
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ ދެ މިލިއަނަށް ވުރެ ގިނަ ރައްޔިތުން ބަނޑަށް ޖައްސައިގެން، ޔަހޫދީން ހިންގަމުންދާ ޖަރިމާތަކާ ގުޅިގެން، ދުނިޔޭގެ ފިއްތުންތައް ކުރިމަތިވުމުން، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ދީފިއެވެ. ޣައްޒާގައި އެތައް މިލިއަން މައުސޫމު ރައްޔިތުން ހައިހޫނުކަމުގައި ޝަހީދުވަމުންދިޔުމުގެ ކަންބޮޑުވުމުގެ އަޑުތައް ގަދަވެ، ޔަހޫދީންނަށް އިތުރު ގޮތެއް ނެތިގެން، ޣައްޒާއަށް އެހީ ވެއްދުމުގެ މަގުފަހިކޮށްދިނުމަށް، ބައެއް ސަރަޙައްދުތަކުގައި ޙަމަލާތައް ބަދަލުކުރުން މެދުކަނޑައިލަން ޔަހޫދީން ވަނީ ނިންމައި، އެކަން އިޢުލާނުކޮށްފައެވެ. ޣައްޒާގެ ބައެއް ސަރަޙައްދުތަކަށް ވައިގެ މަގުން ކަނާ އެޅުމުގެ އިތުރުން، ޣައްޒާއަށް ރައްކާތެރިކަމާއެކު އެހީ ވެއްދޭނެ އިތުރު މަގުތަކެއް ހުޅުވައިލަން ވެސް ޔަހޫދީން ވަނީ ނިންމައިފައެވެ.
މިޞްރުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް، އެހީގެ ސާމާނު ހިފައިގެން ޣައްޒާގެ ދެކުނުން ލޮރީތައް ވަންނަ މަންޒަރުތައް މިޞްރުގެ ބައެއް މީޑިޔާތަކުން ވަނީ ގެނެސްދީފައެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ފެށި ޤަތުލުޢާންމުގެ ދަށުން މި އަހަރުގެ މާރިޗު މަހުގެ 2ވަނަ ދުވަހަށް ފަހު ޣައްޒާގެ ފުރަބަންދު އޮތީ ހަރުކަށި ކޮށްފައެވެ. ފާއިތުވި ހަފްތާތަކުގައި، ޣައްޒާގައި ކާޑުބަލިޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން، ކާޑުބަލި ޖެހިގެން ޝަހީދުވި 127 މީހުންގެ ތެރޭގައި، 85 ކުޑަކުދިން ހިމެނެއެވެ. މިޞްރުގެ ރެޑް ކްރެސެންޓުން ބުނީ އާދީއްތަ ދުވަހު 1،200 މެޓްރިކް ޓަނަށް ވުރެ ގިނަ ކާބޯތަކެތީގެ އެހީ އުފުލާ 100 އަށް ވުރެ ގިނަ ޓްރަކު، ޣައްޒާގެ ދެކުނަށް ފޮނުވަމުންދާ ކަމަށެވެ.
ޔަހޫދީންގެ ނިރުބަވެރި ސިފައިން ކުރި އިޢުލާނެއްގައި ބުނީ، ޣައްޒާގެ ތިން ސަރަޙައްދެއްގައި 10 ގަޑިއިރަށް ޙަމަލާތައް މެދުކަނޑައިލެވޭނެ ކަމަށެވެ. އަދި ޣައްޒާއަށް ރައްކާތެރިކަމާއެކު އެހީ ވެއްދޭނެ އިތުރު މަގުތަކެއް ހެނދުނު 6:00އިން ރޭގަނޑު 11:00އާ ހަމައަށް ހުޅުވާލެވޭނެކަމަށް ވެސް ބުންޏެވެ. އެހީ ވެއްދުމުގެ ފުރުޞަތު ދޭން ޙަމަލާތައް މެދުކަނޑައިލި ނަމަވެސް، ޣައްޒާގައި ހިންގާ އަސްކަރީ ޙަރަކާތްތައް މުޅީން ނުހުއްޓޭކަމަށް ޔަހޫދީންގެ އަސްކަރިއްޔާއިން ވަނީ އިންޒާރުދީފައެވެ. ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ޔަހޫދީން މިދިނީ، ޣައްޒާގައި ޙަމަލާތައް މެދުކަނޑައިލުމަށް ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ކުރެވުނު މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނުލިބި، ހުއްޓުމާ ގުޅިގެންނެވެ.
About Post Author
މާދަމާ ނިއުސް
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
“ސާކްގެ ބައްދަލުވުންތައް ފަށަން އެހީތެރިވާން ރާއްޖެ އޮތީ ތައްޔާރަށް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާއާއި ޕާކިސްތާނުގެ ނުތަނަވަސްކަމާ ހުރެ ސާކްގެ މަސައްކަތްތައް ހުއްޓިފައިވާތީ، އެ މައްސަލަ ހައްލުކޮށް ސާކް އަލުން ހިންގުމަށް މެދުވެރިއެއްގެ...
ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް 4 ބޭފުޅަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ކަމަށްވާ "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން" (ނ.ޢ.ޢ.ވ)...
ދައުލަތަށް ޚިދުމަތްކުރުމުގެ ޤައުމީ އިނާމު 66 ބޭފުޅަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރެއްވި 66 ބޭފުޅަކަށް، މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި...
މިނިވަން ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ދިވެހި ރައްޔިތުންނަށް...
“މިނިވަންކަން ދެމެހެއްޓޭނީ ދިވެހިވަންތަކަމާއި ސަގާފަތް ނެގެހެއްޓިގެން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގެ އަސްލަކީ ޖީލުން...
