކޮށް ދެއްވުމަށް އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި ދެކެން! ޝުކުރިއްޔާ!@MMuizzu pic.twitter.com/Jr2oB2YLSF
— Ahmed Sameer (@Ahmadhsameer) July 27, 2025
އާ ޓާމިނަލްގައި ބަންގީގެ އަޑު އިވޭގޮތް ހެއްދެވިކަމަށްޓަކައި ރައީސް @MMuizzu އަށް ޝުކުރު ދަންނަވަން. ބަންގި އަކީ އިސްލާމީ ހިދާޔަތު ރަމްޒުކޮށްދޭ ވަރަށް މަތިވެރި ޝިޢާރެއް.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 27, 2025
މީގެ އިތުރުން ޖަމިޢްޔަތުއް ސަލަފުގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް އަދި އެ ޖަމިޢްޔާގެ ނާއިބު ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ ދިވެހިރާއްޖޭގެ މައިދޮރޯށިކަމުގައިވާ ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުގައި 5 ވަގުތު ބަންގީގެ އަޑު އިވޭގޮތަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހަމަޖެއްސެވުމަކީ މި ޤައުމުގެ އިސްލާމީ ވަންތަކަން ހާމަކޮށް ދެއްވުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްކަމަށެވެ. މީގެ އިތުރުން ޖަމިޢްޔަތުއް ސަލަފުގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް އަދި އެ ޖަމިޢްޔާގެ ނާއިބު ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ ދިވެހިރާއްޖޭގެ މައިދޮރޯށިކަމުގައިވާ ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުގައި 5 ވަގުތު ބަންގީގެ އަޑު އިވޭގޮތަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހަމަޖެއްސެވުމަކީ މި ޤައުމުގެ އިސްލާމީ ވަންތަކަން ހާމަކޮށް ދެއްވުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްކަމަށެވެ.
މާ ޝާ ﷲ! ވަރަށް ރަނގަޅު ނިންމުމެއް… 🫡 https://t.co/1VaDLviea4
— Shafeeu Abdullah (@shafeeu26) July 27, 2025
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަށްވާއިރު މި ޤައުމުގެ އިސްލާމީ ވަހުދަތު ހިމާޔަތްކޮށް އިސްލާމީ ރިވެތި އާދަތައް ފެތުރުމަކީ އަދުގެ ސަރުކާރުގެ މުހިންމު އިސްކަމެއްދޭކަމެކެވެ. އެގޮތުން ރަމަޟާން މަހުގެ ފަހު 10ގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި، އީދު ފަދަ އެކި މުނާސަބާތަކުގައި މަގުތަކުގައި ތަކުބީރުގެ އަޑު އިއްވުން ފަދަ ހަރަކާތްތައް ފާހަގަކުރެވެއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
