
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓުގެ އައު ޕެސެންޖަރ ޓަރމިނަލް މޯލްޑިވިއަންގެ އިންޓަރނޭޝަނަލް ދަތުރުތަކަށް ހުޅުވާލައިފިއެވެ. އައު ޓަރމިނަލުން ފުރަތަމަ ޚިދުމަތްދޭ އެއަރލައިނަކަށް މޯލްޑިވިއަން ހަމަޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ އެއަރލައިނަށް ދެއްވާ ޚާއްސަ އިސްކަމުގެ ތެރެއިންނެވެ. ވެލާނާ އެއަޕޯރޓުގެ އައު ޓަރމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދީފައިވަނީ މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓަށެވެ. ގާތްގަނޑަކަށް 100 ފަސިންޖަރުންނާއެކު މިއަދު މެންދުރު ފަހު ކޮޗިންއިން ރާއްޖެ އައި މި ބޯޓު ވެލާނާ އެއާޕޯޓަށް ޖެއްސުމާއެކު ބޯޓަށް ވޯޓާ ސެލިއުޓެއްވެސް ވަނީ ދީފައެވެ. މި ތާރީހީ ފްލައިޓުގައި ހިދުމަތް ދޭންތިބި ކްރޫ އިންވެސް ތިބީ ދިވެހި ހެދުމުގައެވެ. އެގޮތުން އަންހެން ކުރޫއިން ދިވެހި ދިގު ހެދުމުގައި ތިބި އިރު، ފިރިހެން ކްރޫއިން ލައިގެން ތިބީ މުންޑާއި ހުދު ގަމީހެވެ.
ފްލައިޓުން އައި ފަސިންޖަރުން ޓަރމިނަލަށް ގޮސްފައިވަނީ އޭރޯ ބޯޑިންގ ބުރިޖުގައެވެ. މި ފްލައިޓުން އައި ފަސިންޖަރުންނަށް އައު ޓަރމިނަލުން ވަނީ މަރުހަބާ ކިޔާފައެވެ. ފަސިންޖަރުންނަށް މަރުހަބާ ކިޔުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ދައުލަތުގެ ބައެއް އިސްވެރިންނާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެފައިވެއެވެ. އެގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއާއި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒިރު މޫސާ ޒަމީރު އަދި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ. އަދި އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދުއާއި، އެމްއޭސީއެލްގެ ޗެއަރޕަރސަންގެ އިތުރުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން އަދި މޯލްޑިވިއަންގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައިވެއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް)
މޯލްޑިވިއަންގެ ފްލައިޓް ތަޖުރިބާއަށްފަހު، ޓަރމިނަލް ދެން ހުޅުވާލާނީ އެހެން އެއަރލައިންތަކުގެ ނެރޯ ބޮޑީ ފްލައިޓްތަކަށެވެ. އެއީ ގާތްގަނޑަކަށް 200 ޕެސެންޖަރުންގެ އެއަރކްރާފްޓްތަކެވެ. ނެރޯ ބޯޑީ ފްލައިޓްތައް ރާއްޖެއަށް ބާއްވާ 9 އެއަލައިނެއް މިހާރު ކަނޑައަޅާފައިވާއިރު، މި ފްލައިޓްތަކާއެކު، ގާތްގަނޑަކަށް 3 މަސް ދުވަހު ޓަރމިނަލް ތަޖުރިބާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓަރމިނަލް އޮރާޓް ނުވަތަ އެއަރޕޯޓުތައް ޚިދުމަތަށް ނެރުމުގެ އޮނިގަނޑުގެ ތެރެއިން ރާއްޖެ އަންނަ ބޮޑެތި އެއަރލައިންތަކަށް ޚިދުމަތް ދޭން ފަށާނެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ރަސްމީކޮށް ހުޅުއްވާ ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. އަރިހުގައި ވެލާނާ އިންޓަނޭޝަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އައު ޓަރމިނަލް ހުޅުވުމުގެ ގޮތުން، ޓަރމިނަލް މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުއްވާފައެވެ.
ވެލާނާ އެއަރޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ ކުލަގަދަ ހަރަކާތްތަކާއެކުގައެވެ. އެގޮތުން ވެލާނާ އެއަރޕޯޓުގެ ދިގު ތާރީޙާއި ތަރައްޤީގެ މުހިންމު އުސްއަލިތަށް ހިމެނޭ ހާއްސަ ރިޕޯޓެއް ރަސްމިއްޔާތުގައި ހުށަހަޅާފައިވާއިރު، އެއަރޕޯޓު ހުޅުވުމަށް ހާއްސަ ތިއޭޓްރިކަލް ހުށަހެޅުމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރަސްމީއްޔާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ޑްރޯންޝޯގައި، ވެލާނާ އެއަރޕޯޓު ރަމްޒުތައް ވަނީ ދައްކާލާފައިވާއިރު، މި ހަރަކާތްތައް ނިންމާލާފައިވަނީ ހަވާއެރުވުމާއެކުއެވެ. ވެލާނަރ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިލަނުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވޭ ޚިދުމަތެކެވެ.
މީގެ އިތުރުން، އައު ޓަރމިނަލުގައި ސީޕްލޭންއަށް ހާއްސަ 24 ޗެކިން ކައުންޓަރ ޤާއިމް ކުރެވިފައިވެއެވެ. ހަމަމިއާއެކު ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ. މިއިން ކޮންމެ އެއިރޯ ބްރިޖަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެއް ކަމަށާއި މިކަމުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
