
މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ ފުޅަނދު ބުރުގައި 11 މުއައްސަސާއަކުން ފުޅަނދު ބައިވެރިކުރިއެވެ. ސަރުކާރުގެ ކުންފުނިތަކާއި އެކި އިދާރާތަކުންވެސް ފުޅަނދު ބައިވެރިކށްފައިވާއިރު، އެތަންތަނުންދޭ ޚިދުމަތްތަކާއި ޒަމާނަށް އަންނަމުންދަ ބަދަލުތަކާއި ހޯދާކުރިއެރުންތަކާއި، މުސްތަޤުބަލުގެ ތަޞައްވުރުތައް ދައްކުވައިދިން ފުޅަނދުތަކަށް ބޮޑުތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން ފުޅަނދު ބުރު ބަލާލުމަށް ގިނަ އަދަދެއްގެ ކުޑަކުދިންނާ އާއްމު ރައްޔިތުން މާލޭގެ މަގުތަކަށް ނިކުމެފަވެއެވެ. ފުޅަނދުބުރު ހަރަކާތަށް ބޮޑު ތަރުޚީބެއް ވަނީ ލިބިފައެވެ.

މިނިވަން 60ގެ މުނާސަބާގައި ބޭއްވި ފުޅަނދުބުރު ފެށީ މާލޭގެ ސޯޝަލް ސެންޓަރު ސަރަޙައްދުންނެވެ. މަޖީދީމަގުން އިރަށް ދަތުރުކޮށް، ބޮޑުތަކުރުފާނު މަގު އަރޓިފިޝަލް ބީޗު ސަރަޙައްދުން ގޮސް، ފުޅަނދުބުރު ނިންމާލާފަވަނީ ހެންވޭރުގައި ބްރިޖް ހިމެނޭ ސަރަޙައްދަށެވެ. މި ހަރަކާތުގައި 11 ކުންފުންޏަކުން ތަފާތު އެކި ފަރުމާތަކަށް ތައްޔާރުކޮށްފަވާ ފުޅަނދުތައް ވަނީ ދައްކާލާފައެވެ. އެގޮތުން މި ފުޅަނދުބުރުގައި ބައިވެރިކުރި ފުޅަނދުތަކުގެ ތެރޭގައި އާއްމުންގެ ސަމާލުކަން ލިބޭފަދަ ތަފާތު ފުޅަނދުތައް ހިމެނެއެވެ. އަދި ކުޑަކުދިން ޝައުޤުވެރިވާނެ ތަފާތު ފުޅަނދުތަކެއް މިއަހަރުގެ ފުޅަނދުބުރުންވެސް ފެނިގެންދާނެއެވެ.

ފުޅަނދު ބުރަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ހަރަކާތުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެސްޓީއޯ، އެމްޓީސީސީ، އެމްޕީއެލް، ސްޓެލްކޯ، އާރްޑީސީ، ފެނަކަ، ކަސްޓަމްސް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު އަދި ދިވެހި ފުލުހުންގެ ޚިދުމަތުން ފުޅަނދުބައިވެރި ކުރިއެވެ.
About Post Author
މާދަމާ ނިއުސް
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
