
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންދާތީ ބައިނަލްއަޤްވާމީ ފިއްތުންތައް އިތުރުވުމުގެ ސަބަބުން، ޣައްޒާގައި ވަކި ގަޑިތަކެއްގައި ޙަމަލާ ދިނުން ހުއްޓާލައި އެހީ ފޯރުކޮށްދިނުމަށް ޔަހޫދީންނަށް މަޖުބޫރުވެއްޖެއެވެ. އެއާއެކު، އެތައް މަހަކަށް ފަހު ބައެއް ޢަރަބި ޤައުމުތަކުން ވަނީ ވައިކުޑަތަކުގައި ޣައްޒާއަށް އެހީގެ ސާމާނު ފޮނުވަން ފަށައިފައެވެ.
ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން، މާރިޗު މަހުގެ 2ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅާފައެވެ.
ތިން މަހެއްހާ ދުވަހު ޣައްޒާއަށް އެއްވެސް މިންވަރަކަށް އެހީގެ ސާމާނު ނުވެއްދި އޮތުމަށްފަހު، މިދިޔަ މެއި މަހުގެ 5ވަނަ ދުވަހު ވަނީ ޣައްޒާއަށް މަދު މިންވަރެއްގެ ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ދީފައެވެ. ނަމަވެސް ފާއިތުވީ މުއްދަތުގައި އެދެވޭ މިންވަރަށް ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ. އެ ސަހަރުން މިހާރު ކާބޯތަކެތި އެއްކޮށްހެން ހުސްވެފައިވާއިރު، ޣައްޒާގެ ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންނެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި މިހާތަނަށް 130އަށްވުރެ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދުވި ހަ މީހުން ވެސް ހިމެނެއެވެ. ޣައްޒާގެ ރައްޔިތުންގެ ޙާލަތު ފެނި، ޔަހޫދީންނަށް ވަނީ ބައިނަލްއަޤްވާމީ ދުނިޔޭގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. އެންމެ ފަހުން ޔަހޫދީން މިހާރު ވަނީ ޣައްޒާގެ ބައެއް ސަރަޙައްދުތަކުގައި ދުވާލަކު ދިހަ ގަޑިއިރަށް ޙަމަލާދިނުން މަޑުޖައްސައިލައިި، އައު މަގުތަކަކުން އެ ސަހަރަށް އެހީގެ ސާމާނު އެތެރެކުރުމަށް ފުރުޞަތު ދޭނެ ކަމަށް ބުނެފައެވެ.
ޔަހޫދީން ބުނީ ޣައްޒާގެ އަލް-މަވާސީގައި ހެނދުނު 10ން ރޭގަނޑު 8ކާ ދެމެދު ވަކި ގޮތަކަށް އަނގަންދެން ދެން ޙަމަލާ ދިނުން ހުއްޓައިލާނެ ކަމަށެވެ. އަލް-މަވާސީއަކީ އިންސާނީ އެހީ ފޯރުކޮށްދޭ ރައްކާތެެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދެކެެވެ. ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމަށް ޔަހޫދީން ދިން ފުރުޞަތުގައި ޢުރުދުންނާއި އެކުވެރި ޢަރަބި އިމާރާތުން ވަނީ ވައިކުޑަތަކުގައި އައްސައި ޣައްޒާއަށް 25 ޓަނުގެ އެހީގެ ސާމާނު ފޮނުވައިފައެވެ. މިއީ ފާއިތުވި މަސްތަކުގައި ވައިގެ މަގުން މި ގޮތަށް ޣައްޒާއަށް އެހީގެ ސާމާނު ފޮނުވި ފުރަތަމަ ފަހަރެވެ. ޢުުރުދުންގެ ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ ވައިކުޑަ މެެދުވެރިކޮށް ޣައްޒާއަށް އެހީ ފޮނުވުމަކީ އެއްގަމު މަގުން އެހީގެ ސާމާނު އެތެރެކުރުމަށް އެދެވޭ ބަދަލެއް ނޫން ކަމަށެވެ.
ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނީ އެހީގެ ސާމާނު އަޅާފައިވާ ފޮށިގަނޑުތައް ވައިކުޑަ މެދުވެރިކޮށް ބިމަށް އަޅަމުންދިޔުމުގެ ތެރޭގައި އެ ފޮށިގަނޑުތަކުން ޖެހި މިހާތަނަށް 10ވަރަކަށް މީހުންނަށް ޒަޚަމްވެފައިވާ ކަމަށެވެ. ޔަހޫދީން ވަނީ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރާ އުޅަނދުތައް ދަތުރުކުރުމަށް ރައްކާތެރި ކަމަށް ބުނާ މަގުތަކެއް ވެސް ކަނޑައަޅައިފައެވެ. ކާބޯތަކެއްޗާއި ބޭސް ހިފައިގެން ދަތުރުކުރާ އުޅަނދުތަކަށް މި މަގުތަކުން ހެނދުނު 6އަކާ ރޭގަނޑު 11އާ ދެމެދު ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ކަމަށް ޔަހޫދީން ބުނެފައިވެއެވެ. އދގެ އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާގެ އިސްވެރިޔާ، ޓޮމް ފްލެޗަރ ވިދާޅުވީ މި ވަގުތުތަކުގައި ޣައްޒާގެ ބަނޑަށް ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް އެ އިދާރާއިން އިތުރުކުރާނެ ކަމަށެވެ. ޣައްޒާގައި ޙަރަކާތްތެރިވާ އެ އިދާރާގެ މުވައްޒަފުން ވީހާ ވެސް ގިނަ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޣައްޒާގެ މެދުތެރޭ ސަރަޙައްދުތަކުގައި، ޣައްޒާގެ ރައްޔިތުން އެހީގެ ސާމާނު ގެންނަ ލޮރީތަކުގެ އިންތިޒާރުގައި ތިއްބާ ޔަހޫދީން ދިން ޙަމަލާތަކުގައި 17 މީހުން ޝަހީދުވެ 50 މީހުންނަށް ވަނީ ޒަޚަމްވެފައެވެ.
About Post Author
މާދަމާ ނިއުސް
ސީ-ޓު-އެއަރ ކާގޯ: މިދިޔަ މަހު 7 ޤައުމަކަށް 162 ޓަނުގެ މުދާ
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިދިޔަ މޭ މަހު ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 5 އެއާލައިނެއްގައި 7 ޤައުމަކަށް 162 ޓަނުގެ މުދާ...
މިފްކޯއަށް މިއަދު މަސް ގަންނަނީ 20ރ. އަށް
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާބެހޭ ވުޒާރާ) މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމާ ގުޅިގެން މަހުގެ ޑިމާންޑް އިތުރުވެ، މިފްކޯއިން މަސް ގަންނަ އަގު ކިލޯއަކަށް 20...
އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދު މައްޗަށް
އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު %16 އިތުރުވެ، އެ ގައުމު މިހާރު ވަނީ ރާއްޖޭގެ މާކެޓުގެ 9 ވަނައަށް...
މިފްކޯގެ ސީއީއޯ ގދ.ތިނަދޫ މަސްވެރިންނާ ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ތިނަދޫ ސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ. މި ޒިޔާރަތަކީ މިފްކޯގެ މަރުކަޒުތަކުގެ...
“ކަނޑުތަކުގެ ދިރާސާކޮށް ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރެހަކީ ކަނޑުތައް ކަމަށްވީނަމަވެސް، މޫސުމަށް...
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
