
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކެމްބޯޑިޔާއާއި ތައިލޭންޑާ ދެމެދު ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތައް ހުއްޓައިލުމުގެ މަޝްވަރާއަށް، ދެ ޤައުމުގެ ވެރިން، މާދަމާގެ ވަގުތެއްގައި މެލޭޝިޔާއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ. ހަނގުރާމަތީ މަތިންދާބޯޓެއް ބޭނުންކޮށްގެން ކެމްބޯޑިޔާގެ ސަރަޙައްދަކަށް ބޮން އަޅައި، ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރީގައި މިލްކުވެރިކަމާ މެދު ސުވާލު އުފެދި، ނުތަނަވަސްކަމުގެ ތެރޭގައި އެތައް ހަފްތާއެއްވެފައިވާ މައްސަލަ ބޮޑު ކުރިމަތިލުމަކަށް ބަދަލުވެ، ދެ ޤައުމުން ވެސް ފާއިތުވި ދުވަސްތަކުގައި ދަނީ ޙަމަލާތައް ބަދަލުކުރަމުންނެވެ.
މާދަމާ ފެށުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި، ތައިލެންޑުގައި ވަފްދުގައި އިސްކޮށް ހުންނަވާނީ، އެ ޤައުމުގެ ވަގުތީ ބޮޑުވަޒީރު ފުމްތެމް ވެޗަޖާޗައީ ކަމަށް އެ ޤައުމުގެ ސަރުކާރުން އިޢުލާނުކޮށްފައިވާއިރު، އެ މަޝްވަރާތަކުގައި ކެމްބޯޑިޔާގެ ބޮޑުވަޒީރު ހަން މަނޭ ބައިވެރިވެވަޑައިގަންނަވާނެކަމަށް މެލޭޝިޔާއިން ބުންޏެވެ. ޙަމަލާތައް ބަދަލުކުރަން ފަށާފައިވަނީ، ސަރަޙައްދީ ރޮނގުގެ މިލްކުވެރިކަމާ މެދު ދެ ޤައުމުގެ ދެމެދުގައި އޮތް ދެބަސްވުންތަކާ ގުޅިގެން މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ދެެ ޤައުމުގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިންގެ މެދުގައި ހުސްވި މޭ މަހުގެ 28ވަނަ ދުވަހު ކުރިމަތިލުންތަކެއް ހިނގައި، ޙަމަލާ ބަދަލު ކޮށްފައިވެއެވެ. އެ ހާދިސާގައި ކެމްބޯޑިޔާ ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ.
ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ބަދަލުކުރަމުންދާ އެންމެ ވަރުގަދަ ޙަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 30 އަށް އަރައިފައެވެ. އޭގެތެރޭގައި ތައިލެންޑުން އާންމުންގެ އަށް މީހުންނާއި ތައިލެންޑުގެ 13 މީހުން ހިމެނޭކަމަށްވެއެވެ. ޙަމަލާތައް ބަދަލުކުރާތީ، ސަރަޙައްދީ ރޮނގު ކައިރީގައި ދިރިއުޅޭ 200،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކޭތެރި ސަރަޙައްދުތަކަށް ގެންގޮސްފައެވެ.
މާދަމާ މަޝްވަރާތައް ކުރިއަށް ގެންދަން ދެ ޤައުމުން ނިންމާފައިވަނީ، މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިދިޔަ ހަފްތާގައި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމެއް ހުށަހަޅުއްވާފައިވަނިކޮށް، ހަނގުރާމަ ހުއްޓާލުމަށް ތައިލޭންޑާއި ކެމްބޯޑިޔާގެ ވެރިން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ އިޢުލާނުކުރައްވާފައިވަނިކޮށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
